A wide advertisement which will be shown on all devices. (700 x 100)

އުނދަގޫ މެޗަކަށްފަހު އެމެރިކާއަށް ގްރޫޕްގެ އެއްވަނަ.

އެމެރިކާ ޓީމުގެ ކްލިން ޓްްޑެމްސީ ބޯޅަ ކުރިއަށް ފޮނުވާލަނީ. ފޮޓޯ: ގެޓީ އިމޭޖްސް

މިއަދު ކުޅުނު ކޮޕާ އެމެރިކާ ސެންޓެނާރިއޯ 2016 ފުޓުބޯޅަ މުބާރާތުގެ އޭ ގުރޫޕުގައި އުނދަގޫ މެޗަކަށްފަހު ޕެރަގުއޭ 1-0 ން ބަލިކޮށް އެމެރިކާއިން ގުރޫޕްގެ އެއް ވަނަ ހޯދައިފިއެވެ. މިމެޗުގައި އެމެރިކާ ޓީމަށް ޕްރެޝަރު ބޮޑުވި އެއްކަމަކީ ފަހުހާފު ފެށިގެންނާއެކު އެޓީމުގެ ކުޅުންތެރިއަކަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުން 10 ކުޅުންތެރިންނާއެކު މެޗު ފުރިހަމަ ކުރަން ޖެހުމެވެ.

އެމެރިކާ ޓީމަށް ފުރަތަމަ ހާފުގެ ކުރީ ކޮޅު ގޯލް ކާމިޔާބުކޮށް ދިނީ އެޓީމުގެ އުއްމީދު ކަމުގައިވާ ކްލެންޓް ޑެމްސީ (ޖ.8) އެވެ. ލިންކަން ފައިނޭންޝިއަލް ފިލްޑްގައި 51000 މީހުން ކުރިމަތީ މިމެޗުގައި ގިނަވަގުތު ބޯޅަ ގެންގުޅުނީ ޕެރަގުއޭ ޓީމުންނެވެ. އެމެރިކާއަށް ބޯޅަ ގެންގުޅެވިފައި ވަނީ %35 އެވެ. އެމެރިކާ ޓީމަށް ގުރޫޕުގެ އެއްވަނަ ލިބެނީ ފަހު ދެމެޗުން މޮޅުވެގެން ލިބުނު 6 ޕޮއިންޓާއި ފައިދާ 3 ގޯލުންނެވެ. ކުއާރޓާރ ފައިނަލުގައި އެމެރިކާ ބައްދަލުކުރަން ޖެހޭނީ ގުރޫޕް ބީގެ ދެވަނަ ޓީމާއެވެ.

މިމެޗުން މޮޅުވެގެން ކުއާރޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު ޕެރަގުއޭ ޓީމަށް ވެސް އޮތެވެ. ނަމަވެސް ކޮޕާ އެމެރިކާ 2015ގެ ސެމީ ފައިނަލުގައި އާރޖެންޓީނާ އަތުން ބަލިވި ޕެރަގުއޭ މިފަހަރު ގްރޫޕް ސްޓޭޖުން މުބާރާތާއި ވަކިވީއެވެ.

މިގްރޫޕުގައި މިއަދު ކުޅުނު އަނެއް މެޗުގައި ކޮސްޓަރިކާ މޮޅުވީ ކޮލަމްބީއާ ގެ މައްޗަށް 3-2ން ކުރި ހޯދައިގެންނެވެ. މިމެޗަށް ނިކުތް އިރު ކޮލަމްބިއާއަށް ކުރިން ކުޅުނު ދެމެޗުން މޮޅުވެގެން 6 ޕޮއިންޓް ލިބިފައި ވީނަމަވެސް ގްރޫޕުގެ އެއްވަނަ ހޯދުމަށް މެޗު މުހިންމުވިއެވެ. ނަމަވެސް 3-2ން ބަލި ވުމުން ގުރޫޕްގެ ދެވަނަ ލިބެނީ 6 ޕޮއިންޓާއި ފައިދާ 2 ގޯލުންނެވެ. އެޓީމަށް ކުއާރޓަރ ފައިނަލުގައި ބައްދަލުކުރަން ޖެހޭނެކަމަށް ބޮޑަށް ބެލެވެނީ ބްރެޒިލާއެވެ.

މިމުބާރާތުގައި މިރޭ ފަތިހު ކުޅެވޭނީ ގްރޫޕް ބީގެ ދެމެޗެވެ. ފުރަތަމަ މެޗުގައި އިކުއެޑޯ އާއި ހެއިޓީ ބައްދަލުކުރާއިރު ހެއިޓީ ވަނީ މުބާރާތުން ކަޓާފައެވެ. އަދި އިކުއެޑޯއަށް މެޗުން މޮޅުވެގެން ގްރޫޕުގެ 1 ވަނަ ވެސް ލިބިދާނެއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ބްރެޒިލާއި ޕެރޫއެވެ. ޕެރޫ އައި ބްރެޒިލަށް ވެސް 4 ޕޮއިންޓް ލިބިފައިވާއިރު މިމެޗުން މޮޅުވާ ބަޔަކަށް ކުރިޔަށް ދިއުމުގެ ފުރުސަތު ބޮޑެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !