16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

ދޫނޑިގަން ޓީމްގެ އިއްޔެގެ މެޗްގެ ފުރަތަމަ އެގާރަ. ފޮޓޯ އެފްސީ ދޫނޑިގަލޯނާ ފޭސްބުކް ޕޭޖް

ދެ ހެޓްރިކާއި އެކު ދޫނޑިގަން ސެމީ އަށް

އެފްއޭމް އަތޮޅު މުބާރާތުގައި އިއްޔެ ފުވައްމުލަކުގައި ކުޅުނު މެޗް ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކުލަބް އިން ދެ ހެޓްރިކާއި އެކު މުބާރާތުގެ ސެމީފައިނަލް ކަށަވަރުކޮށްފިއެވެ.
ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ބައްދަލުކުރީ ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކުލަބް އާއި ދަނޑިމަގު އަވަށަށް ނިސްބަތްވާ ތޫނޑު ޖަމްމިއްޔާއެވެ. އިއްޔެގެ މެޗްގައި ދޫނޑިގަން ޓީމް މެޗް ކާމިޔާބުކުރީ 7-2 އިންނެވެ. އިއްޔެގެ މެޗްގައި ދޫނޑިގަން ޓީމުގެ އަބްދުﷲ ރަޝީދު (ޕެލޭ) ޖ.21 އާއި އިބްރާހިމް ޖުނާދު (ޖޫޑޭ) ހެޓްރިކްހަދާފައިވެއެވެ. މިނަތީޖާއާއި އެކު ދޫނޑިގަންޓީމްވަނީ ސެމީފައިނަލް ކަށަވަރު ވެފައެވެ. މެޗްގެ މޮޅުކުޅުންތެރިޔަކީ ދޫނޑިގަން ޓީމުގެ އަބްދުﷲ ރަޝީދު (ޕެލޭ) ޖ.21 އެވެ.
ދޫނޑިގަން ޓީމް ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ. އަދި އެއްމެޗް އެއްވަރުވެފައިވެއެވެ.
މިއަދު ބައްދަލުކުރާނީ ހަމަ އެގުރޫޕްގެ މެޗެކެވެ. މިމެޗްގައި ބައްދަލުކުރާނީ ދަނޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި މާލެގަން ޔޫތު ފައުންޑޭޝަންއެވެ. މިއީ މިގުރޫޕްގެ އެންމެ ފަހު މެޗެވެ.

banner

ކިޔުންތެރިންގެ ޚިޔާލު