18 އޮކްޓޯބަރ 2019 ( ހުކުރު )

banner

ފުވައްމުލަކުގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި މެޗެއް ކުރިއަށްދަނީ. ފައިލް ފޮޓޯ

ފުވައްމުލަކު ފުޓުބޯޅަ ދަނޑުގައި ޓާފު އެޅުމަށް ޓެންޑާ ބޯޑަށް ފޮނުވައިފި

ފުވައްމުލަކާއި އިތުރު 12 ރަށެއްގެ ފުޓުބޯޅަ ދަނޑުތަކުގައި ޓާފު އެޅުމަށްޓަކައި ޓެންޑާ ބޯޑަށް އިއްޔެ ފޮނުވައިފައިވާނެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. ފުވައްމުލަކު ގެ އިތުރުން، ޓާފު ދަނޑުހެދުމަށް އިއުލާންކުރުމަށް ނިންމަވާފައިވަނީ ރ.އަލިފުއްޓާއި، ފ.ނިލަންދޫއާއި، ސ.ފޭދޫއާއި، ގދ. ތިނަދޫއާއި، ލ.ގަމާއި، ޅ. ހިންނަވަރާއި، ނ.ހޮޅުދޫއާއި، ހދ. ދިއްދޫއާއި، ގއ.ވިލިގިއްޔާއި، އދ. މާމިލިއްޔާއި، ނެއްލައިދޫ އާއި ކެދިކުޅުދޫއެވެ. މި 13 ރަށުގެ އިތުރުން އިތުރު 11 ރަށެއްގެ ފުޓުބޯޅަ ދަނޑުތަކުގައި ޓާފު އެޅުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

އެކަށީގެންވާ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ނެތްކަމުގެ ޝަކުވާއަކީ މީގެކުރިންވެސް ފުވައްމުލަކު ޒުވާނުން ކޮށްފައިވާ ޝަކުވާއެކެވެ. އަދި އަލަށް ހުޅުވާލާ ރަށްރަށުގެ ތެރޭގައި ފުވައްމުލައް ނުހިމެނިއްޖެނަމަ އިހުތިޖާޖު ކުރާނެ ކަމުގެ އިންޒާރުވެސް ބައެއް ޒުވާނުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދީފައެވެ.ކިޔުންތެރިންގެ ޚިޔާލު


  1. މުހައްމަދުށަރީފު 13 ޖޫޏް 2019 07:06

    ފުވައްމުލައްވަނީއެކަހެރިކޮއްލާފައިހުރިހައިސަރުކާރެއްގަވެސްމީހަގީގަތް