A wide advertisement which will be shown on all devices. (700 x 100)

ފިސްޑާ ބަލިކޮށް މިސްކިތްމަގު ފައިނަަލަށް، ހޯދަޑު އަދި ފިސްޑާ ސެމީއަށް

މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މިސްކިތްމަގު އެންމެންގެ ގުޅުމުގެ ފާތުމަތު މާޖިދާ

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ވީ.އޭ.އެމް ޕްރެޒިޑެންޓްސް ކަޕްގެ ހަތަރު ވަނަ ދުވަހުގެ މެޗްތައް މިސްކިތްމަގު އެންމެންގެ ގުޅުން އަދި ހޯދަޑު ވެށިނަލަ ޖަމްމިއްޔާ ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗް ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި ބައްދަލުކޮށް މިސްކިތްމަގު އެންމެންގެ ގުޅުން ފައިނަލާއި ގާތަށް ޖެހިލީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. އިއްޔެ ހަވީރު ފިސްޑާ އާއި ބައްދަލުކޮށް މިސްކިތްމަގު މެޗް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 25-19، 25-21 އަދި 25-14 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ މިސްކިތްމަގު ކުޅުނު ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޖ.1 ފާތުމަތު މާޖިދާ އެވެ.

ރޭގެ މެޗްގައި ބައްދަލުކުރީ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ހޯދަޑު އަވަށުގެ ވެށިނަލަ ޖަމްމިއްޔާއެވެ. މިމެޗް 5-3 އިން ކާމިޔާބުކުރީ ވެށިނަލަ ޖަމްމިއްޔާއެވެ. ސެޓްތައް ގެންދިޔައީ 13-25، 25-19، 13-25، 27-25 އަދި 13-15 އިންނެވެ. މިމޮޅާއި އެކު ހޯދަޑު ވެސްވަނީ ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗް ކާމިޔާބުކޮށްފައިވެއެވެ. މިހެންކަމުން އެޓީމްވަނީ ސެމީފައިނަލް ގާތްގަޑަކަށް ކަށަވަރުވެފައެވެ. މެޗްގެ މޮޅުކުޅުންތެރިޔަކީ ވެށިނަލަ ޖަމްމިއްޔާގެ ޖ.7 ފާތުމަތު ނުޒުހާ އެވެ. ނުޒުހާވަނީ އެޓީމް އެންމެ ފަހުން ކުޅުނު މެޗްގައިވެސް މޮޅުކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

އިއްޔެގެ ނަތީޖާ އާއި އެކު ޕޮއިންޓް ޓޭބަލްގެ އެންމެކުރީގައި އޮތީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. އެއީ ކުޅުނު ހުރިހާ މެޗް ކާމިޔާބުކޮށްގެންނެވެ. ދެވަނާގައި އޮތީ ހޯދަޑު ވެށިނަލަ ޖަމްމިއްޔާ އާއި ފިސްޑާއެވެ. އެއީ ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗް ކާމިޔާބުކޮށްގެންނެވެ. ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެއީ ކުޅުނު ހަތަރު މެޗްގެ ތެރެއިން އެއްމެޗް ކާމިޔާބުކޮށްގެންނެވެ. އެއްވެސް ޕޮއިންޓެއް ލިބިފައި ނުވަނީ ފުވައްމުލަކު ސްޕޯޓްސް ކްލަބްއެވެ. އެޓީމްކުޅުނު ތިން މެޗްއިންވެސް ބަލިވެފައިވެއެވެ. މިނަތީޖާއާއި އެކު ފައިނަލް ގާތްގަޑަކަށް ކަށަވަރުވެފައިވަނީ މިސްކިތްމަގު އެންމެންގެ ގުޅުމަށެވެ. ސެމީއަށް ގޮސްފައިވަނީ ހޯދަޑު ވެށިނަލަ ޖަމްމިއްޔާ އަދި ފިސްޑާއެވެ.

މުބާރާތް ކުރިއަށް ގެންދަނީ ޕޮއިންޓް އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓްލިބޭ ޓީމެއް ފައިނަލަށްދާ ގޮތަށެވެ. އަދި ދެވަނަ ޓީމާއި ތިންވަނަ ޓީމް ސެމީފައިނަލް ކުޅެ މޮޅުވާޓީމެއް ފައިނަލަށްދާ ގޮތަށެވެ.

މިއަދު ހަވީރު 4:30 ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ފުވައްމުލަކު ސްޕޯޓްސް ކްލަބް އެވެ. މިރޭ ބައްދަލުކުރާނީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި ހޯދަޑު ވެށިނަލަ ޖަމްމިއްޔާ އެވެ.

ހަވީރާއި ރޭގަނޑު މެޗްތައް ކުޅޭގޮތަށް ރާވާފައިވާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 8000 ރުފިޔާ ހުށަހަޅާފައިވެއެވެ. އަދި މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމް މާލޭގައި އޮންނަ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ބުރުން ފުރުސަތު ލިބޭނެއެވެ. މިމުބާރާތުގައި ފުވައްމުލަކުން ވާދަކުރަނީ 5 ޓީމެވެ. އެއީ ދަޑިމަގަށް ނިސްބަތްވާ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކްލަބް އާއި މިސްކިތްމަގުގެ މިސްކިތްމަގު އެންމެންގެ ގުޅުމާއި ހޯދަޑު އަވަށުގެ ވެށިނަލަ ޖަމްމިއްޔާގެ އިތުރުން މާދަޑުގެ ފިސްޑާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !