A wide advertisement which will be shown on all devices. (700 x 100)

ގްރޫޕް ސީގެ އެއްވަނަ މެކްސިކޯ އަށް

އުރުގުއޭ ޖެމެއިކާ ބައްދަލުކުރި މެޗުގައި (3-0) ޖެމެއިކާ ކުޅުންތެރިއެއްގެ އަތުގައި ޖެހިފައި ބައިކޮޅަށް ގޯލެއް ވަން.

މިއަދު ކުޅެވުނު ކޯޕާ އެމެރިކާ ސެންޓެނާރީއޯ 2016 ގެ ގްރޫޕް ސީގެ މެޗުގައި ވާދަވެރިކަން އޮތީ ގްރޫޕުގެ އެއްވަނަ ހޯދުމުގައެވެ. ކުއާރޓަރ ފައިނަލަށް ކޮލިފައިވެފައިވާ ވެނެޒުއެލާ ބައްދަލު ކުރި މެޗުން 1-1 ން އެއްވަރުވުމުން ގްރޫޕުގެ އެއްވަނަ ލިބުނީ މުބާރާތުގައި އެންމެ ކާމިޔާބު އެއް ޓީމު ކަމުގައިވާ މެކްސިކޯއަށެވެ.

މުބާރާތް ފެށުމުގެ ކުރިން އެންމެ ބަލި ޓީމުތަކުގެތެރޭގައި (ޕޮޓް 4) ހިމެނުނު ވެނެޒުއެލާ މެޗުގެ ކުރީ ކޮޅު ގޯލެއް ޖަހައި ލީޑް ނެގިއެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން މެކްސިކޯގެ ޖީސަސް މެނުއަލް ކްރޯނާ (ޖ.6) ގޯލެއް ޖަހައި މެޗު ގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

މުޅި މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ މެކްސިކޯ އިންނެވެ. މެކްސިކޯއަށް ގްރޫޕްގެ އެއްވަނަ ލިބެނީ 2 މޮޅުވެ 1 މެޗުން އެއްވަރުކޮށް ފައިދާ 4 ގޯލާއެކުއެވެ. ވެނެޒުއެލާއަށް ދެވަނަ ލިބެނީ 2 މޮޅުވެ 1 މެޗުން އެއްވަރުކޮށް ފައިދާ 2 ގޯލާއެކުއެވެ.

މިގުރޫޕްގެ ފަހު މެޗުގައި މުބާރާތުން ކަޓާފައިވާ އުރުގުއޭ އާއި ޖެމއެއިކާ ބައްދަލުކުރި މެޗު ނިމުނީ 3-0 ލަނޑުން އުރުގުއޭ މޮޅުވެގެނެވެ.

ގްރޫޕް ސެޓޭޖްގެ ފަހު ދެމެޗުގައި މާދަމާ ބައްދަލުކުރާނީ ކުއާރޓަރ ފައިނަލުން ޖާގަ ލިބިފައިވާ އާޖެންޓީނާއާއި ކަޓާފައިވާ ބޮލީވީއާ އަދި ކްއާރޓަރ ފައިނަލުގެ ޖާގައަކަށް ވާދަކުރަމުން ދާ ޗިލީ އާއި ޕެނަމާއެވެ. މެޗު އެއްވަރުކޮށްގެން ވެސް ކުއާރޓާ ފައިނަލަށް ދިއުމުގެ ފުރުސަތު، މިމުބާރާތުގެ މިހާރުގެ ޗެމްޕިއަނުން ކަމަށްވާ ޗިލީއަށް އެބައޮތެވެ.

ކްއާރޓަރ ފައިނަލުގައި އާޖެންޓީނާ ބައްދަލުކުރާނީ ވެނެޒުއެލާއާއެވެ. މެކްސިކޯ އަށް ބައްދަލު ކުރަންޖެހޭނީ ޗިލީ އާއި ޕެނަމާގެ މެޗުން މޮޅުވާ ޓީމަކާއެވެ. އެމެޗު އެއްވަރުވެއްޖެނަމަ ޗިލީއާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !