A wide advertisement which will be shown on all devices. (700 x 100)

އޭއީސީއަށް އަނެއްކާވެސް ފަސޭހަ މޮޅެއް

އޭއީސީ އާއި އެފްއެސް ބައްދަލުކުރި މެޗް. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ 13 އަހަރުން ދަށުގެ ސުކޫލް ކުދިންގެ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗް ފުވައްމުލަކު ސުކޫލް (އެފްއެސް)ގެ މައްޗަށް ކުރި ހޯދާ ޏ.އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގެ ދެވަނަ މެޗްވެސް ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށްފިއެވެ.

އިއްޔެ ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މެޗް ކާމިޔާބުކުރި 6-0 އިންނެވެ. އިއްޔެގެ މެޗްގެ ފުރަތަމަ ހާފްގައި އޭއީސީ އިން 3 ގޯލް ޖަހާފައިވެއެވެ. ދެވަނަ ހާފްގައިވެސް 3 ގޯލް ކާމިޔާބުކޮށްފައިވެއެވެ. މިމެޗްގައި ވެސް އޭއީސީގެ އިސްމާއިލް ސައީދު ހެޓްރިކް ހަދާފައިވެއެވެ. އޭނާ ވަނީ ހާފިޒް އަހްމަދު ސުކޫލާއި ކުޅުނު މެޗްގައިވެސް ހެޓްރިކެއްހަދާފައެވެ. މިހެންކަމުން މިމުބާރާތުގެ މިހާތަނަށް އެންމެ ގިނަގޯލް ޖަހާފައިވަނީ އިސްމާއިލް ސައީދުއެވެ. އިއްޔެގެ މެޗްގެ މޮޅު ކުޅުންތެރިޔަކީވެސް އޭއީސީގެ އިސްމާއިލް ސައީދުއެވެ.

އޭއީސީ އާއި އެފް ގެ މެޗްގައިވެސް ދެ ޓީމްގެ ތަފާތުކަން ފެނިގެންގޮސްފައިވެއެވެ. ސަބަބަކީ އޭއީސީ ޓީމްގައި ހިމެނެނީ އުމުރުގެ ގޮތުންވެސް ދޮށީ ކުޅުންތެރިންނެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުނިގޮތުގައި މިއުމުރު ފުރައިގައި އުމުރުގެ ތަފާތު ހުންނަ ކުޅުންތެރިން ކުޅުމުގައި ތަފާތުތަކެއް ހުންނާނެކަމަށާއި އެތަފާތާއި އެކު އުމުރުން ހަނގު ކުޅުންތެރިންނަށް ކާމިޔާބު ހޯދުމުގައި ދަތިތަކެއް ކުރިމަތިވާނެއެވެ.

މިއަދު ބައްދަލުކުރާނީ ހާފިޒް އަހްމަދު ސުކޫލާއި އެމްޖޭއެމް އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !