A wide advertisement which will be shown on all devices. (700 x 100)

އަންހެނުންގެ ފުޓުސަލް މުބާރާތުގެ ޗެމްޕިއަންކަން ފުނާޑު ޓީމަށް

ރޭ ނިމުނު އަންހެނުންގެ ފުޓުސަލް މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން

އަތޮޅު ކައުންސިލުން ބާއްވާ އަންހެނުންގެ ފުޓުސަލް މުބާރާތުގެ ޗެމްޕިއަންކަން ފުނާޑު އެފް.އެސް.ސީ ޔުނިކޯން ޓީމުން ހޯދައިފިއެވެ. އެޓީމަށް ޗެމްޕިއަންކަން ލިބުނީ ފައިނަލް މެޗުގައި ރޭ 4 ލަނޑު 1 ލަނޑުން ހޯދަނޑު ވިމެންސް ސްޓްރައިކާސް ބަލިކޮށްގެންނެވެ. ހަތަރު ޓީމު ބައިވެރިވި މިމުބާރާތުގެ ކުޅުން ރޭ ނިމުނު އިރު ރަނަރަޕް ޓީމަކީ ހޯދަޑު ވިމެންސް ސްޓްރައިކާސް އެވެ. އަދި ޕޮއިންޓްގެ ގޮތުން ބަލާއިރު 3 ވަނަ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމަށް ލިބޭއިރު ހަތަރުވަނަ ލިބެނީ ދަޑިމަގު ރަނިން ޓީމަށެވެ.

ރޭ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް އަދި މުބާރާތުގައި ހޮވާލެވުނު މަގާމުތަކަށް އިނާމާއި ސެޓްފިކެޓް ދިނުން ވެސް ބޭއްވުނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފުނާޑު އެފް.އެސް.ސީ ޔުނިކޯން ގެސަފިއްޔާ ރަފާ (ޖ.9) އެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ އެފް.އެސް.ސީ ޔުނިކޯން ގެ ސަފިއްޔާ ރަފާ (ޖ.9)، ފާތިމަތު މުފީދާ (ޖ. 3) އާއި ހޯދަޑު ވިމެންސް ސްޓްރައިކާސްގެ ޚަދީޖާ ވަލީދާ (ޖ. 7) އާއި ސަފާ އަދުނާން (ޖ.1) ގެ އިތުރުން މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޒިޔާދާ މުޙައްމަދު (ޖ. 7)އެވެ. މުބާރާތުގެ  އެންމެ މޮޅުކޯޗަކީ އެފް.އެސް.ސީ ޔުނިކޯން ގެ ޢަރީޝާ ރިޒާ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !