16 ނޮވެމްބަރ 2019 ( ހޮނިހިރު )

އިނގިރޭސިވިލާތް އަދި ރަޝިއާ ބައްދަލުކުިރ މެޗަށްފަހު ރަޝިއާ ސަޕޯޓަރުން ހަމަނުޖެހުން ހިންގަނީ. ފޮޓޯ: ބީބީސީ

ރަޝިއާ ޓީމު ޔޫރޯ2016 އިން ވަކިކުރުމުގެ އިންޒާރު ޔޫއެފާ އިން ދީފި

ރަޝިއާ ސަޕޯޓަރުންގެ ފަރާތުން އިތުރަށް ހަމަނުޖެހުން އުފައްދައިފި ނަމަ ޔޫރޯ 2016 މުބާރާތުން ވަކިކުރާނެ ކަމުގެ އިންޒާރު ޔޫއެފާއިން ރަޝިއާ ޓީމަށް ދީފިއެވެ. ހަމައެއާއެކު، އިނގިރޭސިވިލާތާއި ރަޝިއާ ބައްދަލުކުރި މެޗަށްފަހު ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން އެޓީމު ވަނީ 150000 ޔޫރޯ އިން ޖޫރިމައިނާ ކޮށްފައެވެ. މިނިންމުން ޔޫއެފާގައި އެޕީލް ކުރުމުގެ ފުރުސަތު ރަޝިއާއަށް އެބައޮތެވެ.

ރަޝިއާގެ ސްޕޯރޓްސް މިނިސްޓަރު އަދި ފުޓުބޯޅަ ޔުނިއަންގެ ރައީސްކަން ވެސް ކުރައްވާ ވިޓަލީ މުޓްކޯ ވިދާޅުވީ އެއަދަބު މާބޮޑު ކަމަށެވެ. ނަމަވެސް އެމީހުންގެ ފަރާތުން ދެން އެފަދަކަމެއް ނުވާނެ ކަމަށެވެ.

ސަޕޯޓަރުން އެފަދަކަމެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށާއި އަދި އެމީހުން މުބާރާތުން ބޭރުކޮށް ނުލާނެ
ރަޝިއާގެ ކޯޗު މީޑީއާއަށް ބުންޏެވެ.

ނަމަވެސް އިނގިރޭސި މީީޑިއާއިން އެމައްސަލާގައި ރަޝިއާ ހަމައެކަނި ކުށްވެރިކުރާ ކަމަށް ބުނެ ރަޝިއާގެ ފޯވަޑް ކުޅުންތެރިއަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނީ ކޮންމެބައެއްގެ ސަޕޯޓަރުން ވެސް މިފަދަ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު 50-50 ކަމަށެވެ. ނަމަވެސް ހަމައެކަނި ރަޝީއާ ސަޕޯޓަރުން ބަދުނާމު ކުރެވިގެން ދާނީ އިންސާފަކުން ނޫނަކްމަށެވެ.

ޔޫރޯ އާއި ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި އެތައް ސަޕޯޓަރުންނެއް ވަނީ ހައްޔަރުކޮށްފައެވެ. އަދި ބައެއް ސަޕޯޓަރުން ފްރާންސުން ބޭރުކޮށްފައި ވެސް ވެއެވެ. ސަޕޯތަރުން ހިންގާ ހަމަނުޖެހުންތަކާއި ގުޅިގެން އިނގިރޭސި 6 ސަޕޯޓަރަކު ވަނީ ފްރާންސްގައި ޖަލަށް ލާފައެވެ. އަދި މާސޭގައި 3 ދުވަހަށް ދެމިގެން ދިޔަ ހަމަނުޖެހުންތަކުގައި 35 މީހަކަށް އަނިޔާވެފައި ވާއިރު 20 މީހަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ. މީގެތެރޭގައި ވެސް ގިނައީ އިނގިރޭސި ސަޕޯޓަރުންވެ. 

މިގެ ކުރިން 20012 ވަނަ އަހަރުގެ ޔޫރޯގައި ސަޕޯޓަރުންގެ މެދުގައި ހިނަގި ހަމަނުޖެހުންތަކާއި ގުޅިގެން 3 އަހަރާއި ބަޔަށް
ރަޝިއާ

ވަނީ ސަސްޕެންޑްކޮށް އެމުބާރާތުގައި ރަޝިއާގެ ޕޮއިންޓުން 6 ޕޮއިންޓް އުނިކޮށްފައި ވެއެވެ.

ރަޝިއާއާއި ވާދަވެރި ސްލޮވޭނިއާއާއި ބައްދަލުކުރާ މެޗު މިއަދު ކުޅެވޭއިރު ސަލާމަތީ ކަންކަމަށް އިތުރު 4000 ފުލުހުން ފުރާންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ނެރެފައެވެ.


ކިޔުންތެރިންގެ ޚިޔާލު