6 އޭޕްރީލް 2020 ( ހޯމަ )

banner

ބޮޑު ތަފާތަކުން ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމު ބަލިވެއްޖެ

އޮމާންގައި ކުރިއަށްދާ އޭޝިއާ ކުރިކެޓު ކައުންސިލްގެ 16 އަހަރުން ދަށުގެ ވެސްޓް ރީޖަން ޓޯނަމަންޓްގައި ވާދަކުރާ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުން ތަފާތުބޮޑުކޮށް ބަލިވެއްޖެއެވެ. އިއްޔެ ކުޅެވުނު ރާއްޖޭގެ ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ ގަރަތާއި ވާދަކޮށް 223 ލަޑުން (ރަން) އެވެ.

އިއްޔެ މެޗުގައި ޓޮސް ދިމާކޮށް ގަތަރު ޓީމުން ގަސްދުކުރީ ބެޓުކުރާށެވެ. ބެޓުކުރަން ނިކުމެ 35 އޯވަރު ތެރޭ 7 ކުޅުންތެރިން ނުބައިވެގެން 268 ލަޑު ހެދިއެވެ. ދިވެހި ޓީމުން އެންމެ ރަގަޅަށް އުކާފައިވަނީ 3 ވިކެޓުނެގި ހުސައިން ޝާދިންއެވެ.

ޖަވާބުގައި ދިވެހި ޒުވާން ޓީމުން ކުޅުން ނިކުމެ 10 ކުޅުންތެރިން 25 އޯވަރުތެރޭ ނުބައިވެގެން ހަމަކުރެވުނީ އެންމެ 45 ލަޑެވެ. އެންމެ ގިނަ ލަޑު ހަދާފައިވަނީ 18 ލަޑު ހަމަކުރި އަހުމަދު މިފުލާހު އަލީ އެވެ. މިޓީމުގައި ހިމެނުނު ފުވައްމުލަކު ތިން ކުޅުންތެރިންގެ ތެރެއިން 2 ކުޅުންތެރިން ވަނީ އިއްޔެގެ މެޗުގައި ކުޅެފައެވެ. އިއްޔެގެ މެޗުގައި ކުޅެފައިވާ ފުވައްމުލަކު ކުރިކެޓު ޓީމުގެ ކުޅުންތެރިންނަކީ އިބްރާހިމް އައިކަލް މުހައްމަދާއި މަބްސަރު އަބްދުﷲ އިބްރާހީމެވެ.



ކިޔުންތެރިންގެ ޚިޔާލު