A wide advertisement which will be shown on all devices. (700 x 100)

ޔޫތު ފުޓްސަލް މުބާރާތުގެ ކުއަރޓަރ ފައިނަލް ޓީމުތައް ހޮވިއްޖެ

ޔޫތު ފުޓްސަލް މުބާރާތް 2019، ދޫނޑިގަލޯނާ ޖނރ ޓީމާއި ހަވިއްތަ ފުޓްސަލް ޓީމު 2-1

ފުވައްމުލަކު ޒުވާނުންގެ މަރުކަޒުން އިންތިޒާމުކޮށްގެން މިހާރު ކުރިޔަށްގެންދާ ފުވައްމުލައް ޔޫތު ފުޓްސަލް މުބާރާތުގެ ގުރޫޕް ސްޓޭޖް މެޗުތައް ނިމި ކުއާޓަރ ފައިނަލަށް ޓީމުތައް ހޮވިއްޖެއެވެ. ފުރަތަމަ ބުރުން ކަޓައިގެން ދިޔައީ ކޮންމެ ގްރޫޕެއްގެ ވެސް އެންމެ ފުލަށް ދިޔަ 4 ޓީމެވެ. އަނެއް 2 ޓީމަށް ކުއާޓަރ ފައިނަލުގެ ޖާގަ ލިބުނެވެ.

ކްއާޓަރ ފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ހޮވާފަިއވަނީ ގުރުއަތުންނެވެ.

އިއްޔެ ކުޅުނު ގްރޫޕް 2 ގެ ފަހުމެޗުގައި ދޫނޑިގަލޯނާ ޖޫނިއަރސް އާއި ހަވިއްތަ ފުޓްސަލް ބައްދަލުކުރި މެޗު 2-1 ކާމިޔާބުކުރީ ދޫނޑިގަލޯނާ ޖޫނިއަރސް ގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ  ދޫނޑިގަލޯނާ ޖޫނިއަރސް ގެ ޖާރޒީ ނަމްބަރު 19 މުހައްމަދު ޝުނާން އެވެ.

މިމޮޅާއެކު ގްރޫޕް 2 އިން ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލުގެ ޖާގަ އެޓީމަށް ލިބެއެވެ. ކުއާޓަރ ފައިނަލުގައި އެޓީމު ބައްދަލުކުރަން ޖެހެނީ ފުވައްމުލައް ސިޓީ ޕޮލިސް ޓީމާއެވެ.

މެޗު 10: ދޫނޑިގަލޯނާ ޖނރ ޓީމް 2-1 ހަވިއްތަ ފުޓްސަލް ޓީމު

އިއްޔެ ކުޅުނު ގްރޫޕް 3 ގެ ފަހުމެޗުގައި އެފްސީ ދަޑިމަގު ޓީމުން އެފްސީ ދަންޑަހެލުގެ މައްޗަށް ހޯދީ 9-0 ގެ ތަފާތު ބޮޑު މޮޅެއް ހޯދިއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދަޑިމަގު ޓީމުގެ ޖާރޒީ ނަމްބަރު 5 އަލީ ޝަމާލު އަބްދުﷲ އެވެ.

މިމޮޅާއެކު ގްރޫޕް 3 އިން އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލުގެ ޖާގަ އެފްސީ ދަޑިމަގުޓީމަށް ލިބެއެވެ. ކުއާޓަރ ފައިނަލުގައި އެޓީމު ބައްދަލުކުރަން ޖެހެނީ އެމީހުންގެ ޖޫނިއަރ ޓީމާއެވެ.

ފވމ ޔޫތު ފުޓްސަލް މުބާރާތް 2019، މެޗު 10: އެފްސީ ދަޑިމަގު 9-0 އެފްސީ ދަނޑަހެލު

ގްރޫޕް 4 ގައި އިއްޔެ ކުޅެވުނު ފަހު މެޗު އެފްސީ ދަޑިމަގު ޖޫނިއަރ ޓީމާއި މިސްކިތްމަގު އެންމެގެ ގުޅުން ޖޫނިއަރ ޓީމުގެ މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ، ޖާރޒީީ ނަމްބަރު 19 މުހައްމަދު މަޚުދޫމް އިބްރާހިމް، މިސްކިތްމަގު އެންމެންގެ ގުޅުން ޖޫނިއަރސް އެވެ.

މިގުރޫޕުގެ ކުޅުނު ހުރިހާ މެޗެއް ވެސް އެއްވަރުވެފައި ވުމުން ޖެހި ގޯލުން ކުރި ލިބިގެން ގްރޫޕް ގެ 1 ވަނަ ޕޮލިސް ޓީމަށް ލިބޭ އިރު ދެވަނަ އަށް އެފްސީ ދަޑިމަގު ޖޫނިއަރސް ދިޔައީ ޕޮއިންޓާއި ގޯލު ހުރިހާ ގޮތަކުން އެއްވަރުވުމުން  އެއްވަރުވި ދެޓީމުގެ މެދުގައި ގުރުލައިގެންނެވެ.

ފވމ ޔޫތު ފުޓްސަލް މުބާރާތް 2019، މެޗު 10: ދަޑިމަގު ޖނރ 1-1 މިސްކިތްމަގު އގ. ޖޫނިއަރ

ސެމިފައިނަލަށް ދިޔަ ޓީމުތައް

1 ވަނަ ޓީމުގެ ގޮތުގައި

ދަޑިމަގު ބީޓީ  (6 ޕ. 13+ގޯލު)

މިސްކިތްމަގު އެންމެގެ ގުޅުން  (4 ޕ. 7+ގޯލު)

އެފްސީ ދަޑިމަގު (6 ޕ. 16+ގޯލު)

ފުވައްމުލައް ސިޓީ ޕޮލިސް ޓީމު (2 ޕ. 4ޖެހިގޯލު، 4 ވަންގޯލު)

2 ވަނަ ޓީމުގެ ގޮތުގައި

ޒީ-ކޮލެޖް (3 ޕ. 2- ގޯލު)

ދޫނޑިގަލޯނާރ ޖނރ (3 ޕ. 6- ގޯލު)

އެފްސީ ދޫނޑިގަލޯނާ (3 ޕ. 6- ގޯލު)

އެފްސީ ދަޑިމަގު ޖނރ (2 ޕ. 3 ޖެހިގޯލު، 3 ވަންގޯލު)

ފުވައްމުލަކު ޔޫތު ފުޓްސަލް މުބާރާތް 2019 ގްރޫޕް ސެޓޭޖު ޕޮއިންޓް ޓޭބަލް

ކްއާޓަރ ފައިނަލުގެ މެޗުތައް

މިމުބާރާތުގައި ކްއާޓަރ ފައިނަލުގައި ޓީމުތައް ކުޅެން ޖެހޭ ގޮތް ކަނޑައެޅި ގުރުއަތުލައިގެންނެވެ. ކްއާތަރ ފައިނަލާއި ސެމީފައިނަލުގައި ކޮންމެ ދުވަހަކު ކުޅޭނީ ދެމެޗެވެ. މެޗުތައް ފަށާނީ 3:50 އާއި 4:50 ގައެވެ.

މިއަދު ހަވީރު ކުޅެނީ

މެޗު 13: 3:50 ގައި ދަޑިމަގު ބީޓީ އާއި އެފްސީ ދޫނޑިގަލޯނާ

މެޗު 14: 4:50 ގައި އެފްސީ ދަޑިމަގު އާއި އެފްސީ ދަޑިމަގު ޖޫނިއަރ

މާދަމާ ހަވީރު ކުޅޭނީ:

މެޗު 15: 3:50 ގައި މިސްކިތްމަގު އގ. އާއި ޒީ-ކޮލެޖް

މެޗު 16: 4:50 ގައި ފުވައްމުލައް ސިޓީ ޕޮލިސް އާއި ދޫނޑިގަލޯނާ ޖޫނިއަރ

ފވމ ޔޫތު ފުޓްސަލް މުބާރާތް 2019، މެޗު 12: ދެޓީމުގެ ކެޕްޓަނުންނާއި ރެފުރީން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !