A wide advertisement which will be shown on all devices. (700 x 100)

ކްއާޓަރ ފައިނަލުގެ ފުރަތަމަ ޓީމަކަށް ކޮލަމްބިއާ

މުބާރާތުގެ ފުރަތަމަ މެޗް ފެށުމަށް ކޮލަމްބިއާގެ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް އަދި އެމެރިކާގެ ކެޕްޓަން ބްރެޑްލީ ތައްޔާރުވަނީ: ފޮޓޯ: ވީޑިއޯ ކެޕްޗަރ

މިއަދު ހެނދުނު ކުޅެވުނު، ކޮޕާ އެމެރިކާ ސެންޓެނާރިއޯގެ ގްރޫޕު އޭގެ ދެމެޗް ނިމުނު އިރު ކްއާރޓަރ ފައިނަލުގެ ޖާގައެއް ކާމިޔާބުކުރި
ފުރަތަމަ ޓީމަށް ކޮލަމްބިއާ ވެއްޖެއެވެ. މިއަދު ހެނދުނު ޕެރަގުއޭ އާއި ބައްދަލުކޮށް 2-1ން މެޗް ކާމިޔާބު ކުރުމުން، ކުޅުނު ދެމެޗުން މޮޅުވެ ކުއާރޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުވީއެވެ.

ކޮލަމްބިއާއަކީ ފާއިތުވި އަހަރުގެ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޓީމެކެވެ. އެމުބާރާތުން މަޝްހޫރުކަން ހޯދި ހެމޭސް ރޮޑްރިގޭޒް އާއި ކީޕަރު އޮސްޕީނާ އަދި މީޑްފިލްޑަރ ކްއާރޑްރާޑޯ ވަނީ ޔޫރަޕުގެ ބޮޑެތި ޓީމުތަކުން ޖާގަ ހޯދާފައެވެ.

އެމެރިކާގެ ކެލިފޯނިއާގެ ރޯސް ބޯވްލް ސްޓޭޑިއަމުގައި ކުޅެވުނު މިމެޗުގައި ކޮލަމްބިއާގެ ކާލޯސް ބަކާ (ޖ.7) ފުރަތަމަ ގޯލެއް ޖަހައި ކުރި ހޯދީ މެޗުގެ ކުރީ ކޮޅުގައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަމޭސް ރޮޑްރިގޭޒް (ޖ.10) ގޯލެއް ޖަހައި ނަތީޖާ 2-0 ބަދަލުކުރި އެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން ޕެރަގުއޭއިން ގޯލެއް ޖަހައި 2-1ށް ތަފާތު ކުޑަ ކުރިއެވެ.

މެޗުގައި ޕެރަގުއޭގެ ކުޅުންތެރިއަކަށް ރަތްކާޑު ދައްކައި، އެޓީމު 10 ކުޅުންތެރިންނާއިއެކު ކުޅުނުކަމުގައި ވިޔަސް ގިނަ ހަމަލާތަކެއް އިދިކޮޅު ގޯލަށްދީ ނުރައްކާ ކުރިއެވެ.  

ރޭ ފަތިހު ކުޅެވުނު އޭ ގްރޫޕުގެ އަނެއް މެޗު އެމެރިކާ ޓީމުން ވަނީ ކޮސްޓަރިކާ ކޮޅަށް 4 ލަނޑު ޖަހައި ކްއާރޓަރ ފައިނަލުގެ އުއްމީދު އާލާކޮށްފައެވެ. އެމެރިކާ ޓީމުވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ކޮލަމްބިއާ އަތުން 2-0 ން ބަލިވެފައެވެ.

މިގްރޫޕުން ކްއާޓަރ ފައިނަލަށް ފައިނަލަށް ދާން އެމެރިކާ އަށް ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. އެއީ އެޓީމު ވާދަ ކުރަން ޖެހޭ ޕެރެގުއޭ އަށް ލިބިފައިވަނީ 1 ޕޮއިންޓު ކަމަށް ވުމުނެވެ. އެމެރިކާ އަށް މޮޅަކާއެކު 3 ޕޮއިންޓ ލިބިފައި ވުމުންވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !