29 މާރިޗު 2020 ( އާދީއްތަ )

banner

ފުޓް ބޯޅަ އެސޯސިއޭޝަން އޮފް ފުވައްމުލައް - އެކަޑެމީ ފެސްޓިވަލް 2019

ފާފް – އިން ކުރިޔަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލް އިއްޔެ ނިންމާލައިފި

އައްސަރިޔާ ފުޓްބޯލް ފެސްޓިވަލް ގެ ނަމުގައި “ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް”(ފާފް) އިން ކުރިޔަށް ގެންދިޔަ ތިން ދުވަހުގެ ފުޓްބޯޅަ ފެސްޓިވަލް މިއަދު ނިންމާލައިފިއެވެ. ހަފުތާ ބަންދާއި ދިމާކޮށް ބޭއްވި މި ފެސްޓިވަލަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދިޔަ ފެސްޓިވަލެކެވެ.

މިއީ ފާފްގެ ފަރާތުން ކުރިޔަށް ގެންދިޔަ ދެވަނަ ފެސްޓިވަލެވެ. ފާއިތުވި 2018 ވަނަ އަހަރު ވެސް ވަނީ އެ އެސޯސިއޭޝަންގެ ޔޫތު ޓްރެއިނިންގ ގައި ހިމެނޭ ކުދިންނަށް މިފެސްޓިވަލް ކުރިޔަށް ގެންގޮސްފައެވެ.

ފުޓް ބޯޅަ އެސޯސިއޭޝަން އޮފް ފުވައްމުލައް – އެކަދެމީ ފެސްޓިވަލް 2019

މިފަހަރުވެސް މިފެސްޓިވަލް ކުރިޔަށް ގެންގޮސްފައި ވަނީ ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގައެވެ.

މިކަލް ނޫހަށް މައުލޫމާތު ދެއްވަމުންން “ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް” އޮފިޝަލަކު ވިދާޅުވީ މި މުބާރާތަކީ އެ ޖަމްއިއްޔާގެ ފުޓްބޯޅަ އެކަޑަމީން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަން ހަމަޖެހިފައިވާ ކުޑަކުދިންގެ ފުޓުބޯޅަ ހުނަރު ދައްކުވައިދޭ މުބާރާތެއް ކަމަށާއި މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ފުވައްމުލައް ސިޓީގެ ފުޓުބޯޅަ ކުރިއަރުވާ ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިން ތަކެއް މި ސިޓީއިން އުފެއްދުން ކަމަށެވެ.

ފުޓް ބޯޅަ އެސޯސިއޭޝަން އޮފް ފުވައްމުލައް – އެކަޑެމީ ފެސްޓިވަލް 2019

މިކުދިން ތަމްރީނު ކުރެވެނީ ގައުމީ ފެންވަރަށް ކަމަށާއި ކުދިންނަށް ކޯޗުކޮށް އެއެފްސީ ކޮށްދެނީ “ސީ ލައިސަންސް” އޮންނަ އެފްއޭމް ގަބޫލުކުރާ ކޯޗެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ފާފް އެކަޑެމީގައި ފެންވަރު ރަނގަޅު ކޯޗުންނާއި އެސިސްޓެންޓް ކޯޗުން އެބަތިބިކަމަށް ފާފް އިން ހާމަކުރެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް – ފާފް އިން ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ޓީމުތަކަށް ކޯޗުންގެ އެހީ ފޯރުކޮދީ އެކި ސްކޫލް މުބާރާތްތަކުގައި އެހީތެރިކަން ފޯރުކޮށްދެމުން އާދެއެވެ. ފާފް އިން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބެލެނިވެރިންގެ ބޮޑު ހިއްސާ އޮންނަކަމަށާއި އެކަން ފާފް އިންފާހަގަކުރެއެވެ.

ފުޓް ބޯޅަ އެސޯސިއޭޝަން އޮފް ފުވައްމުލައް – އެކަޑެމީ ފެސްޓިވަލް 2019ކިޔުންތެރިންގެ ޚިޔާލު