18 އޯގަސްޓް 2019 ( އާދީއްތަ )

ފުނާޑު އަދި ދޫނޑިގަން ކުޅުނު މެޗް. ފޮޓޯ: ހައިކަލް ގުރަފީ

ފުނާޑު ބަލިކޮށް ދޫނޑިގަން ފައިނަލަށް

އެފްއޭއެމް އަތޮޅު މުބާރާތުގެ ފުވައްމުލަކުގައި އިއްޔެ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗްގައި ފުނާޑު ބަލިކޮށް ދޫނޑިގަން ފައިނަލުން ޖާގަހޯދައިފިއެވެ.
ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކުލަބް، އިއްޔެ ފުނާޑު ޔޫތު އެސޯސިއޭޝަނާއި ބައްދަލުކުރި މެޗް ދޫނޑިގަން ކާމިޔާބުކުރީ 2-0 އިންނެވެ. އިއްޔެގެ މެޗްގައި ދެ ޓީމުންވެސް ފެނިގެންގޮސްފައިވަނީ ހަމަހަމަ ކުޅުމެކެވެ. ދޫނޑިގަން ފުރަތަމަ ގޯލް ކާމިޔާބުކުރީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ފުރަތަމަ ހާފްގައެވެ. އަދި ދެވަނަ ގޯލް ޖަހާފައިވަނީ ދެވަނަ ހާފްގައެވެ.
މެޗްގެ މޮޅު ކުޅުންތެރިޔަކީ ދޫނޑިގަން ޓީމްގެ އަބްދުﷲ ރަޝީދު (ޕެލޭ) ޖ.21 އެވެ.
މިއަދު ކުޅޭނީ ސެމީފައިނަލްގެ ދެވަނަމެޗެވެ. މިމެޗްގައި ބައްދަލުކުރާނީ ދަނޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ދިގުވާނޑުގެ އައިލެންޑު ޖޫނިއަރސް އެވެ.


ކިޔުންތެރިންގެ ޚިޔާލު