A wide advertisement which will be shown on all devices. (700 x 100)

ޔޫރޯ 2016: އޭގުރޫޕުން ފްރާންސް އަދި ސްވިޒަލޭންޑް ދެވަނަ ބުރަށް

ފްރާންސްގެ މެދުތެރެއިން މޮޅަށް ކުޅެ ގިނަ ހަމލާތަކެއް ސްވިޒަލޭންޑ ގޯލަށް ފޮނުވާލި. މެޗު ނިމުނީ 0-0ން އެއްވަރުވެގެން

ފްރާންސްގައި މިހާރު ކުރިޔަށްދާ ޔޫއެފާ ޔޫރޯ 2016 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގެ މެޗުތައް ރޭ ނިމުނު އިރު ގްރޫޕްގެ 1 ވަނަ ފްރާންސަށް އަދި ދެވަނަ ސްވިޒަލޭންޑަށް ލިބިއްޖެއެވެ. ރޭ ފްރާންސާއި ސްވިޒަރލޭންޑް ބައްދަލުކުރި މެޗު ނިމުނި ލަނޑެއް ނުޖެހި ދެޓީމު އެއްވަރު ވެގެންނެވެ. އަދި ރޫމޭނިއާ އާއި އަލްބޭނިއާ ބައްދަލުކުރި މެޗު ނިމުނީ 1-0 ން އަލްބޭނިއާ މޮޅު ވެގެންނެވެ. މިނަތީޖާއާއެކު 3 ވަނައިގެ ޖާގައިގައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަލްބޭނިއާއަށް އޮތް އިރު ރޫމޭނީއާ ވަނީ ކަޓާފައެވެ.

ފްރާންސާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗަށް ބޮޑު ބަދަލުތަކަކާއެކު ނިކުތް ފުރަތަމަ 11 އަށް މެޗު ކަމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފުގައި ފްރާންސުން މެޗު ޑޮމިނޭޓްކޮށް އިދިކޮޅު ގޯލަށް ހަމަލަތަކެއް ދިނެވެ. އެގޮތުން ޔުވެންޓަރސްގެ ތަރި ޕޮގްބާ ގެ ނުރައްކާތެރި 3 ހަމަލާއެއްް ފާހަގަ ވިއެވެ. މުބާރާތުަގއި މޮޅު ކުޅުމެއް ދައްކަމުން އައި ޕަޔެޓް ވެސް ދަނޑަށް ނިކުތީ ފަހު ހާފުގައެވެ. ޔަޔެޓްގެ ހަމަލާއެއް ވެސް ވަނީ ސްވިޒަލޭންޑްގެ ގޯލް ދަނޑިއަށް އަރާފައެވެ.

ދެވަނަ ހާފުގައި ސްވިޒަލޭންޑްގެ ކުޅުން ވަރުގަދަ ކުރިއެވެ. އަދި އިދިކޮޅު ގޯލަށް ހަމަލާވެސް ދިނެވެ. ނަމަވެސް ބޮޑަށް އިސްކަން ދީފައި ވަނީ މެޗުން ޕޮއިންޓެއް ހޯދައި ޔޫރޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް ދިއުމަށެވެ. މެޗު އެއްވަރުކޮށްގެން އެމީހުން ވަނީ އެކަން ހާސިލުކޮށްފައެވެ. އަލްބޭނިއާ އަށް ބޮޑު މުބާރާތަކުން ފުރަތަމަ މޮޅެއް ހޯދުނު އިރު މިއީ ރުމޭނިއާ ގެ މައްޗަށް 68 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހޯދުނު މޮޅެވެ.

މުޅިން އަލަށް ޔޫރޯގައި ކުޅޭ އަލްބޭނިއާއިން ރޫމޭނިއާގެ މައްޗަށް، ގްރޫޕު ފަހު މެޗުގައި ހޯދި މޮޅާއެކު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. މުބާރާތުގެ ގަވާއިގުގައި ވާގޮތުން 6 ގުރޫޕުގެ 3 ވަނަ ތަކުގެ ތެރެއިން އެންމެ މޮޅު 4 ޓީމަކަށް ދެވަނަ ބުރުްނ ޖާގަ ލިބެއެވެ. ވުމާއެކު އެފުރުސަތު އަލްބޭނިއާއަށް އޮތީ ފަހިވެފައެވެ. އާލްބޭނިއާއަށް 3 ޕޮއިންޓާއި ގެއްލުން 2 ގޯލު އޮތް އިރު ޖެހިފައި ވަނީ އެންމެ ގޯލެކެވެ.

ގުރޫޕް އޭ ގެ ފޮއިންޓް ޓޭބަލް

ޕޮއިންޓް ޓޭބަލް، ގްރޫޕް އޭ

ފްރާންސް    ކމ.3 ފގ.3+ ޕ 7

ސްވިޒަރލޭންޑް ކމ.3 ފގ.1+ ޕ 5

އަލްބޭނިއާ    ކމ.3 ފގ.2-  ޕ 3

ރޫމޭނިއާ    ކމ.3  ފގ.2-  ޕ 1

މިރޭ ކުޅެވޭނީ ގުްރޫޕް ބީގެ ފަހު ދެމެޗެވެ. ރަޝިއާ ބައްދަލުކުރާނީ ވޭލްސް އާއި ދެކޮޅަށެވެ. އިންގްލޭންޑު ކުޅެނީ ސޮލްވާކިއާ އާއި ދެކޮޅަށެވެ. މިދެމެޗުވެސް ކުޅޭނީ އެއްގަޑިއެއްގައެވެ. މެޗުފަށާނީ ރާއްޖޭ ގަޑިން ރޭގަނޑު 12 ޖަހާއިރުއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !