17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ދަޑިމަގު ޓީމުން ކާމިޔާބުކުރަނީ

ފައިނަލްގެ ދެވަނަ ޖާގަ ދަޑިމަގަށް

އެފްއޭއެމް އަތޮޅު މުބާރާތުގެ ފުވައްމުލަކުގައި އިއްޔެ ކުޅުނު ސެމީފައިނަލް ދެވަނަ މެޗް ކާމިޔާބުކޮށް ފައިނަލުން ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ ޖާގަހޯދައިފިއެވެ.
ސެމީފައިނަލް ދެވަނަ މެޗްގައި ދިގުވާނޑު އައިލެންޑް ޖޫނިއަރސް އާއި ބައްދަލުކޮށް ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ މެޗްކާމިޔާބުކުރީ މެޗްގެ އެންމެ ފަހު ދިހަ މިނިޓް ތެރޭގައެވެ. ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗްގެ ދެވަނަ ހާފްގައި އަދި މެޗްގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ ދަޑިމަގު ޓީމްގެ ސަބާ ޖ.7 އެވެ. ސަބާ މިގޯލް ކާމިޔާބުކުރީ ދަޑިމަގަށް ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި ބޯޅަ ގޯލްއެރީއާގެ ތެރެއިން ބޮލުން ޖަހައިގެންނެވެ.
މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ދަޑިމަގު ޓީމްގެ އަރީޝް ޖ.11 އެވެ.
މިމުބާރާތުގެ ފައިނަލް ކުޅޭނީ މިމަހުގެ 21ވާ އަންގާރަ ދުވަހުއެވެ. ފައިނަލްގައި ބައްދަލުކުރާނީ ދޫނޑިގަމްގެ ފުވައްމުލަކު ސްޕޯޓްސް ކުލަބާއި ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާއެވެ. މިދެޓީމްވަނީ ގުރޫޕް ސްޓޭޖްގައިވެސް ބައްދަލުކޮށްފައެވެ. އެމެޗްނިމިފައިވަނީ 2-2 ނަތީޖާއިންނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު