A wide advertisement which will be shown on all devices. (700 x 100)

ގުރޫޕް ސީގެ ކުރި ޖަރުމަށް ލިބެނީ ގޯލުގެ ތަފާތުން

އޮޒިލް މެޗުގައި މޮޅު ކުޅުމެއް ދައްކައި މޮޅުކުންތެރިޔަކަށް ހޮވުނު.

ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅެވުނު ގުރޫޕް ސީގެ ފަހު ދެމެޗު ނިމުނު އިރު ޖަރުމަން ޓީމަށް އެއްވަނަ ލިބެނީ ފައިދާ އެއް ގޯލުން ނެވެ. ވޯލްޑް ކަޕް ޗެމްޕިއަން ޖަރުމަނަށް މިރޭގެ މެޗުގައި އުތުރު އަޔަރލޭންޑާއި ދެކޮޅަށް ކުރި ހޯދުނީ 1-0ން ނެވެ. މިގުރޫޕުގެ އަނެއް މެޗުގައި ޕޮލެންޑުން ވެސް ވަނީ 1-0ން ޔުރުރޭން ބަލިކޮށް ގުރޫޕުގެ ދެވަނަ ހޯދާފައެވެ. ގުރޫޕުގެ 3 ވަނަ ލިބޭ އުތުރު އަޔަލޭންޑަށް ލިބިފައިވާ 3 ޕޮއިންޓާއި ފައިދާ އަދި ގެއްލުން ގޯލެއް ވެސް ނެތުމުން ދެވަނަ ބުރުގެ ޖާގައެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެއްވެ.

މިރޭ މެޗުުގައި ޖަރުމަނުން މޮޅު ކުޅުމެއް ދައްކައި އިދިކޯޅު ގޯލަށް 29 ހަމަލާ ދިން ނަމަވެސް ފުރަތަމަ ހާފުގައި މާރިއޯ ގޯމޭޒް ޖަހައި ދިން ގޯލުގެ އިތުރު ގޯލެއް ކާމިޔާބު ނުކުރެވުނެވެ. މުޅި މެޗުގައި ވެސްޖަރުމަނުގެ އޮޒިލްގެ ކުޅުން ފާހަގަ ވިއެވެ. އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

ދެވަނަ ހާފުގައި ޖަރުމަނުން ވެސް ފެނުނީ ތަންކޮޅެއް ހަމަޖެހިލައިގެން ކުޅުންނުތަނެވެ. ހަމައެއާއެކު އުތުރު އަޔަލޭންޑުން ވެސް ފެނުނީ މެޗުގެ ސްކޯގެ ތަފާތު ވީހާވެސް ކުޑަކޮށް ބޭއްވޭތޯއެވެ. މިމެޗުގައި އުތުރު އަޔަލޭންޑުގެ ކީޕަރު ވަނީ 8 ބޯޅައެއް ސަލާމަތްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. ޖަރުމަނުގެ ކޯޗް ޔޯ ކިމްލޯ ވަނީ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ދެވަނަ ފާހުގައި ބަދަލުކޮށްފައެވެ.

މިރޭ ޕޮލޭންޑުން ޔުކުރޭންގެ މައްޗަށް ކުރި ހޯދި 1-0ން ނެވެ. މިނަތީޖާ އާއެކު އެޓީމަށް ވެސް ވަނީ ޖަރުމަނާއި އެއްވަރަކަށް، 7 ޕޮއިންޓު ލިބި އެކަމަކު ފައިދާ އެއްގޯލު މަދުވުމުން ލިބެނީ ގުރޫޕުގެ 2 ވަނައެވެ. ޔުކުރޭން ކުޅުންު 3 މެޗުން ވެސް ބަލިވެ މުބާރާތުން ކެޓީއެވެ. ޕޮލެްނޑުގެ ގޯލު މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ބްލާސިކޮވިސްކީ އެވެ.

މެޗުގެ ބޮޑު ބައެއް ޔުކުރޭން ކޮންޓްރޯލް ކޮށްގެން ކުޅެ ގިނަ ހަމަލާތަކެއް ޕޮލޭންޑުގެ ގޯލަށް ދިނެވެ. ޔުކުރޭނުން އިދިކޯޅު ގޯލަށް ދިން 19 ހަމަލާގެ ތެރެއިން 5 ހަމލާއެއް ވަނީ ގޯލާ އަމާޒުވެފައެވެ. ނަމަވެސް ޕޮލެންޑަށް ފޮނުވާލެވުނީ 9 ހަމަލާއެކެވެ. އެއިގެ ތެރެއިން ގޯލާ އަމާޒުކުރެވުނީ އެންމެ 3 ހަމަލާއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޔުކުރޭންގެ ކެޕްޓަން ރަސްލާން ރޮޓާން (ޖ.14) އެވެ.

ގްރޫޕް ސީގެ ޕޮއިންޓް ޓޭބަލް

ޖަރުމަން        ކމ.3 ފގ.3+ ޕ 7

ޕޮލޭންޑް        ކމ.3 ފގ.2+ ޕ 7

އުތުރު އަޔަރލޭންޑް  ކމ.3 ފގ.0  ޕ 3

ޔުކުރޭން        ކމ.3 ފގ.5- ޕ 0

މިމުބާރާތުގައި މިރޭ ކުޅެވެމުން ދެން ކުޅެވޭނީ ގްރޫޕް ޑީގެ ދެމެޗެވެ. މާދަމާ ވެސް ގްރޫޕް އީ އަދި ގްރޫޕް އެފްގެ 4 މެޗެއް ކުޅެވޭނެއެވެ.

ގްރޫޕް އީ ރޭގަނޑު 9:00 ގައި:

އިޓާލީ vs ރިޕްބްލިކް އޮފް އަޔަރލޭންޑް، އަދި ސްވިޑުން vs ބެލްޖިއަމް.

ގްރޫޕް އެފް، ރޭގަނޑު 12:00:

އައިސްލޭންޑް vs އޮސްޓްރީއާ، އަދި ހަންގޭރީ vs ޕޯޗުގަލް

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !