A wide advertisement which will be shown on all devices. (700 x 100)

ދަތި އުދަގޫތަކަކަށްްފަހު ހަނިގޮތަކަށް ރޮނަލްޑޯގެ ޕޯޗުގަލް ދެވަނ ބުރަށް

އޮސްޓްރިއާ 2-1ން ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ދެވުމުން އައިސްލޭންޑްގެ ކުލުންތެރިން އުފާ ފާޅުކުރަނީ

ޔޫރޯ 2016 ގެ ގުރޫޕް އެފްގައި މިރޭ ކުޅޭވުނު ފަހު ދެމެޗުގެ ނަތިޖާ ނުކުތްގޮތުން ހަނި ފުރުސަތަކުން ކްރިސްޓިއާނާ ރޮނަލްޑޯގެ ޕޯޗުގަލް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ގުރޫޕްގެ އެއްވަނ ހޯދި ހަންގޭރީއާއި ދެކޮޅަށް ޕޯޗުގަލް އިން ނުކުތް އިރު މެޗު އެއްވަރު ވެގެން ވެސް ޕޯޗުގަލްއަށް 2 ވަނަ ބުރުގެ ފުރުސަތު ލިބުން އޮތީ ވަރަށް ހަނިކޮށެވެ. ޕޯޗުގަލް ހަންގޭރީ މެޗު 3-3ން އެއްވަރުވެ ގުރޫޕުގައި ދެން ކުޅެވުނު މެޗުން އައިސް ލޭންޑުން މޮޅުވުމުން ޕޯޗްގަލް ޓީމަށް ލިބުނީ ގުރޫޕްގެ 3 ވަނައެވެ.

މެޗު ފެށިގެން މާގިނައިރެއް ނުވެ ހަންގޭރީން ލީޑް ނެގީ ޒޮލްޓާން ގްރީ ގެ ގޯލަކުންނެވެ. ހާފު ނިމުމުގެ ކުރިން ޕޯޗްގަލްގެ ނާނިގެ ގޯލަކުން ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގައި ގިނަ ވަގުތު ޕޯޗްގަލް އިން ބޯޅަ ގެންގުޅުނު ކަމުގައި ވިޔަސް ކޮންމެ ފަހަރަކު ވެސް ލީޑް ނަގަނީ ހަންގޭރީން ނެވެ.

ފަހު ހާފު ފެށިގެން 2 މިނިޓް ތެރޭގައި ގޯލެއް އަދި 55 ވަނަ މިނިޓްގައި ހަންގޭރީގެ ކެޕްޓަން ބަލާޒް ޑުސުޒެކްގެ ދެހަމާލާ ޕޯޗުގަލްގެ ގޯލަށް ވަނީ ބައިކުޅުންތެރިން ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ. ބަލާޒްގެ ކޮންމެ ގޯލަކާއެކު ޕޯޗުގީޒް ކެޕްޓަން ކްރިސްޓިއާނާ ރޮނަލްޑޮ ވެސް ދިޔައީ ގޯލެއް ޖަހަމުންނެވެ. އެނާ ވެސް ޓީމަށް ދެގޯލު ކާމިޔާބުކޮށްދިނެވެ.

މިރޭގެ މެޗުގައި ކްރިސްޓިއާނާ ރޮނާލްޑޯގެ ކުޅުން ފާހަގަ ވެގެން ދިޔައިރު މިއީ އޭނާ ކުޅޭ ޔޫރޯ 17 ވަނަ މެޗެވެ. މިއާއެކު އޭނާ ވަނީ 4 ޔޫރޯ މުބާރާތުގައި ގޯލު ޖެހި ފުރަތަމަ ކުޅުން ތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ.

މެޗުގެ ނަތީޖާ 3-3ން އެއްވަރު ވުމުން ހަންގޭރީއަށް ގްރޫޕްގެ އެއްވަނަ ލިބި އަދި ޕޯޗްގަލް އަށް ވެސް ދެވަނަ ބުރުގެ ފުރުސަތު ލިބުނު ހެން ހީވިކަމަށް ކުޅުންތެރިންގެ ހަރަކާތުން ހާމިވިއެވެ.

މިގުރޫޕްގެ އަނެއް މެޗުގައި އައިސްލޭންޑުން ވަނީ އޮސްޓްރިއާގެ މައްޗަށް 2-1ން ކުރިހޯދާ ގްރޫޕްގެ 1 ވަނައަށް ވެސް ވާދަކޮށްފައެވެ. މިމޮޅާއެކު އެޓީމަށް ވަނީ ހަންގޭރީއާއި އެއްވަރަކަށް ޕޮއިންޓް ލިބި ދެޓީމުގެ ކުރިމަތިލުން ވެސް އެއްވަރުވެ ގޯލުގެ ތަފާތުން ހަންގޭރީއަށް ގްރޫޕުގެ އެއްވަނަ ލިބުނީއެވެ. ޔޫރޯގައި އަލަށް ކުޅޭ އައިސްލޭންޑުން މެޗުގެ ކުރީކޮޅު ގޯލެއް ޖަހައި ލިޑް ނެގިއެވެ.

ނަމަވެސް ދެވަނ ހާފު ފެށިގެން އޮސްޓްރިއާން ގޯލެއްޖަހައި ނަތީޖާ އެއްވަރުކުރިއެވެ. އައިސްލޭންޑުން ކުޅުން 3 މެޗުވެސް އެއްވަރުވެގެން ނިމޭނެ ކަމަށް ބެލެވުނު ކަމުގައިވިޔަސް ފަހުހާފުގެ އިތުރު ވަގުތުގައި ގޯލެ ޖަހައި ގުރުޕްގެ ދެވަނަ ކަށަވަރުކުރިއެވެ.

ގްރޫޕް އީގެ ޕޮއިންޓް ޓޭބަލް

ހަންގެރީ    ކމ.3 ފގ.2+ ޕ 5

އައިސްލޭންޑް ކމ.3 ފގ.1+ ޕ 5

ޕޯޗްގަލް    ކމ.3 ފގ.0 ޕ 3

އޮސްޓްރިއާ  ކމ.3 ފގ.3- ޕ 1

ދެވަނ ބުރުގައި ހަންގޭރީ ބައްދަލުކުރަނީ މިރޭ ދެން ކުޅެވޭ އީ ގްރޫޕްގެ 2 ވަނަ ޓީމާއެވެ. އައިސްލޭންޑު ކުޅެންޖެހޭނީ އިނގިރޭސިވިލާތާއި ދެކޮޅަށެވެ. މިމުބާރާތުގައި މިރޭ ދެން ކުޅެވޭނީ ގްރޫޕް އީގެ ދެމެޗެވެ. އެއާއި އެކު ގުރޫޕް ސްޓޭޖް މެޗުތައް ނިމޭނެއެވެ.

ދެވަނަ ބުރުގެ މެޗުތައް ފެށޭނީ 25 ޖޫން ގައެވެ. ފުރަތަމަ ދުވަހުގެ 3
މެޗުގައި ސްވިޒާލޭންޑާއި ޕޮލެންޑް، ކްރޮއޭޝިއާ އާއި ޕޯޗްގަލް އަދި ވޭލްސް
ބައްދަލުކުރާނީ ތުރުކީ ނުވަތަ އުތުރު އަޔަލޭންޑެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !