6 އޭޕްރީލް 2020 ( ހޯމަ )

banner

ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަން ޓީމު. އެފްސީސީ ރިކްރިއޭޝަން ކްލަބު

ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެފްސީސީ ރިކްރިއޭޝަން ކްލަބަށް

ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2019 ގެ ޗެމްޕިއަންކަން ފުވައްމުލައް ސިޓީ ކައުންސިލް ރިކްރިއޭޝަން ކްލަބު (އެފްސީސީ ރިކްރިއޭޝަން ކްލަބް) ހޯދައިފިއެވެ. އިއްޔެ އާއި ރޭ ކުޅުން މުބާރާތުގެ ފައިނަލް މެޗުގައި ވަރުގަދަ ކުޅުމަކަށްފަހު އެފްސީސީ ރިކްރިއޭޝަން ކްލަބުން ވަނީ 4 ޓައި 3 ޓައިން ފުވައްމުލައް ހޮސްޕިޓަލް ޓީމުގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ކާމިޔާބުކޮށްފައެވެ.

ފައިނަލް މެޗުގެ ޝަރަފްވެރި މެހުމާނު ދެޓީމުގެ ކުޅުންތެރިންނާއި ސަލާމް ކުރައްވަނީ

ގްރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލު ކުރި މެޗު 4 ޓައި 3 ޓައި އިން ކާމިޔާބު ކުރީ ފުވައްމުލައް ހޮސްޕިޓަލް ޓީމެވެ. އެހެން ނަމަވެސް މިމުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އައީ އެފްސީސީ ރިކްރިއޭޝަން ކްލަބު ކަމަށް ބެލުން ތެރިން ވެސް ދެބަހެއް ނުވެއެވެ.

ފައިނަލް މެޗުން 4-3ން މޮޅުވީ އެފްސީސީ ރިކްރިއޭޝަން ކްލަބު

ގިނަ އަދަދެއްގެ މީހުން ކުޅި ބަލަންދިޔަ ރޭގެ ފއިނަލް މެޗަށްފަހު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުން، ޓްރޮފީ އަދި މެޑެލް ދިނުން އޮތެވެ. މުބާރާތުގެ ޗެމްޕިއަން މަށް 7000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިންމު ހަވާލުކޮށްދީފައި ވެއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެފްސީސީ ރިކްރިއޭޝަން ކްލަބުން އުފާފާޅު ކުރަނީ


ކިޔުންތެރިންގެ ޚިޔާލު