A wide advertisement which will be shown on all devices. (700 x 100)

ޔޫރޯ ފުޓުބޯޅަ މުބާރާތް 2016 މިރޭ ފެށެނީ

ފްރާންސްގައި މިރޭ ފެށޭ ޔޫރޯ2016 އަދި ފާއިތުވވި 4 އަހަރުގެ ޔޫރޯ ލޯގޯތައް

ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތް، ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް 2016، ނުވަތަ ޔޫރޯ 2016 ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މިރޭގެ މެޗުގައި ވާދަކުރާނީ މުބާރާތް ބޭއްވޭ ފަރާންސާއި ރޫމޭނިއާ ބައްދަލުކުރާ މެޗެވެ. މިމުބާރާތް ރާއްޖެ ޓީވީ އާއި މީޑިއާ ނެޓް ގުޅިގެން އެޗްޑީކޮށް މުޅި ރާއްޖެއަށް ދެއްކުމުގެ އެކްސްކުލުސިވް ރައިޓްސް ހޯދާފައިވާ ކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.

ނަމަވެސް ޕީއެސްއެމްގެ ‘ޔެސްޓީވީ’ން ވެސް މުޅި ރާއްޖެއަށް މިމުބާރާތް ދައްކާނެ ކަމަށް އެފަރާތުން ވަނީ ހާމަކޮށްފައެވެ. މިމުބާރާތަކީ ރާއްޖޭގެ ގިނަބަޔަކު ޝައުގުވެރިވާ މުބާރާތެކެވެ.

ޔޫއެފާ ޔޫރޯގެ ތައާރަފެއް

ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ނަން 3 ގޮތަކަށް ބޭނުންކުރެއެވެ. އެއި ޔޫއެފާ ޔޫރޯ އަދި ފަސޭހަކޮށްލުމުގެ ގޮތުން ޔޫރޯ 2016 މިގޮތެވެ. ނަމަވެސް ކުރިން މިމުބާރާތަށް ކިޔަމުން އައީ ޔޫއެފާ ޔޫރަޕިއަން ނޭޝަންސް ކަޕް އެވެ. މިހާރުގެ ގޮތަށް، “ޔޫއެފާ ޔޫރޯ (އަހަރު)” ނަން ބަދަލުކުރީ 1968 ން ފެށިެގންނެވެ.

މިމުބާރާތުގެ ޚިޔާލު ފުރަތަމަ 1927ގައި، ގެނައީ ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަން އަދި ޔޫއެފާގެ ފުރަތަމަ ސެކެރެޓަރީ ޖެނެރަލް ހެންރީ ޑިލައުނީ އެވެ. މުބާރާތުގެ ފެށިގެން އައީ އޭނާ ނީޔާވިތާ 5 އަހަރު ފަހުން 1960 ގައެވެ. އެފަހަރު މުބާރާތުގައި ޑިލައުނީ އަށް ޝަރަފު ދިނުމުގެ ގޮތުން ތަށި ދީފައިވަނީ އޭނާގެ ނަން ހިމަނައިގެންނެއެވެ.

ސަތާރަ ޓީމު ކޮލިފައިންގައި ބައިވެރިވެ، ފަހު ބުރުގައި 4 ޓީމު ވާދަކުރި އެމުބާރާތުގެ ކުއަރޓަރ ފައިނަލަށް ސްޕެއިން ޓީމު ރަޝިއާ (ޔޫއެސްއެސް އާރު)އާއި ދެކޮޅަށް ކުޅެން ހާޒިރުނުވީ އާއްމުންގެ ސިޔާސީ ޕްރެޝަރާއި ހެދިއެވެ.

ފައިނަލުގައި ޔުގޮސްލާވިއާ 2-1ން ބަލިކޮށް ޗެމްއިއަންކަން ހޯދީ ސޮވިއެޓް ޔޫނިއަންއެވެ. އެމުބަރާތުގެ ތެރޭގައި ބައެއް ޓީމުތަކުން ( އިނގިރޭސިވިލާތް، އިޓަލީ، ނެދަރލޭންޑް، ހުޅަނގު ޖަރުމަނުން) ވަކިވީ ޔޫރަޕްގައި އޭރުއޮތް ސިޔާސީ ހަލަބޮލިކަމުގެ ސަބަބުންނެވެ.

މުބާރާތުގެ ފަހުބުރުގެ ޓީމުތަކުގެ އަދަދު ބަދަލުގެނައުން

ޔޫރަޕް ބައްރުގެ ޓީމުތައް ވާދަކުރާ ގޮތަށް ކޮންމެ 4 އަހަރުން އެއްއަހަރު ބާއްވަމުން އަންނަ މިމުބާރާތް ބާއްވާ މިއީ 15 ވަނަ ފަހަރެވެ. މުބާރާތުގެ ފަހު ބުރު 4 ން 8 ށް ބަދަލުކުރީ 1980ގައެވެ. އަދި އެއިގެ ފަހުން 1996 ގައިވަނީ 16 ޓީމަށް ބަދަލުކޮށްފައެވެ. މިއަހަރު (2016) މީއީ 24 ޓީމު ފަހު ބުރުގައި ވާދަކުރާ ގޮތަށް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

ކޮލިފައިވުން

މުބާރާތުގެ ފަހު ބުރަށް  ކޮލިފައިވަނީ ޔޫރަޕުގެ 53 ގައުމީ ޓީމު 9 ގްރޫޕަކަށް ބަހާލައި އެއިގެތެރެއިން 8 ގްރޫޕްގައި، ކޮންމެ ގްރޭޕެއްގައި 6 ޓީމު އަނެއް  ގްރޫޕުގައި 5 ޓީމު، ހިމަނައިގެންކުޅެވޭ ކޮލިފައިން މެޗުތަކަކުންނެވެ.

މި53 ޓީމު 23 ޖާގައަށް ވާދަކުރާ ގޮތަށް ކުޅެވޭ ކޮލިފައިން މެޗުތައް ކުޅެވެނީ ހޯމް އެން އަވޭ އުސޫލުންނެވެ. ކޮލިފައިން ގައި ކޮންމެ ގްރޫޕަކުން 1 ވަނަ އަދި 2 ވަނައަށް ދާ ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށެވެ. މިގޮތުން 9*2=18 ޓީމު ކޮލިފައިވާނެއެވެ.

ހުރިހާ ގްރޫޕެއްގެ 3 ވަނައިގެ ތެރެއިން، ކޮންމެ ގްރޫޕެއްގެ ވެސް ފުލަށް ދާ ޓީމު ނުހިމަނައި ހިސާބުކުރުމުން އެންމެ މޮޅު 3 ވަނައެއް ލިބޭ ޓީމުވެސް އޮޓޮމެޓިކުން ކޮލިފައިވާނެއެވެ. އަދި ބާކީ 4 ޖާގައަށް އަނެއް 8 ގްރޫޕުގެ 3 ވަނަ ޓީމުތައް ހޯމް އެންޑް އަވެ އުސުލުން 2 ލެގް ގެ މެޗު ކުޅެގެން މޮޅުވާ 4 ޓީމަކަށް ފައިނަލް ބުރުން ޖާގަ ލިބެއެވެ. އަދި މުބާރާތް ބާއްވާ ގައުމުގެ ގޮތުން 1 ޓީމަށް (މިފަހަރު ފްރާންސަށް) ޖާގަ ލިބެއެވެ. ފްރާންސަށް މިފަހަރުގެ ޔޫރޯ ބާއްވަން ފުރުސަތު ލިބުނީ ބިޑިންގައި ނެގި ވޯޓުން 6-7ން ކާމީޔާބު ހޯދައިގެންނެވެ.

ދެން އަންނަ ޔޫރޯ 2020

ދެންއަންނަ ޔޫރޯ 2020 އަށް ތުރުކީއާއި އެކު 3 ބިޑެއް ހުށަހަޅާފައ ވެއެވެ. ނަމަވެސް ދެން ބާއްވާ ޔޫރޯ 2020 ބާއްވާނީ ޔޫރަޕުގެ އެކިގައުމުތަކުގެ އކި ސިޓީތަކުގައި ކަމަށް ޔުއެފާއިން ވަނީ ނިންމާފައެވެ. (ނުނިމޭ)

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !