16 ނޮވެމްބަރ 2019 ( ހޮނިހިރު )

ކޮޕާ އެމެރިކާ ސެންޓެނާރިއޯ 2016 ގައި ކުޅޭ އާޖެންޓީނާ ޓީމު. ފޮޓޯ: އާޖެންޓީނާ ޓީމު ޓްވިޓަރ

ކޮޕާ އެމެރީކާ ސެންޓެނާރިއީ 2016ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިއަދު ނިމިއްޖެ

ކޮޕާ އެމެރިކާ ސެންޓެނާރިއޯ 2016ގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިއަދު ހެނދުނު ކުޅެފިއެވެ. މިއަދުގެ ފުރަތަމަ މެޗުގައި ޗިލީއާއި ޕެނަމާ ބައްދަލުކޮށް 4-2 ން ކާމިޔާބު ހޯދީ ޗިލީއެވެ. މިހާރުގެ ޗެމްޕިއަން ޗިލީން މެޗު ކާމިޔާބު ކުރުމުން އެޓީމަށް ލިބެނީ ގްރޫޕުގެ ދެވަނައެވެ. މިގްރޫޕުގެ އެއްވަނަ އާޖެންޓީނާ އަށް ލިބެނީ ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓާއެއެކު އެވެ.

ޗިލީ އާއި ޕެނަމާގެ ފަހު މެޗުން މޮޅުވާ ޓީމަކަށް ކްއާރޓަރ ފައިނަލަށް ދެވެން ފުރުސަތު އޮތްއިރު މެޗުގެ ފުރަތަމަ ގޯލު ޖެހީ މިމުބާރާތުގައި މުޅިން އަލަށް ކުޅޭ ޕެނަމާ އިންނެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ ވަރުގަދަ ޗިލީން އެއްވަރުކޮށް އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ލީޑްވެސް ނެގިއެވެ. މިހާފުގައި ޗިލީގެ ދެގޯލު ވެސް ކާމިޔާބުކޮށް ދިނީ ވާގާސް (ޖ،11) އެވެ.

ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ އެލެކްސް ސަންޗޭޒް (ޖ.7) ގޯލެއް ޖެހިއެވެ. އަދި އެއިގެ ފަހުން ޕެނަމާއިން ލަނޑެއް ޖަހާ ތަފާތު ކުޑަކުރި ނަމަވެސް މެޗު ނިމުމުގެ ކުރިން ސަންޗޭޒްގެ ދެވަނެ ގޯލަކާއެކު ނަތީޖާ 4-2ސް ބަދަލުކޮށްލިއެވެ. ކުއާރޓަރ ފައިނަލުގައި ޗިލީ ބައްދަލުކުރަން ޖެހޭނީ މެކްސިކޯ އާއެވެ.

މިއަދުގެ ދެވަނަ މެޗުގަި އާޖެންޓީނާއިން ފަސޭހަ މޮޅެއް ހޯދީ ބޮލީވިއާގެ މައްޗަށެވެ. އާޖެންޓީނާގެ ފުރަތަމަ ގޯލު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ އެރިކް ލެމެއްލާ (ޖ.18) އެވެ. ދެވަނަ ގޯލުލު ޖެހީ މިމެޗުގެ މޮޅުކުޅުންތެރިޔާގެމަގާމު ވެސް ހޯދި ލަވޭޒީ(ޖ.22) ލަވޭޒީ އެވެ. އަދި ތިންވަނަ ގޯލު ޖެހީ ވިކްޓަރ ކުއެސްޓަރ (ޖ. 15) އެވެ. މިމެޗުގެ %82 ބޯޅަ ކޮންޓްރޯލް އޮތީ އާޖެންޓީނާ އަތުގައެވެ. މިއީ މިފެންވަރުގެ ފުޓުބޯޅާގައި ވަރަށް މަދުން ނޫނީ ނުފެންނަ ވަރުގެ ބޮޑު ތަފާތެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި 3 ގޯލު ޖެހި ކަމުގައިވިޔަސް ފަހު ހާފުގައި މެސީ ކުޅެން ނުކުތުމުން ވެސް އިތުރު ގޯލެއް ޖެހޭގޮަތް ވަނީ ނުވެފައެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލް މެޗުތައް ފެށޭނީ ދެދުވަހުގެ ބްރޭކަކަށް ފަހު 17 ޖޫން ވާ ހުކުރު ދުވަހު އެވެ. އެދުވަހު ހެނދުނު 6:30 ގައި ކުޅޭނީ އެމެރިކާއާއި އިކުއެޑޯގެ މެޗެވެ. އަދި 18 ވާ ހޮނިހިރު ދުވަހު ފަތިހު 5:00 ޖަހާއިރު ކުޅޭނީ ޕެރޫއާއި ކޮލަމްބިއާގެ މެޗެވެ. އަދި އަނެއް ދެމެޗު ކުޅެން ހަމަޖެހިފައި ވަނީ 19 ޖޫން ވާ އާދީއްތަ ދުވަހު ފަތިހު 4:00 އިރު އާޖެންޓީނާއާއި ވެނެޒުއެލާ ކުޅެއިރު ހެނދުނު 7:00 ގައި މެކްސިކޯ އާއި ޗިލީ ކުޅޭނެއެވެ.


ކިޔުންތެރިންގެ ޚިޔާލު