A wide advertisement which will be shown on all devices. (700 x 100)

ދަނޑިމަގާއި ދޫނޑިގަންގެ މެޗް އެއްވަރު

ދަނޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކުލަބް ކުޅުނު މެޗް. ފޮޓޯ: ހައިކަލްގުރަފީ

އިއްޔެ ހަވީރު ކުޅުނު އަތޮޅު މުބާރާތުގެ ގުރޫޕް އޭގެ ތިންވަނަ މެޗްގައި ދަނޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކުލަބް ކުޅުނު މެޗް 2-2 އިން އެއްވަރުވެއްޖެއެވެ.
ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ދޫނޑިގަން ޓީމުން ލީޑްނަގައިފައިވަނިކޮށް ދެވަނަހާފްގައި ދަނޑިގަގު ޓީމުން ހަމަހަމަކޮށްފައިވެއެވެ. ދެޓީމުގެ ފަރާތުންވެސް ވަރުގަދަ ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗަކީ މިމުބާރާތުގައި އެންމެ ގިނައިން ކާޑް ދެއްކި މެޗްވެސް މެއެވެ. އަދި ދެޓީމަށްވެސް ގިނަ އަދަދެއްގެ ބަޔަކު ސަޕޯޓްކޮށްފައިވެއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދަނޑިމަގު ޒުވާނުންގެ ޖަމްމިއްޔާގެ މުހައްމަދު މިފްތާހް ޖ.14 އެވެ.
މިއަދުވެސް ކުޅޭނީ ގުރޫޕް އޭގެ މެޗެކެވެ. މިމެޗްގައި ބައްދަލުކުރާނީ ތޫނޑު ޖަމްމިއްޔާ އާއި މާލެގަން ޔޫތު ފައުންޑޭޝަންއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !