A wide advertisement which will be shown on all devices. (700 x 100)

އޭޝިއާ ޖޫނިއާ ކުރިކެޓު މުބާރާތަށް އެކުލަވާލި ގައުމީ ކުރިކެޓު ޓީމުގައި ފުވައްމުލަކު 3 ކުޅުންތެރިން

މިމަހު 18 އިން 29 އަށް އޮމާންގައި ކުރިއަށްދާ އޭޝިއާ ކުރިކެޓު ކައުންސިލް 16 އަހަރުން ދަށުގެ ވެސްޓް ރީޖަން ޓޯނަމަންޓްގައި ވާދަކުރުމަށް ރާއްޖެއިން އެކުލަވާލި ޖޫނިއާ ގައުމީ ސްކޮޑުގައި ފުވައްމުލަކުގެ 3 ކުޅުންތެރިން ހިމެނިއްޖެއެވެ. ފުވައްމުލަކު ކުރިކެޓު އެކަޑަމީއިން ތަމްރީނުވެފައިވާ 3 ކުޅުންތެރިންނަކީ މުހައްމަދު ނޫހު ނިޒާމާއި އިބްރާހިމް އައިކަލް މުހައްމަދާއި މަބުސަރު އަބްދުﷲ އިބްރާހީމެވެ.

މިމުބާރާތުގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ހިމެނިފައިވަނީ ގުރޫޕު ބީގައެވެ. ގުރޫޕު ބީގައި ހިމެނެނީ ރާއްޖޭގެ އިތުރުން އޮމާނާއި ކުވައިތާއި ގަތަރެވެ. ރާއްޖެ ބައްދަލުކުރާ ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމު ނިކުންނާނީ މިމަހު 18 ވަނަ ދުވަހު ގަތަރާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި މިމަހު 24 ވަނަ ދުވަހު އޮމާނާއި ދެކޮޅަށް ރާއްޖޭގެ ޓީމު ނިކުންނައިރު ގުރޫޕުގެ ފަހު މެޗުގައި ރާއްޖެ ވާދަކުރަން ޖެހޭނީ މިމަހު 26 ވަނަ ދުވަހު ކުވައިތާއެވެ. މިމުބާރާތުގެ ސެމީ ފައިނަލް އޮންނާނީ 28 ވަނަ ދުވަހު އޮންނައިރު ފައިނަލް މެޗު ކުޅޭނީ ޖެހިގެން އަންނަދުވަހުއެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !