16 އޮކްޓޯބަރ 2019 ( ބުދަ )

banner

ފުވައްމުލައް ސިޓީ ކައުންސިލްގެ ބެޑްމިންޓަން މުމާރާތް 2019 ފެށުން

ފުވައްމުލައް ސިޓީ ކައުންސިލުގެ ފުރަތަމަ ބެޑްމިންޓަން މުބާރާތް 2019 ފަށައިފި

ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2019 ގެ ކުޅުން ފެށިގެން ކުރިޔަށް އެބަ ދެއެވެ. މިމުބާރާތް ކުޅުން އޮންނަނީ އެމްއެންޑީއެފް-ފުވައްމުލައް އިންޑޯރ ބެޑްމިންޓަން ކޯޓުގައެވެ. ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފުވައްމުލައް ސިޓީ ކައުންސިލްގެ ރިކްރިއޭޝަން އާއި ފުވައްމުުލައް ޑައިވް ސްކޫލުގެ ޓީީމެވެ.

މި މެޗު 3 5 ގޭމް 2 ގޭމް އިން ކާމިޔާބުކުރީ ފުވައްމުލައް ސިޓީ ކައުންސިލްގެ ރިކްރިއޭޝަން ގެ ޓީމެވެ. ޓީމު އުސޫލުން ކުޅޭ މިމުބާރާތުގައި އަންހެން އަދި ފިރިހެން ޑަބަލްސް ގޭމުތަކުގެ އި ތުރުން މިކްސްޑް ޑަބަލްސް ގޭމްތައް ވެސް ކުޅެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ބެޑްމިންޓަން މުމާރާތް 2019 ފެށުމުގެ ރަސްމިއްޔާތު

މުބާރާތުުގެ 2 ވަނަ މެޗުގައި ވާދަކުރީ ފުވައްމުލައް ހޮސްޕިޓަލްގެ ޓީމާއި ލިޓަސް ފުވައްމުލައް ޓީމެވެ.

ފުވައްމުލައް ޑައިވް ސްކޫލްގެ ބެޑްމިންޓަން ޓީމު

މުބާރާތުގެ 3 ވަނަ މެޗުގައި ފުވައްމުލައް ހޮސްޕިޓަލް ޓީމާއި ފުވައްމުލައް ޑައިވް ސްކޫލް ބައްދަލުކުރި މެޗު 4 ގޭމް 3 ގޭމް އިން މޮޅުވީ ފުވައްމުލައް ހޮސްޕިޓަލްގެ ޓީމެވެ.

ބެޑްމިންޓަން މުބާރާތް 2019: 3 ވަނަ މެޗުން 4-3ން މޮޅުވީ ހޮސްޕިޓަލްގެ ޓީމު



ކިޔުންތެރިންގެ ޚިޔާލު