22 ސެޕްޓެމްބަރ 2018 ( ހޮނިހިރު )

banner

ކޮޕާ އެމެރިކާ 2016: އާޖެންޓީނާ 2- ޗިލީ 1

މިމަހު 3 ވަނަ ދުވަހު އެމެރިކާގައި ފެށި “ކޮޕާ އެމެރިކާ ސެންޓެނާރިނޯ” ފުޓްބޯޅަ މުބާރާތުގައި މިއަދު ހެނދުނު ކުޅުނު އާޖެންޓީނާ، ޗިލީ ބައްދަލުކުރި މެޗް 2-1 ން އާޖެންޓީނާ ކާމިޔާބު ކޮށްފިއެވެ. ފާއިތުވި އަހަރު ބޭއްވުނު މިމުބާރާތުގެ ފައިނަލުގައި ކުޅުނު މިދެޓީމުގެ މެޗަކީ މިހާތަނަށް މިމުބާރާތުގައ އެންމެ ފޯރިދަދަ އެއްމެޗެވެ.

މިމެޗު ބެލުމަށް 69400 މީހުން ވަން އިރު މިއީ މިއަހަރުގެ މުބާރާތުގެ މެޗެއް ބެލުމަށް އަދި މިހާތަނަށް އެންމެ ގިނަ މީހުން ވަން މެޗެވެ. އެމެރިކާގައި ބޭއްވޭ މުބާރާތާކަށް ވާއިރު އަމިއްލަ ގައުުމުގެ މެޗް ބަލަން ވަން މީހުން ވެސް މިއަށް ވުރެ މަދެވެ.

މިމެޗުގައި ފުރަތަމަ ހާފުގައި ދެޓީމުން ވެސް އިދިކޮޅު ގޯލަށް ނުރައްކާ ރުރަމުން ދިޔައެވެ. ނަމަވެސް އާޖެންޓީނާ ޓީމުގެ ކުޅުން ރަނގަޅު ކަމަށް ފެނެއެވެ. ފުރަތަމަ ނުރާކާތެރި ހަމަލާއެއް ގޯލަށް ފޮނުވާލީ ޗިލީ ޓީމުންނެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި ނިމުނު ކަމުގައި ވިޔަސް އާޖެންޓީނާގެ ޑިމަރީއާ (ޖ.7) ގޯލެއް ޖަހައި ޓީމަށް ލީޑް ހޯދާދިނެވެ. ފުރަތަމަ ލަނޑަށް މާގިނަ އިރެއް ނުވެ އާޖެންޓީނާގެ ބަނޭގާ (ޖ.17) ގޯލެއް ޖަހައި 2-0 ށް ނަތީ ޖާ ބަދަލުކުރިއެވެ. ފަހު ހާފުގެ އިތުރުވަގުތުގެ ފަހު މިނިޓްގައި ޗިލީއަށް ލިބުނު ހިލޭ ޖެހުމެއް ބޮލުން، އާޖެންޓީނާ ގެ ގޯލަށް ވައްދާލައި، ނަތީޖާގެ ތަފާތު ކުޑަކުރިއެވެ.

މިހާތަނަށް 4 ގްރޫން 8 މެޗް، ކޮންމެ ޓީމެއް ވެސް އެއްމެޗް ކުޅެފައިވާއިރު ގިނަ ބައެއްގެ ލޯ އަމާޒުވެފައި ވަނީ އާޖެންޓީނާ، ބްރެޒިލް، އުރުގުއޭ، ޗިލީ އަދި މެކްސިކޯ ޓީމުގެ މެޗްތަކަށެވެ.

ގްރޫޕް އޭއީން ކޮލަމްބިއާ، ގްރޫޕް ބީން ޕެރޫ، ގްރުޕް ސީން މެކްސިކޯ، ވެނެޒުއެލާ އަދި ގްރޫޕް ޑީން އާޖެންޓީނާ އަދި ޕެނަމާ  ވަނީ މޮޅެއް ހޯދާފައެވެ. ގްރޫޕް ބީ ގެ ބްރެޒިލަށް ފުރަތަމަ މެޗުން އިކުއެޑޯ އާއި އެއްވަރު ކޮށްގެން ހޯދުނީ 1 ޕޮއިންޓެވެ.

މިމުބާރާތުގައި އާއްމުކޮށް ކުޅެނީ 12 ޓީމެވެ. މީ 16 ޓީމު ކުޅެ ފުރަތަމަ ފަހަރެވެ. މުބާރާތް ކުރިން ނިސްބަތް ވަނީ ދެކުނު އެމެރިކާ އަށް ނަމަވެސް މިމުބާރާތުގެ ނަމަށް “ކޮޕާ އެމެރިކާ ސެންޓެނާރިއޯ” ހިމަނައިގެން މިހާރު މިވަނީ ނޯތް އަދި ސެންޓްރަލް އެމެރިކާގެ 6 ޓީމު ހިމަނައިފައެވެ.

އެންމެ ދުވަސްވީ ސަރަހައްދީ ފުޓުބޯޅަ މުބާރާތަށް، މިއަހަރު މިވަނީ 100 އަހަރު ވެފައެވެ. 1016 ވަނަ އަހަރުން 2016 އަށެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ 15 ފަހަރު މުބާރާތް ކާމިޔާބު ކޮށްގެން އުރުގުއޭ އެވެ. އަދި 14 ފަހަރު ކާމިޔާބުކޮށްގެން އާޖެންޓީނާއެވެ. ބްރެޒިލަށް މިމުބާރާތް ކާމިޔާބު ކުރެވިފައި ވަނީ 8 ފަހަރުއެވެ.


ކިޔުންތެރިންގެ ޚިޔާލު