A wide advertisement which will be shown on all devices. (700 x 100)

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މިސްކިތްމަގު ފައިނަލަށް، ފިސްޑާ އަދި ވެށިނަލަ ޖަމްމިއްޔާ ސެމީއަށް

އިއްޔެ ކުޅުނު މެޗްތަކުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝަހުލާ ޖ.4 އަދި މާޖިދާ ޖ.1

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ވީ.އޭ.އެމް ޕްރެޒިޑެންޓްސް ކަޕްގެ ފަސްވަނަ ދުވަހުގެ މެޗްތައް މިސްކިތްމަގު އެންމެންގެ ގުޅުން އަދި ފިސްޑާ މކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗް މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކުރީ ފުވައްމުލަކު ސްޕޯޓްސް ކްލަބް އާއި ބައްދަލުކޮށް ފަސޭހަކަމާއި އެކު ތިން ސެޓުންނެވެ. މިމެޗްތައް މިސްކިތްމަގު އެންމެންގެ ގުޅުން ގެންދިޔައީ 4-25، 20-25 އަދި 25-15 އިންނެވެ. މިމޮޅާއި އެކު މިސްކިތްމަގު އެންމެންގެ ގުޅުންވަނީ މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ލިބުނު ޓީމްގެ ގޮތުގައި ފައިނަލަށް ހޮވިފައެވެ. މެޗްގެ މޮޅުކުޅުންތެރިޔަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޖ.1 ފާތުމަތު މާޖިދާ އެވެ. މާޖިދާވަނީ މިމުބާރާތުގައި މިސްކިތްމަގު އެންމެންގެ ގުޅުން ކުޅުނު ހުރިހާ މެޗެއްގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

ރޭގެ މެޗްގައި ބައްދަލުކުރީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި ހޯދަޑު ވެށިނަލަ ޖަމްމިއްޔާއެވެ. މިމެޗް ފިސްޑާ ގެންގޮސްފައިވަނީ 3 ސެޓުންނެވެ. މިމެޗްގެ ސެޓްތައް ފިސްޑާ ހޯދާފައިވަނީ 25-17، 25-22 އަދި 25-13 އިންނެވެ. މެޗްގެ މޮޅުކުޅުންތެރިޔަކީ ފިސްޑާގެ ޖ.4 ފާތުމަތު ޝަހުލާ އެވެ. މިމޮޅާއި އެކު މުބާރާތުގެ ދެވަނަ ޓީމެއްގެ ގޮތުގައި ސެމީއިން ޖާގަލިބިފައިވެއެވެ. ތިންވަނަ ޓީމްގެ ގޮތުގައި ސެމީއިން ޖާގަ ލިބިފައިވަނީ ވެށިނަލަ ޖަމްމިއްޔާއެވެ.

އިއްޔެގެ ނަތީޖާ އާއި އެކު ޕޮއިންޓް ޓޭބަލްގެ އެންމެކުރީގައި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. ދެވަނަގައި އޮތީ ފިސްޑާއެވެ. ތިންވަނާގައި ވެށިނަލަ ޖަމްމިއްޔާއޮތް އިރު އެންމެ މެޗެއް ކާމިޔާބުކޮށްގެން ހަތަރުވަނާގައި އޮތީ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އެވެ. ފަސްވަނާގައި އޮތީ ކުޅުނު އެއްވެސް މެޗެއް ކާމިޔާބުކުރެވިފައިނުވާ ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކްލަބް އެވެ.

މުބާރާތް ކުރިއަށް ގެންދަނީ ޕޮއިންޓް އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓްލިބޭ ޓީމެއް ފައިނަލަށްދާ ގޮތަށެވެ. އަދި ދެވަނަ ޓީމާއި ތިންވަނަ ޓީމް ސެމީފައިނަލް ކުޅެ މޮޅުވާޓީމެއް ފައިނަލަށްދާ ގޮތަށެވެ.

މިރޭ 20:30 ގައި ސެމީފައިނަލްގައި ބައްދަލުކުރާނީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި ހޯދަޑު ވެށިނަލަ ޖަމްމިއްޔާއެވެ. މިމެޗުން މޮޅުވާ ޓީމެއް ފައިނަލް ހޮވޭނެއެވެ. ފައިނަލްގައި ދެން ވާދަކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. ފައިނަލް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރުއެވެ.

ހަވީރާއި ރޭގަނޑު މެޗްތައް ކުޅޭގޮތަށް ރާވާފައިވާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 8000 ރުފިޔާ ހުށަހަޅާފައިވެއެވެ. އަދި މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމް މާލޭގައި އޮންނަ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ބުރުން ފުރުސަތު ލިބޭނެއެވެ. މިމުބާރާތުގައި ފުވައްމުލަކުން ވާދަކުރަނީ 5 ޓީމެވެ. އެއީ ދަޑިމަގަށް ނިސްބަތްވާ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކްލަބް އާއި މިސްކިތްމަގުގެ މިސްކިތްމަގު އެންމެންގެ ގުޅުމާއި ހޯދަޑު އަވަށުގެ ވެށިނަލަ ޖަމްމިއްޔާގެ އިތުރުން މާދަޑުގެ ފިސްޑާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !