A wide advertisement which will be shown on all devices. (700 x 100)

އެމްޖޭއެމްގެ އެތުލެޓިކްސް އަދި ފަން އެކްޓިވިޓީތައް ފަށައިފި

އެމްޖޭއެމް ސުކޫލްގެ އެތުލެޓިކްސް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުވައްމުލަކު މަދަރަސަތުއް ޝައިޚް މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމް) ގެ އިންޓަރ ހައުސް އެތުލެޓިކްސް މީޓް އިއްޔެ ފަށައިފިއެވެ.

އެމްޖޭއެމްގެ ޑެޕިއުޓީ ޕްރިންސިޕަލް ޒިދުނާ ވަހީދު ވިދާޅުވީ އެމްޖޭއެމްގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ އެތުލެޓިކްސް އަދި ފަން އެކްޓިވިޓީތަކުގައި ވާދަކުރަނީ އެސުކޫލްގެ ހަތަރު ހައުސްކަމަށެވެ. އެގޮތުން އެތުލެޓިކްސް މީޓް ހާއްސަކޮށްފައިވަނީ ގުރޭޑް 1 އިން 7ގެ ދަރިވަރުންނަށް ކަމަށާއި ޕްރީސްކޫލްގެ ދަރިވަރުންނަށް ފަން އެކްޓިވިޓީގެ ނަމުގައި ހަރަކާތްތަކެއް ކުރިއަށްގެންދާ ކަމަށެވެ.

“މިމުބާރާތުގައި އެތުލެޓިކްސްގައި އާންމުކޮށް އޮންނަ ހުރިހާ އިވެންޓެއް އޮންނާނެ އެގޮތުން ދުވުމާއި އުސްފުންމުން އަދި ދިގުފުންމުގެ އިތުރުން ބޯޅަ އުކުން ފަދަ ހަރަކާތްތައް ކުރިއަށްގެންދެވޭނެ، ހަތަރު ހައުސް ވާދަކުރާ މުބާރާތުގައި 5 އުމުރު ފުރާއަކުން ވާދަކުރާނެ، އެގޮތުން 7 އަހަރުންދަށް 9 އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 13 އަހަރުން މަތި ހިމެނޭ” ޒިދުނާ ވިދާޅުވިއެވެ.

އެމްޖޭއެމް އެތުލެޓިކްސް މުބާރާތަށް މީގެ 2 ހަފްތާކުރިން ދަރިވަރުން ޕްރެކްޓިސް ފަށާފައިވެއެވެ. އެތުލެޓިކްސް މީޓް އިއްޔެ ފެށިއިރު މުބާރާތް ކުރިއަށް ގެންދަނީ ފުވައްމުލަކު ސްޓޭޑިއަމްގައެވެ. އެތުލެޓިކްސް މުބާރާތުގައި ނަޖުމުއްދީން، ގިޔާސުއްދީން، ޝަމްސުއްދީން އަދި ސަލާހުއްދީން ހައުސް އިން ވާދަކުރެއެވެ. އެތުލެޓިކްސް މުބާރާތް ނިމޭނީ އަންނަ ހުކުރު ދުވަހުއެވެ.

އެމްޖޭއެމްއަކީ ގިނަ ކުޅިވަރު މުބާރާތްތަކުގައި ރަންވަނަތަކެއް ހޯދަމުންދާ ސުކޫލެއްކަން ފާހަނގަކުރެވެއެވެ. އެގޮތުން މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތަކާއި ރަށު ސުކޫލްތަކުގެ މެދުގައި ބާއްވާ މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !