25 އޭޕްރީލް 2019 ( ބުރާސްފަތި )

banner

ތޫނޑު ޖަމްމިއްޔާގެ ކުޅުންތެރިން. ފޮޓޯ ފާއިދު

އަތޮޅު މުބާރާތުގެ ފަސް ވަނަ މެޗް ތޫނޑު ޖަމްމިއްޔާއަށް

އެފްއޭމް އަތޮޅު މުބާރާތުގެ ފުވައްމުލަކުގައި އިއްޔެ ކުޅުނު މުބާރާތުގެ ފަސްވަނަ މެޗް މާލެގަން ޔޫތު ފައުންޑޭޝަން އާއި ބައްދަލުކޮށް ތޫނޑު ޖަމްމިއްޔާ 2-0 އިން މެޗް ކާމިޔާބު ކޮށްފިއެވެ.
އިއްޔެގެ މެޗްގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗްގެ ފުރަތަމަ ހާފްގައި މާލެގަން ޓީމުންހެދުނު ގޯހެއްގައި ވަން ގޯލެކެވެ. ދެވަނަ ގޯލް ތޫނޑު ޖަމްމިއްޔާ އިން ކާމިޔާބުކޮށްފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ. މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން މާލެގަން ޓީމްކޮޅަށް، ތޫނޑު ޖަމްމިއްޔާ ނުރައްކާ ކުރަމުންގެންގޮސްފައިވެއެވެ.
އިއްޔެގެ މެޗްގެ މޮޅު ކުޅުންތެރިޔަކީ ތޫނޑު ޖަމްމިއްޔާގެ ޖ.8 އަޖުމްއެވެ.
ފުވައްމުލަކު ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގައި މިއަދު ކުޅޭނީ ގުރޫޕް ބީގެ މެޗެކެވެ. މިމެޗްގައި ބައްދަލުކުރާނީ ފުނާޑު ޔޫތު އެސޯސިއޭޝަން އާއި ދިގުވާނޑު އައިލެންޑް ޖޫނިއާރސް އެވެ. ފުނާޑު ކުރިން ކުޅުނު މެޗް ކާމިޔާބުކޮށްފައިވެއެވެ. ދިގުވާނޑުގެ ޓީމުން މިއީ މިމުބާރާތުގައި ކުޅޭ ފުރަތަމަ މެޗެވެ.

banner

ކިޔުންތެރިންގެ ޚިޔާލު