A wide advertisement which will be shown on all devices. (700 x 100)

ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިވަރޕޫލްގެ ވެންޑައިކް އަށް

ޕްރިމިއަރ ލިގުގެ 2018/2019 ގެ މޮޅު ކުޅުންތެރިޔަކަށް ލިވަރޕޫލްގެ ވާރޖިލް ވެންޑައިކް

މިރޭ ފަހު މެޗުތައް ކުޅޭ އިނގިރޭސި ޕްރިމިއަރ ލީގުގެ މިސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ލިވަޕޫލްގެ ޑިފެންޑަރ ވާރޖިލް ވެން ޑައިކް ހޮވިއްޖެއެވެ. އޭނާ މި މަގާމު ހޯދީ މަންޗެސްޓަރ ސިޓީގެ ރަހީމް ސްޓާރލިން އާއި ޗެލްސީގެ އެޑިން ހެޒާރޑްގެ އިތުރުން އެޓީމުގެ ފޯވަޑް މުހައްމަދު ސަލާހު އާއި މާނޭ އާއި ވާދަކޮށް ކުރި ހޯދައިގެންނެވެ.

މިމަގާމު ހޮވަނީ ބެލުންތެރިންގެ ވޯޓާއި އެހެންޓީމުތަކުގެ ކެޕްޓަނުންގެ ވޯޓާއި ފުޓްބޯޅާއިގެ މާހިރުންގެ މާކުހާއެކުގައެވެ.

މިއީ ފުރަތަމަ ފަހަރަށް ލިވަޕޫލުގެ ދެކުޅުުންތެރިން ޖެހިޖެހިިގެން މި މަގާމު ހޯދި  ފުރަތަމަ ފަހަރެވެ. ފާއިތުވި ސީޒަނުގެ މޮޅު ކުޅުންތެރިއަކީ އެޓީމުގެ ފޯވަޑް މުހައްމަދު ސޮލާހުއެވެ.

ލިވަރޕޫލްގައި މިސިޒަނުގައި މޮޅު ކުޅުމެއް ދެއްކި ވެންޑައިކް (މ)، ސޮލާހު، އަދި މާނޭ

މިސީޒަންގެ މޮޅު ކުޅުންތެރިން ހޮވުމަށް ޝޯރޓް ލިސްޓް ކުރުވުނު 7 ކުޅުންތެރިންގެ ތެރޭގައި އިތުރަށް ހިމެނެނީ  މެންޗެސްޓަރ ސިޓީގެ އަގުއޭރޯ އާއި ބާނާޑޯ ސިްލވައެވެ.

ނެދަރލޭންޑަގެ ގައުމީ ޓީމުގެ ވެސް މުހިންމު ދައުރެއް އަދާ ކުރަމުންދާ 27 އަހަރުގެ ވެންޑައިކް މިސީޒަނުގައި ޕްރިމިއަރ ލީގުން ފާހަގަވެގެން ދިޔައީ މޮޅު ޑިފެންޑަރެއްގެ ގޮތުގައި ކުޅެމުން އެޓޭކު ވެސް ކުރާ ކުޅުންތެރިއެއްގެ ގޮތުގައެވެ. އިސްކޮޅުން ދިގު މިކުޅުންތެރިޔާ ކައިރިން އިދިކޮޅު ފޯވާޑުންނަށް ބޮލުން ކުޅުމަކީ ވަރަށް ނާދިރު ކަމެކެވެ.

ވެންޑައިކް ލިވަރޕޫލަށް ގެނެވުނީ ފާއިތުވި 2018 ވަނަ އަހަރު 95 މިލިޔަން ޑޮލަރުގެ ފީ އަކަށް ސއުތެމްޓަނުންނެވެ. މިސީޒަންގައި މިހާތަނަށް ލިވަރޕޫލުން ކުޅުނު 37 މެޗުގައި ވެންޑައިކް ކުޅެ، ބައިކޮޅަށް ގޯލެއް ވަނަ ނުދީ 20 މެޗުގަިއ ދިފާއުކުރި އިރު އޭނާ ޓީމަށް 4 ގޯލު ޖަހައިދިފައި ވެއެވެ.

މުޅި ސިޒަނުގައި ވެސް ލިވަރޕޫލް ފެންގެން ގޮސްފައިވަނީ އެންމެ ވަރުގަދަ ދިފާއީ ލައިނެއް އޮތް ޓީމުގެ ގޮތުގައެވެ. އެއިގެ އެންމެ ބޮޑު ރޯލެއް އަދާކުރީ ވާޖިލް ވެންޑައިކެއެވެ.

ވެންޑައިކްގެ އިތުރުން މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލުކޮށްފައިވާ ލިވަރޕޫލުގެ އެހެން ކުޅުންތެރިންގެ ތެރޭގައި ސަލާހުގެ އިތުރުން ލުއިސް ސުއަރޭޒް އާއި މައިކަލް އޯވެން ހިމެނެއެވެ.

މީގެ އިތުރުން މިއެވޯޑް ހާސިލުކޮށްފައިވާ އެހެން ކުޅުންތެރިްނގެ ތެރޭގައި ކްރިސްޓިއާނާ ރޮނަލްޑޯ އާއި ގެރެތު ބޭލް، ވޭން ރޫނީ، ތިއޭރީ އޮންރީ ހިމެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !