A wide advertisement which will be shown on all devices. (700 x 100)

އައްޕި އާއި ޝާމް އިތުރު ތަމްރީނު ތަކަށް ބޮޓްސްވާނާ އަށް

ތަމްރީނު ތަކަށް ބޮޓްސްވާނާ އަށް ދިޔަ އައްޕި އާއި ޝާމް، އިތުރު ބައިވެރިއަކާއިއެކު ފޮޓޯ: އައްޕި ފޭސްބުކް ޕޭޖް

ފުވައްމުލަކަށް ނިސްބަތްވާ އުއްމީދީ ދެވުންތެރިން ކަމަށްވާ އިބްރާހިމް އަޝްފާނު އަލީ (އައްޕި) އާއި އަލީ ޝާމް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހޯދައިދިން ޓްރެއިނިން ސްކޮލަޝިޕެއްގެ ދަށުން ތަމްރީން ހެދުމަށް އެފްރިކާގެ ބޮޓްސްވާނާ އަށް ފުރައިފިއެވެ. 

އޮލިމްޕިކް ކޮމިޓީން ކުރިއަށްގެންދާ “އެލީޓް އެންޑް ޔަންގް އެތުލީޓް” ޕްރޮގްރާމުގެ ދަށުން އައްޕި އާއި ޝާމްގެ އިތުރުން ތަމްރީން ހަދަން ދިޔައީ އަހުމަދު އަނޫފާއި މުހައްމަދު ނާއިލް އެވެ. އަދި މި ވަގުތު ސިފައިންގޭގެ ތަމްރީން ހަދަމުން އަންނަ ހުސެއިން ރިޒާ ފަހުން މި ދުވުންތެރިންނާ ބައިވެރިވާނެ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.

މީގެ ތެރެއިން ނާއިލް އަކީ ނިމިގެން ދިޔަ ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރު ދުވުމުން ފައިނަލަށް ދަތުރުކުރި ދުވުންތެރިއެކެވެ. އެ އިވެންޓުގައި ހީޓުގައި ޝާމް ދުވިއިރު އައްޕި އަކީ ޖޫނިއާ ލެވެލްގައި ރާއްޖޭގައި މި ވަގުތު ހުރި އެންމެ ބާރު ދުވުންތެރިޔާ އެވެ.

މި ދުވުންތެރިން ބޮޓްސްވާނާގެ އެލީޓް ދުވުންތެރިންނާ އެކު ތަމްރީން ހަދާއިރު ކޯޗުކޮށްދޭނީ އެ ގައުމުގެ މަޝްހޫރު ކޯޗުންނެވެ. ބޮޓްސްވާނާ 400 މީޓަރާއި 800 މީޓަރު ދުވާ އެތުލީޓުން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިރު އެ ގައުމުގެ ކޯޗުންނަކީ ވެސް ބައިނަލްއަގްވާމީ ފެންވަރުގެ ކޯޗުންނެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !