23 ޖުލައި 2019 ( އަންގާރަ )

ފުވައްމުލަކު ސާފިން ޕޮއިންޓް ތަރައްގީ ކުރަނީ

ފުވައްމުލަކު ސާފިން ޕޮއިންޓް ތަރައްގީ ކުރުމަށް ނިންމާފައިވާ ޒުވާންނާއި ގުޅޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. ފުވައްމުލަކު އިތުރުން އިތުރު ފަސް ރަށަކުންވެސް ސާފިން ހާއްސަ ސްޕޮޓްތައް ފާހަގަކޮށް ތަރައްގީކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ސާފިން ފުޅާ ކުރައްވާނެ ކަމަށް ވެސް ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވިއެވެ.

ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވުޒާރާއިން ތަރައްގީ ކުރުމަށް ނިންމާފައިވަނީ ނ. ޅޮހި، މ. މުލައް، ލ. މާބައިދޫ، ގދ. ވާދޫ ގދ. ގައްދޫ އަދި ފުވައްމުލަކުގެ ސާފިން ޕޮއިންޓްތަކެވެ.

ސާފިން ޕޮއިންޓްތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ، ހަޓުތަކާއި، ސާފިން ބޮޑު ބަހައްޓާ ރެކުތަކާއި ސާފުރުން މަޑުކޮށް ކޮށްލުމަށް ހަދާ ތަންތަންވެސް ހިމެނޭ ކަމަށް ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު