12 ނޮވެމްބަރ 2019 ( އަންގާރަ )

banner

ޓީމުގެ ކޯޗު ވަނީ ކުޅުންތެރިންނާއި ޖޯޒި ހަވާލުކޮށް ދީފައެވެ

ހޯދަޑު ސްްޕޯރޓްސް އިން ‘ވަގުތު’ ފުޓްސަލް މުބާރާތުގައި މިރޭ ކުޅެނީ

އައްޑޫ ސިޓީ މަނިކް ސްްޓޭޑިއަމްގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ ‘ވަގުތު ފުޓްސަލް ޗެލެންޖް’ މުބާރާތުގައި ފުވައްމުލައް ސިޓީން ބައިވެރިވެފައިވާ ހަމައެކަނި ޓީމު ކަމަށްވާ ހޯދަޑު ސްޕޯރޓްސް ގެ ޓީމުގެ ފުރަތަމަ މެޗު މިރޭ ކުޅޭނެއެވެ.

މުބާރާތުގެ 2 ވަނަ މެޗުގައި  ހޯދަޑު ސްޕޯރޓްސްގެ ޓީމުން ވާދަކުރާނީ ވަން އެންޑް އޮންލީ ރީތި ރަށުގެ ޓީމާއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ (ހުކުރު ދުވަހުގެ ރޭ) 10:00 ގައެވެ.

ހޯދަޑު ސްޕޯރޓްސް ގެ 2 ވަނަ މެޗު އޮންނާނީ 16 ވަނަ ދުވަހުގެ ރެއެވެ. އަދި 3 ވަނަ މެޗު 17 ވަނަ ދުވަހުގެ ރެއެވެ.

މިމުބާރާތުގެ މެޗުތައް ކުޅެނީ މުޅިންވެސް ރޭގަނޑުގައެވެ. ރާވާފައިވަނީ ކޮންމެ ރެއަކުވެސް 3 މެޗު ކުޅޭ ގޮތަށެވެ.

މިމުބާރާތުގައި 16 ޓީމަކުން ވާދަކުރެއެވެ. އަދި ފުރަތމަ ބުރުގައި ޓީމުތައް ވާދަކުރާނީ 4 ގްރޫޕެއްގައެވެ. އެގޮތުން ހޯދަޑު ސްޕޯރޓްސް ހިމެނެނީ ގްރޫޕް ބީގައެވެ. ދެން އެގްރޫޕްގައި ހިމެނެނީ ފްރެންޑްސް ކްލަބާއި ޑީސީ ސްޕޯރޓްސް އެވެ. މުބާރާތުގެ ދެވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް ކުރި ހޯދާ ދެޓީމެކެވެ.

ފާއިތުވި އަހަރު ބޭއްވި މިމުބާރާތުގައި ވެސް ހޯދަޑް ސްޕޯރޓްސް އިން ބައިވެރިވެ ދެވަނަ ބުރަށް ދަތުރުކޮށްފައި ވެއެވެ.

ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ހޯދަޑު ސްޕޯރޓަސް ކުއާރޓަރ ފައިނަލަށް

ހޯދަޑު ސްޕޯރޓްސް އަކީ އެންމެ ފަހުން ބޭއްވުނު ފުވައްމުލައް ސިޓީ ކައުންސިލްގެ 2 ވަނަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަނުންނެވެ.

ފުޓްސަލް ޗެމްޕިއަންކަން ހޯދަޑު ސްޕޯރޓްސް އަށް

ހޯދަޑު ސްޕޯރޓްސް ޓީމުގެ ކޯޗަކީ ޚާލިދު ނަފީއު އެވެ. އަދި ސްޕޮންސަރަކީ ޕެބްލްސް އަދި ރޯޔަލް ރެސްޓޯރެންޓެވެ.

 



ކިޔުންތެރިންގެ ޚިޔާލު