14 ނޮވެމްބަރ 2018 ( ބުދަ )

banner

ދިގުވާނޑު ޓީމް ރަތް ޖާޒީގައި. ފޮޓޯ : ނާސިހް

ގުރޫޕް ސްޓޭޖްގެ ދެ މޮޅާއި އެކު ދިގުވާނޑު ސެމީފައިނަލަށް

އެފްއޭމް އަތޮޅު މުބާރާތުގެ ފުވައްމުލަކުގައި ކުޅުނު ގުރޫޕްބީގެ މެޗްގެ ތެރެއިން ކުޅުނު ދެ މެޗް ކާމިޔާބުކޮށްގެން ދިގުވާނޑު ސެމީފައިނަލް ކަށަވަރުކޮށްފިއެވެ.
އިއްޔެ ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މެޗް ދިގުވާނޑު އައިލެންޑް ޖޫނިއާސް ކާމިޔާބުކުރީ 4-0 ގެ ނަތީޖާ އިން ހޯދަޑު ޔޫތު ރިލޭޝަން ބަލިކޮށްފައެވެ. މިނަތީޖާއާއި އެކު ދިގުވާނޑަށްވަނީ ގުރޫޕް ސްޓޭޖްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީއިން ޖާގަލިބިފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކީ ދިގުވާނޑު ޓީމުގެ ގުރައިޝް (ކޫޓީ) ޖ.9 އެވެ.
ސެމީފައިނަލްގައި އާދީއްތަ ދުވަހު އެޓީމާއި ބައްދަލުކުރާނީ ގުރޫޕް އޭގެ ދެވަނަ ޓީމްކަމަށްވާ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާއެވެ. ސެމީފައިނަލް ފުރަތަމަ މެޗް މާދަމާ ބައްދަލުކުރާނީ ގުރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ދޫނޑިގަން ފުވައްމުލަކު ސްޕޯސްޓްސް ކުލަބާއި ގުރޫޕް ބީގެ ދެވަނަ ޓީމް ފުނާޑު ޔޫތު އެސޯސިއޭޝަން އެވެ.
މިމުބާރާތުގެ ކުޅުމެއް މިއަދު ނޯންނާނެއެވެ. މިމުބާރާތުގައި ހަތް ޓީމް ވާދަކުރިއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު