A wide advertisement which will be shown on all devices. (700 x 100)

އިންޓާ ސުކޫލް އެތުލެޓިކްސް މުބާރާތުގައި ފުވައްމުލަކު ހަތަރު ސުލޫކުންވެސް ވާދަކުރަނީ

މަކިޓާ ޖޫނިއަރ އެތުލެޓިކްސް މުބާރާތް 2019 ގެ ތެރެއިނ

އަންނަ ޖޫންމަހު 23-27 އަށް ކުރިއަށްދާ އިންޓާ ސްކޫލް އެތުލެޓިކްސް މީޓުގައި ފުވައްމުލަކުގެ ހަތަރު ސުލޫކުންވެސް ވަނީ ބައިވެރިވެފައެވެ. މިފަހަރުގެ އެތުލެޓިކްސް މީޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުވަދު އަތޮޅު ތިނަދޫގައެވެ. މި އެތުލެޓިކްސް މީޓުގައި 8 އުމުރުފުރައަކުން 27 ސުކޫލެއްގެ 126 ޓީމު ބައިވެރިވެފައިވާ ކަމަށް ދިވެހިރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން ހާމަކުރެއެވެ.

މިއެތުލެޓިކްސް މީޓުގައި ފުވައްމުލަކުން ބައިވެރިވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒާއި، މުހައްމަދު ޖަމާލުއްދީން ސްކޫލާއި ހާފިޒު އަހުމަދު ސުކޫލުގެ އިތުރުން ފުވައްމުލަކު ސުކޫލުންނެވެ.

އެތުލެޓިކްސް ގައި ކާމިޔާބު ފުވައްމުލަކުގެ ޓީމުތަކަށް ގޮންޖަހާލާފައި އެހެން ސުކޫލުތަކުން މިހާރުދަނީ ރަގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން، މިދިޔަ މާޗުމަހު ފުވައްމުލަކުގައި ބޭއްވުނު މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2019 ގައި 13 އަހަރުންގެ ދަށުގެ އުމުރުފުރައިގެ އަންހެން އަދި ފިހެން ކުދިންގެ ބައިން ފުވައްމުލަކު ހާފިޒު އަހުމަދު ސުކޫލު އެއްވަނަ އަށް ހޮވުނު އިރު 17 އަހަރުންގެ ދަށުގެ ފިރިހެން ކުދިންގެ ބައި އެއްވަނަ ޏ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބުން ފިޔަވައި އެހެން އެއްވެސް އުމުރުފުރައެއްގެ އެއްވަނަ މަގާމެއް ފުވައްމުލަކުގެ އެއްވެސް ސުކޫލަކަށް ލިބިފައެއްނުވެއެވެ. އަދި އެތުލެޓިކްސްގައި އެންމެ ކާމިޔާބު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ނަތީޖާ ނިމިދިޔަ ޗެމްޕިއަންޝިޕުގައި ދަށްކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ާއަޙުމަދު ބޭބެ

    ޚިޔާލު ނުޖަހަނީތަ؟

  • ހެޔޮ އެދޭ އަޙުމަދު ބޭބެ

    މި ނޫހުގައި ލިޔުއްވާ ފަރާތްތަކުން މިހާރަށްވުރެ އޮއްޓަރު ހުންނަ ގޮތަށް ލިޔުއްވުން އެދެން. ސުރުޚީގައި ލިޔެފައިވާ އެއްޗެއް އާޓިކަލް ކިޔާ ނިމޭއިރު އެގެންވާނެ. ޢެތްލެޓިކްސް މުބާރާތުގައި 3 ސްކޫލަކުން ބައިވެރިވާ ކަމަށް ސުރުޚީގައި އޮތީ. ޢެ 3 ސްކޫލަކީ ކޮބާކަން ލިޔުމުން ނޭގުމަކީ ލިޔުމުގެ ފެންވަރު ދަށްވުން. ލިޔުންތަކުން ފާހަގަ ކުރެވޭ ޕެރެގްރާފް ތަކުގެ ތަރުތީބުވެސް ނުހުންނަކަން. މިކަންތައް ރަގަޅުކުރުމަކީ ބޭެބެގެ އެދުމެއް.

  • ފވއމލއ

    ކާމިޔާބު ބޭނުންނަމަ ރަގަނޅު ޕްލޭނަކަށް ރަގަނޅު ބަޔަކުނިކުމެގެން ވާނީ މުސްކުޅި ހިޔާލާ ފިކުރު ބަދަލުކުރަން އެބަ ޖެހޭ.
    މައްސަލަ އުޅޭ ކަން ގަބޫލު ކުރަން އެބަޖެހޭ