A wide advertisement which will be shown on all devices. (700 x 100)

ކޮޕާ އެމެރިކާގެ 3 ވަނަ ހޮވާ މެޗު މިރޭ ފަތިހު

ކޮލަމްބިއާގެ ސަޕޯޓަރެއް

ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޚާއްސަ މުބާރާތް “ކޮޕާ އެމެރިކާ ސެންޓެނާއިއޯ 2016” ނިމުމަކަށް އައީ އެވެ.

މުބާރާތުގެ 3 ވަނަ ހޮވާ މެޗުގައި ރާއްޖޭގަޑިން މިރޭ ފަތިހު 5 ޖާހާއިރު ބައްދަލުކުރާނީ މުބާރާތް ބޭއްވޭ އެމެރިކާ އަދި ކޮލަމްބިއާ އެވެ.
މިދެޓީމަކީ މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެއްގުރުޕެއްގައި ވާދަކުރި
ދެޓީމެވެ. އެފަހަރު 2-0ން މެޗު ކާމިޔާބުކުރީ ކޮލަމްބިއާ ޓީމެވެ.

އެމެރިކާއަށް މިމުބާރާތުގައި މާކަބޮޑުު ކާމިޔާބީއެއް ލިބިފައިނެތަސް މިހާތަނަށް އެމީހުން ހާސިލުކުރެވިފައިވާ އެންމެ ރަނގަޅު ކާމިޔާބީ ކަމުގައިވާ 4 ވަނަ (1995ގައި) އަށްވުރެ މަތީ މަގާމެއް، މިފަހަރު އަމިއްލަ ގައުމުގައި ކޮންމެހެން ވެސް ހާސިލުކުރަން ބޭނުންވާނެއެވެ.

ކޮލަމްބިއާގައި ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ބޭއްވުނު 2001 ގައި އެމީހުން ވަނީ ޗެމް ޗެމްޕިއަންކަން ހޯދާފައެވެ. އަދި ޖެހިގެން އައި މުބާރާތް 2004ގައި އެމީހުންނަށް ލިބުނީ 4 ވަނައެވެ. މިގެ އިތުރުން ކޮލަމްބިއާއިން ވަނީ 1 ފަހަރު ރަނަރަޕް އަދި 3 ފަހަރު އަދި 1 ފަހަރު 4 ވަނަ ހޯދާފައެވެ.

މިމުބާރާތުގައި އިޓީމުން ފާހަގަކޮށްލެވޭ 3 ކުޅުންތެރިންނަކީ ކެޕްޓަން ހަމޭސް ރޮޑްރިގޭ، ޔުއާން ކުއާޑްރާޑޯ އަދި ފޯވަޑް ކާލޮސް ބަކާ އެވެ. އެމެރިކާ ޓީމުން ފާހަގަކޮށްލެ ވެނީ ޑެމްސީ އާއި ކެޕްޓަން ބްރެޑްލީއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !