A wide advertisement which will be shown on all devices. (700 x 100)

ޒުވާން ކުރިކެޓު ޓީމު ކުޅުނު ފަހު މެޗުން ބަލިވެ މުބާރާތުން ކަޓައިފި

އޮމާންގައި ކުރިއަށްދާ އޭޝިއާ ކުރިކެޓު ކައުންސިލްގެ 16 އަހަރުން ދަށުގެ ވެސްޓް ރީޖަން ޓޯނަމަންޓްގައި ވާދަކުރާ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމު ގްރޫޕް ސްޓޭޖް ގެ ފަހު މެޗުން ކުވައިތާއި ވާދަކޮށް ބަލިވެއްޖެއެވެ. އިއްޔެ ކުޅެވުނު ރާއްޖޭގެ ޒުވާން ޓީމުގެ ފަހުމެޗުގައި ކުތާއި ވާދަކޮށް ރާއްޖެ ޓީމު ބަލިވެފައިވަނީ 246 ލަޑުންނެވެ.

މިމެޗުގައި ފުރަތަމަ ބެޓުކުރަން ނިކުތީ ކުވައިތު ޓީމުންނެވެ. 35 އޯވަރުގެ ތެރޭ 9 ކުޅުންތެރިން ނުބައިވެގެން 304 ލަޑު ކުވައިތު ޓީމުން ހެދިއެވެ. މިއިވުނިންގުގައި ރާއްޖެ ޓީމުން އެންމެ ރަގަޅަށް އުކާފައިވަނީ 3 ވިކެޓު ނެގި އަހުމަދު މިފުލާލު އަލީއެވެ. މިމުބާރާތުގެ ބޯލިން ރޭންކުގެ 15 ވަނާގައިވާ މިފުލާލު ވަނީ 3 މެޗުން 5 ވިކެޓު ނަގާފައެވެ.

ރާއްޖޭގެ ޒުވާން ޓީމުން ކުޅެން ނިކުމެ ހުރިހާ ކުޅުންތެރިން (10 ކުޅުންތެރިން) ނުބައިވެގެން ހެދުނީ 58 ލަޑެވެ. އެންމެ ގިނަ ލަޑު ހަދާފައިވަނީ 21 ލަޑު ހެދި އަބްދުﷲ ޝަފުވާން ޝަހީމެވެ. މިމެޗުގައި ފުރަތަމަ ބެޓުކުރަން ނިކުތް ދެކުޅުންތެރިންގެ ތެރޭގައި ފުވައްމުލަކު ކުރިކެޓު ޓީމުގެ އަބްސަރު އަބްދުﷲ އިބްރާހިމް ހިމެނެއެވެ.

ދިވެހި ޒުވާން ޓީމު ތިންމެޗުން ބަލިވި ނަމަވެސް، މެޗަކަށްފަހު މެޗެއްގެ ކުޅުން ރަގަޅުކުރަމުން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !