6 އޭޕްރީލް 2020 ( ހޯމަ )

banner

އޭޝިއަން ކޮލިފިކޭޝަނުގެ ގްރުއަތުލުން މިއަދު ބާއްވައިފި

ފީފާ ވޯލްޑް ކަޕް އޭޝިއާ ކޮލިފައިންގައި ރާއްޖެ ލައްވާލީ ވަރުގަދަ ގުރޫޕެއްގައި

ކުރިޔަށް އޮތް ފީފާ ވޯލްޑްކަޕް އޭޝިއާ ކޮލިފައިންގެ ދެވަނަ ބުރުގައި ރާއްޖެ ލައްވާލީ ވަރުގަދަ ޗައިނާ އާއި ސީރީއާ ހިމެނޭ ގްރޫޕް އޭ ގައެވެ. މިގްރޫޕުގައި ދެން ހިމެނެނީ ޕިލިޕީންސްއާއި ގުއާމެވެ.

އެއެފްސީން ވަނީ ޓީމުތައް 5 ދަރަޖައަކަށް ބަހާލާފައެވެ. އެގޮތުން ރާއްޖެ ހިމެނެނީ 4 ވަނަ ދަރަޖައިގެ ޓީމުތަކުގެ ތެރޭގައެވެ. ވުމާއެކު ކޮލިފައިންގެ ފުރަތަމަ ބުރު ނުކުޅެ ދެވަނަ ބުރުން ރާއްޖެއަށް ޖާގަ ލިބެއެވެ.

އޭޝިއާގެ ކޮލިފިކޭޝަންގެ 2 ވަނަ ބުރުގައި ހިމެނޭ 8 ގްރޫޕުގެ ލީޑަރުންނަކީ، ގްރޫޕް އޭ-ޗައިނާ، ގްރޫޕް ބީ-އޮސްޓްރޭލިއާ، ގްރޫޕް ސީ-އީރާން، ގްރޫޕް ޑީ-ސައުދި އަރަބިއާ، ގްރޫޕް އީ-ބަންގްލާދޭޝް، ގްރޫޕް އެފް- ޖަޕާން، ގްރޫޕް ޖީ- އޫއޭއީ އަދި ގްރޫޕް އެޗް-ދެކުނު ކޮރެއާ އެވެ. ގަތަރު ވަނީ މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި  އޮޓޯމެޓިކު ޖާގައެއް ލިބިފައެވެ.

އޭޝިއާ ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގައި ދިވެހިރާއްޖެ ކުޅެން ނުޖެހުނީ ގަދަ 34 ޓީމުގެ ތެރޭގައި ރާއްޖެ ހިމެނުމުންނެވެ. ފާއިތުވި އަހަރާއި މިއަހަރު ވެސް އޭއެފްސީ ރޭންކިންގައި ރާއްޖެ އޮތީ 25 ވަނާގައެވެ.

އޭއެފްސީގައި ހިމެނޭ 46 ޓީމުގެ ތެރެއިން ރޭންކް 1-34 ގެ ޓީމުތައް ވަނީ އޮޓޯމެޓިކުން ދެވަނަ ބުރުން ޖާގަ ދީފައެވެ. ފުރަތަމަ ބުރު ކުޅެނީ ރޭންކް 35-46 ގައި ހިމެނޭ 12 ޓީމު ދެޓީމު ދެޓީމު ހޯމް-އެންޑް-އަވޭ އުސޫލުންް ދެމެޗު ކުޅެ، ކޮންމެ ޕެއަރ އަކުން މޮޅުވާ ޓީމެއް 2 ވަނަ ބުރަށް ހޮވޭ ގޮތަށެވެ.

އޭޝިއަން ކޮލިފިކޭޝަންގެ 2 ވަނަ ބުރުގަައި ގްރޫޕްތަކުގެ މެދުގައި ރައުންޑް-ރޮބިން އުސޫލުން ކުޅެ، ކޮންމެ ގްރޫޕަކުން ވެސް އެންމެ މޮޅު ޓީމަކާއި ހުރިހާ ގްރޫޕެއްގެ 2 ވަނަ ތަކުން އެންމެ މޮޅު 4 ޓީމެއް 3 ވަނަ ބުރަށް ހޮވޭގޮތަށެވެ.

އަދި 3 ވަނަ ބުރުގައި ޖުމްލަ 12 ޓީމު 2 ގްރޫޕަށް ބަހާލައިގެން ހޯމް-އެންޑް-އަވޭ އުސޫލުން ކުޅެ، ކޮންމެ ގްރޫޕެއްގެ ވެސް 1 ވަނަ އަދި 2 ވަނަ ޓީމު ގަތަރުގައި ބާއްވާ ވޯލްޑްކަޕްގެ ފަހުބުރު ކުޅުމަށް ކޮލިފައިވާނެއެވެ.

އޭޝިއާއަށް ވޯލްޑް ކަޕުން ކަނޑައެޅިފައިވާ 4.5 ޖާގައިގެ ތެރެއިން ބާކީވާ ފަޅި ފުރުސަތަށް ޓީމު ކަނޑައަޅާނީ 3 ވަނަ ބުރުގެ ދެ ގްރޫޕުން 3 ވަނައަށް ދޭ ދެ ޓީމުގެ ދެމެދުގައި ދެ މެޗުކުޅެ މޮޅުވާ ޓީމެއް އެހެން ކޮންފެޑެރޭޝަންގެ ޓީމާކާއި ވާދަކުރުމަށް ފުރުސަތު ލިބިގެންދާންއެވެ.

ކުރިން 2022ގައި ގަތަރުގައި ބާއްވާ ވޯލްޑްކަޕުގައި ޓީމުތަައް އިތުރު ކުރުމަށް ފީފާއިން ނިންމާފައި ވިޔަސް މިހާރު ވަނީ އެކަން ފަސްކޮށްފައެވެ. ވުމާއެކު ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕްގައި ކުޅޭނީ 32 ޓީމެވެ.

އެއީ

އޭޝިއާގެ 5 ނޫނީ 6 ޓީމާއި،

ޔޫރަޕުގެ 13 ޓީމާއި

އެފްރިކާގެ 5 ޓީމާއި

ދެކުނު އެމެރިކާގެ 4 ނޫނީ 5 ޓީމާއި

އުތުރު އަދި މެދުތެރެ އެމެރިކާގެ 3 ނޫނީ 4 ޓީމާއި

އޮޝެނިއާއިން 0 ނޫނީ 1 ޓީމެވެ.

ފިފާ ވޯލްޑްކަޕްގެ ޖާގަތައް ބެހިފައިވާ ގޮތްކިޔުންތެރިންގެ ޚިޔާލު