25 މެއި 2020 ( ހޯމަ )

banner

މިހާރު ފުވައްމުލައް ސިޓީގައި ކުރިޔަށްދާ ފުތްސަލް ރެފްރީ ކޯސް.

ފުވައްމުލައް ސިޓީގައި ފުޓްސަލް ރެފްރީ ކޯހެއް ކުރިޔަށް ދަނީ

ފުވައްމުލައް ސިޓީގައި ފުޓްސަލް ރެފްރީން ތަމްރީނުކުރުމުގެ ކޯހެއް ފަށައިގެން ކުރިޔަށް އެބަގެންދެއެވެ. އިއްޔެ، 23 އޯގަސްޓް އިން 29 އޯގަސްޓްގެ މުއްދަތަށް ކުރިޔަށް ގެންދާ މިކޯހުގައި ފުވައްމުލައްކުގެ 20 ވަރަކަށް ޒުވާނުން ބައިވެރިވެފައި ެވެއެވެ. މީގެ ދެތޭގައި ދެޖިންސުގެ ޒުވާނުން ވެސް ހިމެނެއެވެ.

ސިޓީ ކައުންސިލްގެ ކުރުންދުމާ މާލަމުގައި ކިޔެވުން ކުރިޔަށްގެންދާ މިކޯހުގައި ކިޔަވައިދެއްވާނީ އެފްއޭއެމްގެ ރެފްރީސް ޓްރެއިނަރ އަދި  ފީފާގެ ރެފްރީ އަލީ ސަލީމުއެވެ.

މިއީ ފުވައްމުލައް ސިޓީ ކައުންސިލާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ ޑިިވެލޮޕްމެންޓް އަދި ފުޓްބޯޅަ އެސޯސިއޭޝަން އެފް މޯލްޑިވްސް އިން ކުރިޔަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

ކޮންމެ އަހަރަކު ވެސް ފުވައްމުލައް ސިޓީގައި ތަފާތު އެތަކެއް ފުޓްސަލް މުބާރާތްތަކެއް ބޭއްވޭ އިރު ތަމްރީނު ލިބިފައިވާ ރެފްރީން ރަށުން ލިބެން ހުރުމަކީ މިފަދަ މުބާރާތްތައް އިންތިޒާމުކުރާ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ފަހިކަމެކެވެ.

 ކިޔުންތެރިންގެ ޚިޔާލު