16 ނޮވެމްބަރ 2019 ( ހޮނިހިރު )

ޗެކްރިޕަބްލިކްގެ ކީޕަރު ޕީޓަރ ޗެކުގެ މޮޅުކުޅުމާއެކު ގޯލެއް ބައިކޯލަށް ވަނަ ނުދީ މެޗުގެ 87 މިނިޓް ހިފަހައްޓާލެވުނު. ފޮޓޯ: ޔޫއެފާ

ބޮޑު ޓީމުތަކުން މިރޭ މޮޅެއް ހޯދި

ޔޫރޯ 2016ގައި މިރޭ ކުޅުނު 3 މެޗުން ބޮޑު ދެޓީމު ކަމަށްވާ އިޓަލީއާއި ސްޕޭން މޮޅުވިއިރު އަޔަލޭންޑާއި ސްވިޑްން މެޗު ނިމުނީ 1-1ން އެއްވަރު ވެގެންނެވެ. އަލަށް ކުރިއަރުމުން އަންނަ ބެލްޖިއަމް ޓީމުން އިޓާލީއަށް ވަރުގަދަ ފައިޓެއް ދިން ނަމަވެސް އިޓަލީގެ ޒަމާންވީ ދިފާއީ ކުޅުން ފޫދުއްވާލެވޭ ގޮތެއް ނުވެ މެޗުނިމުނީ ބެލްޖިއްމަ 0-2 ން ބަލިވެގެންނެވެ. އެންމެ ފަހުގެ ޗެމްޕިއިން ސްޕެއިންގެ ވަރުގަދަ ކުޅުން ޗެކްރިޕަބްލިކަށް ހިފަހާއްޓާލެވުނީ މެޗުގެ 87 ވަނަ މިނިޓާއި ހަމައަށެވެ. އެމެޗު ނިމުނީ 1-0ން ސްޕޭން މޮޅުވެގެންނެވެ.

މިރޭގެ ބޮޑު މެޗު: އިޓާލީ 2-0 ން ކާމިޔާބުކުރި

ފްރާންސްގެ ލިއޮންގައި ކުޅެވުނު މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ބެލްޖިއަމުން މޮޅަށް ކުޅުނު ކަމުގައި ވިޔަސް އިޓަލީގެ ވަރުގަދަ ޑިފެންސް ލައިނުގެ ކުރިމަތީ ކާމިޔާބު ހޯދޭގޮތެއް ނުވިއެވެ. ކައުންޓާރ އެޓޭކްގައި އިޓާލީގެ ޖިއާއްޗެރިނީ ފުރަތަމަ ހާފުގައި ގޯލެއް ކާމިޔާބުކުރިއެވެ. ބެލްޖިއަމްގެ ކެޕްޓަން ހަޒާޑް އަދި ޑިބްރޭނާ އާއި ލުކާކޫ އަށް އެމީހުން ކޮޅަށް މެޗު އަނބުރާނުލެވި ނިމެން ދަނިކޮށް އިތުރު ވަގުތުގައި އަނެއްކާވެސް ކައުންޓަރ އެޓޭކްގައި އިޓާލީގެ ރަސްމީ ފޯވަޑް ޕެލޭގެ ހިތްގައިމު ގޯލަކާއެކު ނަތީޖާ 2-0 ށް ބަދަލުކޮށްލިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިޓާލީގެ ފުރަތަމަ ގޯލު ކާމިޔަބުކޮށްދީ ދެވަނަ ގޯލަށް އެހީތެރިވި ޖިއާއްޗެރިނީ (ޖ.23) އެވެ.

މިދެޓީމު ކުރިން ބައްދަލުކުރި 10 ފަހަރުގެ ތެރެއިން އިޓާލީއަށް 5 މޮޅު އަދި ބެލްޖިއަމް މޮޅުވެފައި ވަނީ 2 މެޗުންނެވެ. އަދި 3 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އަޔަރލޭންޑާއި ސްވިޑުން މެޗު 1-1 ން އެއްވަރު

ފްރާންސްގެ ގައުމީ ސްޓޭޑިއަމް ސްޓޭޑް ޑީ ފްރާންސް ގައި އަޔަރލޭންޑާއި ސްވިޑްން ބައްދަލުކުރި މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި އަޔަލޭންޑުން ލީޑުނެގީ ފަހު ހާފުފެށިގެން މާގިނަ އިރުތަކެއް ނުވެއެވެ.

އަޔަލޭންޑްގެ ލަނޑާއެކު ސްވިޑްންގެ ކުޅުން ވަރުގަދަކޮށް އިދިކޮޅު ގޯލަށް ހަމާލާ ދެން ފެށިއެވެ. ސްވިޑްންގެ ކުޅުންތެރިން އަރިމަތިން ނެގި ހުރަހެއް ދިފާއުކުރަން ސިއަރަން ކްލާކް ބޮލުން ޖެހި ބޯޅަ ގޮން ވަނީ އަމިއްލަ ބައި ގޯލަށެވެ. މުޅި މެޗުގައި ބޮޑަށް މަސައްކަތްކުރިތަން ފެނިގެން ދިޔައީ އަޔަލޭންދްގެ ކުޅުންތެރިންނެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަޔަލޭންޑަށް ގޯލު ކާމިޔާބުކޮށްދިން ހޫލަހާން (ޖ.20) އެވެ.

މިދެޓީމު ކުރިން ބައްދަލުކުރި 8 މެޗުގެ ތެރެއިން 4 މެޗުން ސްވިޑްން މޮޅުވެ 2 މެޗުން އެއްވަރުވެ އަދި 2 މެޗުން އަޔަރލޭންޑް މޮޅު ވެފައި ވެއެވެ. ވުމާއެކު މިރޭގެ މެޗު އެއްވަރުވުން ބޮޑު ކާމިޔާބީއެއް ކަމުގައި އަޔަރލޭނޑް ދެކޭނެއެވެ.

މޮޅަށް ކުޅުނު ސްޕެއިނަށް
ފަހު ވަގުތު

މޮޅެއް

ޔޫއެފާ ޔޫރޯ 2016 ގައި މިއަދު ކުޅުނު ގުރޫޕްޑީގެ މެޗު ފަހު ވަގުތު ސްޕެއިނުން ޗެކް ރިޕަބްލިކުގެ މައްޗަށް 1-0 ން ކުރި ހޯދައިފިއެވެ. މެޗު ފެށިގެން ފުރަތަމަ 5 މިނިޓުގައި މެޗު ކޮންޓްރޯލް ޗެކު ޓީމުން ހޯދި ކަމުގައިވިޔަސް، ފާއިތުވި ދެ މުބާރާތުގެ ޗެމްޕިއަން ސްޕެއިނުން މެޗުގެ ތެރެއަށް ވަދެގަނެ މެޗުގެ ބާކީއޮތްބައި އެއްކޮށް ހެން ކޮންޓްރޯލް ކުރިއެވެ.

ފުރަތަމަ ހާފުގައި ސްޕެއިން ޓީމުން 8 ހަމަލާއެއް އިދިކޮޅު ގޯލަށް ފޮނުވާލިއެވެ. ނަމަވެސް އާސެނެލްގެ ކީޕަރ ޕީޓަރ ޗެކުގެ ސޭވް ތަކުން ހާފު ނިންމާލީ ލަނޑެއް ނުޖެހިއެވެ.

މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު އެއްޓީމު ކަމަށްވާ ސްޕެއިނުން ދެވަނަ ހާފުގައި ކުޅުން އިތުރަށް ވަރުގަދަކޮށް މުޅި ޗެކެ ޓީމު ފަހަތަށް ޖައްސާލައި އެޓީމުގެ ފަހަތަށް ބާރު ބޮޑުކުރަން ފެށިއެވެ. މުޅި މެޗުގައި ވެސް އިނިއެސްޓަރ (ޖ.6) އަދި ޑޭވިޑް ސިލްވަރ (ޖ.21) ގެ ކުޅުން މެދުތެރެއިން ފާހަނގަ ވިއެވެ. ސްޕއިންނުން މުޅިން އާ ފޯވަޑްލައިނަކާއެކު ނިކުރތީ ނޮލިޓޯ(ޖ.22) އަދި އަލްވާރޯ މޮރާޓާ (ޖ.7) އާއެކު އެވެ.

މެޗުނިމެން 2 މިނިޓަށްވެފައި ވަނިކޮށް އިނިއެސްޓަރ ނަގައިދިން ހިތްގައިމު ހުރަހެއް ޖެރާޑް ޕީކޭ (ޖ.3) ބޮލުން ގޯލަށް ވައްދާލައިގެން މެޗުން 3 ޕޮއިންޓް ޔަގީން ކުރިއެވެ. މެޗުގެ އިތުރު ވަގުތުގައި ޗެކްގެ ނުރައްކާތެރި ހަމލާއެއް ކީޕަރ ޑެހެއަރ (ޖ.13) މަތަކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އިނިއެސްޓަރ އެވެ. ކޯޗް ޑެލްބޮސްކޭ ހުރީ ޓީމުގެ މޮޅު ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހިފައެވެ.

މެޗުފެށުމުގެ ކުރިން ކޯޗު ބުނެފައިވަނީ ފާއިތުވި ވޯލްޑްކަޕުގައި ކުރިމަތިވި ދަށް ނަތީޖާއިން އިބުރާތް ހާސިލުކުރަން ކުޅުންތެރިންނަށް ނަސޭހަތް ދީފައިވާނެ ކަމަށެވެ. ގްރޫޕް ޑީގައި ކްރޮއޭޝިއާ ވެސް ވަނީ ކުޅުނު މެޗުން މޮޅުވެ 3 ޕޮއިންޓް ހޯދާފައެވެ.

މާދަމާގެ މެޗްތައް

މާދަމާ ކުޅެވޭނީ ގްރޫޕް އެފް ގެ ދެމެޗެވެ. އެއީ ފުރަތަމަ ރޭގަނޑު 9:00 ގައި އޮސްޓްރިއާ އާއި ހަންގޭރީ، އަދި 12:00 ގައި ޕޯޗްގަލް އާއި އައިސްލޭންޑް ބައްދަލުކުރާ މެޗެވެ.


ކިޔުންތެރިންގެ ޚިޔާލު