A wide advertisement which will be shown on all devices. (700 x 100)

އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް ފަށައިފި

އިއްޔެ ހަވީރު ހޭޒް އަދި އެފްއެސް ބައްދަލުކުރި މެޗުގެ ތެރެއިން ހޭޒްގެ ކުޅުންތެރިން . ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ އިންޓަރ ސްކޫލް އަންހެން ކުދިންގެ ވޮލީބޯޅަ މުބާރާތް އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ ވޮލީބޯޅަ ކޯޓުގައި ފަށައިފިއެވެ. މި މުބާރާތުގައި ބައިވެރިވެފައި ވަނީ ފުވައްމުލަކުގެ 3 ޕްރައިމަރީ ސްކޫލާއި ޏ. އޭއީސީ އެވެ.

މުބާރާތުގައި ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ހާފިޒް އަޙްމަދު ސްކޫލް ޓީމާއި ފުވައްމުލަކު ސްކޫލްގެ ޓީމެވެ. މިމެޗް 3 ސެޓް 0 ސެޓުން ކާމިޔާބުކުރީ ހޭޒްގެ ޓީމެވެ. މިމެޗުން ހޭޒު މޮޅުވީ 15 – 25 ، 22 – 25 އަދި 23 – 25 އެވެ.

އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހޭޒްގެ އާމިނަތު ނަހޫ (10ޖ.)އެވެ.

މިމުބާރާތުގެ ދެވަނަ މެޗުގައި ރޭ ބައްދަލުކުރީ މަދަރުސަތުއް ޝައިޚު މުހައްމަދު ޖަމާލުއްދީނާއި (އެމްޖޭއެމް) އާއި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ. މިމެޗު 3 ސެޓް 0 ސެޓުން މޮޅުވީ އެމްޖޭއެމްގެ ޓީމެވެ. އެމްޖޭއެމްއިން މިމެޗުގެ ސެޓްތައް ހޯދީ 15 – 25 21 – 25 އަދި 22 – 25 ން ނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޖޭއެމްގެ އާމިނަތު ރަފާ އިބްރާހިމް (ޖ.11) އެވެ.

ސޮނީ ސްޕޯރޓްސް އާއި ގުޅިގެން  އަތޮޅު ކައުންސިލްގެ ސްޕޯރޓުސް ކައުންސިލުން ކުރިޔަށް ގެންދާ މިމުބާރާތުގެ ކުޅުން މާދަމާއާއި މާދަމާ ރޭވެސް ކުރިޔަށް ގެންދެވޭނެއެވެ. ހަވީރުގެ މެޗުގައި ބައްދަލުކުރާނީ ޏ.އޭއީސީގެ ޓީމާއި ފުވައްމުލަކު ސްކޫލްގެ ޓީމެވެ. ރޭގަޑުގެ މެޗުގައި ބައްދަލުކުރާނީ އެމްޖޭއެމްގެ ޓީމާއި ހޭޒްގެ ޓީމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !