22 ޖެނުއަރީ 2020 ( ބުދަ )

16އ. ދަށުގެ ޗެމްޕިްކން ކަން ޏ.އޭއީސީ

އިންޓަރ ސްކޫލް 16އ. ދަށުގެ ކުރިކެޓް ޗެމްޕިއަންކަން ޏ.އޭއީސީން ހޯދައިފި

ފުވައްމުލަކު ސްކޫލްތަކުގެ މެދުގައި ބޭއްވުނު 16 އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގެ ޗެމްޕއިންކަން ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުން ހޯދައިފިއެވެ. ޏ.އޭއީސީގެ ޓީމު މުމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން  މޮޅުވެގެންނެވެ.

މުބާރާތުގެ ފައިނަލު މެޗުގައި ޏ.އޭއީސީގެ ޓީީމު މޮޅުވީ މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އާއި ވާދަކޮށް ފަސޭހަކަމާއެކުގެއެވެ.

16އ. ދަށުގެ ރަނަރަޕް ޓީމު އެމްޖޭއެސް

މުބާރާތުގެ ފައިނަލް މެޗުގައި ޏ.އޭއީސީ ޓީމުގެ ކެޕްޓަން ޔަނީއު ވަނީ މިހާތަނަށް ރާއްޖޭގައި އެންމެ އަވަހަށް، ހާފް ސެންޗަރީ ހެދުމުގެ ޝަރަހު ހޯދާފައެވެ. އޭނާ ވަނީ 13 ބޯޅައިން 50 ލަނޑު ހަދައި ކުރިކެޓް ތާރީޚުން ޖާގަ ހޯދާފައެވެ. މިމެޗުގައި އޭނާ ވަނީ ނުބައިނުވެ 77 ލަނޑު ހަދާދީފައެވެ. އެއީ 20 ބޯޅައިން 8 ފަހަރު 6 ކަށް އަދި 6 ފަހަރު 4 ކަށް ޖަހައިގެންނެވެ.

މިމެޗު ގައި ޓޮސް ލިބިގެން އެމްޖޭއެސް ޓީމު ބެޓްކުރަން އަރާ އެންމެން ނުބަިއވެގެން ހެދުނީ 99 ލަނޑެވެ. އޭގެ ރައްދުގައި ޏ.އޭއީސީގެ ޓީމުން ކުޅެން ނިކުމެ ފަސޭހަކަމާއެކު މެޗުން މޮޅުވީ އެޓީމުގެ ކެޕްޓަން ޔާނީއުގެ މޮޅު ކުޅުމުންނެވެ.

މުބާރާތުގެ ރަނަރަޕް ޓީމަކީ އެމްޖެއެސް ޓީމެވެ. އަދި 3 ވަނަ ޓީމަކީ ހާފިޒް އަހުމަދު ސްކޫލްގެ ޓީމެވެ.

ޗެމްޕިއަން ޓީމަށް ޓްރޮފީއައި އިނާމު ހަވާލުކޮށްދެއްވީ ޏ.އޭއީސީގެ ޑެޕިއުޓީ ޕްރިންސިޕަލް އީނާސް އަލީ އެވެ. ރަނަރަޕް ޓީމަށް އިނާމ ހަވާލުކޮށް ދެއްވީ އެމްޖޭއެސް ބެލެނިވެރިއެއް ކަމަށްވާ ތާހިރާ އެވެ.

3 ވަނަ ޓީމަށް އިނާމު ދެއްވީ ހޭޒްގެ ސްޕޯރޓްސް ސްޕވައިޒަރ ސަރާހް ވަހީދެއެވެ.

ފުވައްމުލަކުގެ ޒުވާއް ކުރިކެޓް ދެ ކުޅުންތެރިން

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައި ވަނީ:

އަހުމަދު ޒާދު – ޏ.އޭއީސީ ޓީމު

އަލީ ޔަނީއު – ޏ.އޭއީސީ ޓީމު

މުހައްމަދު ހައިކަލް – ޏ.އޭއީސީ ޓީމު

މުހައްމަދު ރިއާން – ޏ.އޭއީސީ ޓީމު

މުހައްމަދު ޖައުޝަން

އަޙުމަދު އާއިން

މި މުބާރާތުގައި ކުޅުނު ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިން ވެސް ހޮވާފައި ވެއެވެ.

އެމްޖޭއެސް  އާއި ޏ.އޭއީސީ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ: އަލި ޔަނީއު

ޏ.އޭއީސީ އާއި ހޭޒް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ: އަހުމަދު ޒާދު

ޏ.އޭއީސީ އާއި އެމްޖޭއެސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ: އަޙުމަދު އާއިން

ހޭޒް އާއި އެމްޖޭއެސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ: މުހައްމަދު ޖުޝާން

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ: އަލި ޔަނީއު ޏ.އޭއީސީ ޓީމު

ފުވައްމުލަކުގެ ކްރިކެޓަށް ބެލެނިވެރިންނާއި ސްކޫލްތަކުން ވަރަށް ފުރިހަމަ އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބެމުން އަންނަކަން ކްރިކެޓް ފުވައަމުލައް އިން ފާހަގަ ކުރެެއެވެ.

ފުވައްމުލަކުގައި ކާމިޔާބުކަމާއެކު ކްރިކެޓް ކުރިއަރައިގެން ދާކަން ހާމަވަނީ މިހާރުވެސް ރާއްޖޭގެ ގައުމީ 16 އަހަރުން ދަށުގެ ކްރިކެޓް ޓީމުގައި ފުވައްމުލައް ސިޓީގެ 3 ކުޅުންތެރިން ހިމެނިފައިވުމެވެ. އެގޮތުން 16 އަހަރުން ދަށުގެ 3 ކުއްޖަކު ވަނީ ގައުމީ ކްރިކެޓް ޓީމާއެކު އޮމާނުގައި ކުޅެ މެޗުތަކުގައި ބައިވެރިވުމަށް ރަށުން ފުރާފައެވެ.

އަދި އަންނަ ޑިސެމްބަރު މަހުގައި އެކުލަވާލާ ރާއްޖޭގެ ފުރަތަމަ ގައުމީ އަންހެން ކްރިކެޓް ޓީމުގައި ފުވައްމުލައް ސިޓީގެ ގިނަ ކުޅުންތެރިންތަކެއް ހިމެނިގެން ދާނެކަމަށް ފުވައްމުލައް-ކްރިކެޓް އިން އުއްމީދުކުރެއެވެ.

ފުވައްމުލަކުގައި ކްރިކެޓް ކުރިއެރުވުމަށް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން



ކިޔުންތެރިންގެ ޚިޔާލު