A wide advertisement which will be shown on all devices. (700 x 100)

ފާއިތުވި އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއަކަށް މެސީ

ފާއިތުވި ސީޒަނުގެ މެސީގެ ބައެއް ތަފާސްހިސާބު

ފާއިތުވި އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ބާސެލޯނާ އާއި އާޖެންޓީނާގެ ތަރި، 32 އަހަރުގެ ލިއޮނަލް މެސީ ފީފާއިން ހޮވައިފިއެވެ.

މި އެވޯޑަށް މެސީއާއި ވާދަކުރީ ފާއިތުވި ސީޒަނުގެ ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި ގިނަ އެވޯޑްތަކެއްގައި މެސީއާއި އެންމެ ވާދަވެރި ޔުވެންޓަސްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ 4 އަހަރުގެ މެދުކެނޑުމަކަށްފަހު މެސީއަށް މިއެވޯޑު ހާސިލުކުރެވުނު ފަހަރެވެ.

4 އަހަރަށްފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ އަށް

މެސީ ވަނީ ފާއިތުވި އަހަރު ބާސެލާނާއަށް ލަލީގާ ކާމިޔާބުކޮށްދީ ޔޫއެފާ ޗެމްޕިއިންސް ލީގު އާއިި ކޮޕަރ ޑެލްރޭގެ ސެމީ ފައިނަލަށް އެޓީމު ގެންސްގޮސްދީފައި ވެއެވެ. މީގެ އިތުރުން އާރޖެންޓީނާގެ ގައުމީޓީމު ކޮޕާ އެމެރިކާގެ 3 ވަނަ ހޯދައި ދިނުމުގައި ބޮޑު ހިއްސާއެއް އަދާކުރިއެވެ.

މި އެވޯޑާއެކު މެސީ ވަނީ ފީފާ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައެވެ. މެސީ އަށް މިއެވޯޑް މީގެކުރިން ލިބިފައި ވަނީ 2009، 2010، 2011، 2012 އަދި 2015 ވަނަ އަހަރު އެވެ.

ފާއިތުވި ސީޒަނުގައި ޔޫރަޕުގެ އެންމެ ގިނަ ގޯލު، 36 ގޯލު ޖަހައި 20 އެސިސްޓް ވެދީގެން އޭނާ ވަނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތރިޔަކަށް ވެސް ވެފައެވެ. ދެވަނަ އަށް އެންމެ ގިނަ ގޯލުޖެހީ މެސީގެ ޓީމް މޭޓް ލުއިސް ސުއަރޭޒް އެވެ. އޭނާ 21 ގޯލު ޖަހއި 13 އެސިސްޓް ވީއިރު ރިއަލް މެޑްރިޑްގެ ބެންޒަމާ ވަނީ 21 ގޯލު ޖަހައި 10 އެސިސްޓް ވެފައެވެ.

އެންމެ މޮޅު ކޯޗަކީ ލިވަރޕޫލްގެ ކޯޗު ޔޯގަން ކްލޮޕް އެވެ.

ފާއިތުވި ސީޒަނުގެ ދުނިޔޭގެ އެންމެ މޮޅު 3 ކޯޗުން

އެންމެ މޮޅު ގޯލްކީޕަރަކީ ލިވަރޕޫލް އަދި ބްރެޒިލްގެ ގޯލްކީޕަރ އެލިސަން އެވެ. އޭނާއާއި އެންމެ ވާދަކުރީ ސިޓީގެ ގޯލް ކީޕަރ އެޑަރސަން އާއި ބާސެލޯނާގެ ކީޕަރ ޓަސްޓެގަން އެވެ.

އެންމެ މޮޅު ގޯލެއް ކާމިޔާބުކޮށްގެން މިއެވޯޑް ހޯދީ ހަންގޭރީގެ ލީގުގެ މެޗެއްގެ 93 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެއާއެކު އޮވަރހެޑަކުން ގޯލެއް ކާމިޔާބުކޮށްދިން އުމުރުން 18 އަހަރުގެ ޑެނިއަލް ޒޯރީއެވެ. މިގޯލާއި އެންމެ ވާދަކުރީ ރިއަލްމެޑްރިޑް ކޮޅަށް ޕެނަލްޓީ އޭރިއާ ލައިން ކައިރިން މެސީ ޗިޕަކުން ޖެހި ގޯލެވެ.

ފައިތުވި ސީޒަނުގެ ފީފާގެ ދަދަ 11 ކުޅުންތެރިން ވެސް ވަނީ ހޮވާފައެވެ.

ފާއިތުވި އަހަރު ދުނިޔޭގެ އެންމެ މޮޅު 11

އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިއަކީ އެމެރިކާގެ މޭގަން ރެޕީނިއޯއެވެ.

ފީފާއިން ދޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2010 އިން 2015 ވަނަ އަހަރާ ހަމައަށް ދެމުން އައީ ފްރާންސް އިންދޭ ބެލޮންޑިއޯ އެވޯޑާ އެއްކޮށްލައިގެން އެއް އެވޯޑެއްނެވެ. ފީފާ ބެސްޓް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ. މިއީ އެ ނަމުގައި ދޭން ފެށި ފަހުން މެސީ އަށް ލިބުނު ފުރަތަމަ ފަހަރެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !