20 ފެބުރުއަރީ 2020 ( ބުރާސްފަތި )

banner

ފުވައްމުލަކުގައި ޗެސް މުބާރާތެއް ބާއްވަނީ

މޯލްޑިވްސް ޗެސް އެސޯސިއޭޝަނާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ފުވައްމުލަކުގައި ޗެސް މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާ އެކަން އިއުލާންކޮށްފިއެވެ. މިހިގާ ޖޫން މަހު 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއަދު 12.00 ގެ ނަންނޯޓު ކުރެއްވުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދިލައްވައެވެ.

ރާއްޖޭގައި ޗެސް ކުޅުން ރަގަޅު ފެންވަރަކަށް ގެނައުމުގެ މަގްސަދުގައި އުފައްދާފައިވާ މޯލްޑިވްސް ޗެސް އެސޯސިއޭޝަނުންދަނީ ސުކޫލު ފެނަވަރުގައްޔާއި ގައުމީ ފެންވަރުގައި ތަފާތު ޗެސް މުބާރާތަށް ފަހަކަށް އައިސް އިންތިޒާމުކުރަމުންނެވެ.

ޗެސް، ނުވަތަ ރާޒުވާ ފަދަ ކުޅިވަރުތަކަކީ ސިކުޑިތަނަވަސްވާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން، ތޫނުފިލިވުމާއި، ހަނދާނުގެބައި ވަރުގަދަވުމާއި، ދުރުވިސްނުމަށް މަގުފަހިވުމާއި، ސަމާލުކަން ދިނުމަށް މަގުފަހިވުން ހިމެނެއެވެ.

 ކިޔުންތެރިންގެ ޚިޔާލު