A wide advertisement which will be shown on all devices. (700 x 100)

ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގަިއ އާޖެންޓީނާ އާއި އެމެރިކާ ކުޅެނީ

އެމެރިކާގެ ކެޕްޓަން ބްރެޑްލީ އާއި އާޖެންޓީނާގެ ކެޕްޓަން މެސީ ގެ ކުރިމަތިލުން މިރޭ (22 ޖޫން) ފަތިހު 6 ޖަހާއިރު

އެމެރިކާ ގައި މިހާރު ކުޅެވެމުންދާ ކޮޕާ އެމެރިކާ 2016 ސެންޓެނާރިއޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗު މިރޭ (22 ޖޫން) ފަތިހު 6 ޖަހާއިރު ކުޅެވޭނެއެވެ. މިމެޗުގައި ބައްދަލުކުރަނީ މުބާރާތް ކުޅެވޭ އެމެރިކާ އާއި އާޖެންޓީނާގެ ޓީމެވެ. މިމުބާރާތުގައި %100 ރެކޯޑެއް ދަމަހައްޓަމުން އަންނަ އާޖެންޓީނާއާއި އެމެރިކާ ބައްދަލުކުރާ އިރު އެމެރިކާ ވަނީ މުމުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ.

އާޖެންޓީނާ ޓީމަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ 14 ފަހަރު ތަށި ހޯދައި 13 ފަހަރު ރަނަރަޕް ކަން، 4 ފަހަރު 3 ވަނަ އަދި 2 ފަހަރު 4 ވަނަ ހޯދާފައެވެ. ސަތޭކަ އަހަރުވީ މިމުބާރާތުގެ ތަށި 15 ފަހަރު ހޯދާފައިވާ އުރުގުއޭ އަށް 2 ވަނަ ލިބިފައި ވަނީ 6 ފަހަރެވެ. 3 ވަނަ 9 ފަހަރު އަދި 5 ފަހަރު 4 ވަނަ ލިބިފައި އެވެ. އެމެރިކާ ޓީމަށް މިމުބާރާތުގައި ލިބިފައިވާހާވެސް ކާމިޔާބަކީ 1 ފަަހަރު (1995 ގައި) 4 ވަނަ ލިބުމެވެ.

މިރޭގެ މެޗުގައި އާޖެންޓީނާ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ. އަނިޔާގެ މައްސަލައެއް ނެތެވެ. ނަމަވެސް އެމެރިކާގެ 3 ކުޅުންތެރިއަކު ވަނީ މިމެޗަށް ސަސްޕެންޑް ވެފައެވެ. އެމެރިކާ ޓީމުން އެންމެ ފާހަގަ ކުރެވެނީ ފޯވަޑް ކްލިންޓް ޑެމްސީ އާއި ކެޕްޓަން ބްރެޑްލީއެވެ.

އާޖެންޓީނާ އިން މެސީ އާއި ޑިމާރިއާ އާއި މަޝަރޯނޯ އަދި ހިގުއިން އާއި ލެމެއްލާ ފަދަ ކުޅުންތެރިން ފާހަގަ ވެގެން ދާނެކަމަށް ބެލެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !