19 މެއި 2019 ( އާދީއްތަ )

banner

އިތުރު 10 ރަށެއްގައި ޓާފު ދަނޑުއަޅަނީ، ފުވައްމުލައް ހިމެނިދާނެބާ

އިތުރު 10 ރަށެއްގައި ޓާފު ދަނޑު އެޅުމަށް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. މަހުލޫފު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިތުރު 10 ރަށެއްގައި ޓާފް ދަނޑުއަޅަން ނިންމީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރުމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން ކަމަށެވެ. މަހުލޫފު މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފ.ނިލަންދޫ އާއި ރ. އަލިފުށީގެ ފުޓުބޯޅަ ދަނޑުގައި ޓާފު އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ.

އިތުރު 10 ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ޓާފު އަޅަން ނިންމާފައި މިވަނީ ފުވައްމުލަކުގެ ޒުވާނުން ޓާފު ދަނޑެއް ބޭނުންވެގެން ވާހަކަ ދައްކަމުންގެންދާ ދަނޑިވަޅެއްގައެވެ. މިފަހަރުގެ މި 10 ދަނޑުގެ ތެރޭގައި ފުވައްމުލައް ނުހިމެނިއްޖެނަމަ އިހުތިޖާޖަށް ދާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ފުވައްމުލަަަކު ބައެއް ޒުވާނުން ޝުއޫރު ފާޅުކޮށްފައެވެ.

ފުވައްމުލަކުގައި ފުޓްސަލް ކޯޓް ތަކެއް ގާއިމުކުރެވިފައިވީ ނަމަވެސް އެކަށީގެންވާ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ނެތްކަމުގެ ޝަކުވާއަކީ މީގެކުރިންވެސް ފުވައްމުލަކު ޒުވާނުންކޮށްފައިވާ ޝަކުވާއެކެވެ. އަދި މީގެ ކުރިން ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން ފުވައްމުލަކުގައި ގާއިމުކުރުމަށް ނިންމި ޓާފު ދަޑުވެސް ވަނީ ކުރީގެ އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ގއ. ގެމަނަފުއްޓަށް ބަދަލުކުރައްވާފައެވެ.

 

banner


ކިޔުންތެރިންގެ ޚިޔާލު