A wide advertisement which will be shown on all devices. (700 x 100)

ޔޫރޯ 2016ގެ ގަދަ 16ގެ ސްޓޭޖުގެ މެޗުތައް ކުރިޔަށް ދަނީ

ޝަކީރީގެ ގެ ގޯލު- މިމުބާރާތުގެ އެންމެ މޮޅު ގޯލު. ބޭލް-އިދިކޮޅު ޓީމުން ކައިރިން މާކްކުރި، މޮޅުވިގޯލު ޖަހަން ފުރުސަތު ތަނަވސްވީ ރޮނަލްޑޯގެ ހަމަލާއިން ރޮނަލްޑޯ

ޔޫރޯ 2016 ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ނުވަތަ 2 ވަނަ ބުރުގެ ކުޅުން ރޭ ފަށއިފިއެވެ. އިއްޔެ ހަވީރު 6 ޖެހިއިރު ކުޅުނު މެޗުގައި ސްވިޒަރލޭންޑްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރިހޯދައި ކުއާރޓާރ ފައިނަލުގެ ޖާގަ ހޯދީ ޕޮލެންޑެވެ. ރޭ 9 ޖެހިއިރު ކުޅުނު މެޗުގައި އިނގިރޭސި އިއްތިހާދުގެ ދެޓީމު ކަމުގައިވާ ވޭލްސްއާއި އުތުރު އަޔަރލޭންޑް ބައްދަލުކުރި މެޗު 1-0ން ކާމިޔާބުކޮށް ކްއާރޓަރ ފައިނަލުގެ ޖާގަ ހޯދި ވޭލްސް އިންނެވެ. ރޭ ދަންވަރު ކުޅެވުނު ޕޯޗްގަލް އާއި ކްރޮއޭޝިއާ މެޗު 1-0ން ކާމިޔާބު ކުރީ ޕޯޗްގަލް އެވެ

ސްވިޒަލޭންޑް 5 – 6 ޕޮލޭންޑް

ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ފުރިހަމަ ވަގުތުގައި 1-1ން ދެޓީމުން ވީ އެއްވަރެވެ. ޕޮލޭންޑުން މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ޖަހައިގެން ލީޑުގައި ކުޅެމުން އަންނަނިކޮށް ދެވަނަ ހާފުގެ ފަހު ވަގުތު ކޮޅުގައި
ސްވިޒަލޭންޑްގެ ޝަކީރީ ޖަހައިދިން މޮޅު އޯވާރހެޑް ގޯލަކާއިއެކު މެޗްގެ ނަތީޖާ އެއްވަރު ކުރިއެވެ. މިއީ މިމުބާރާތުގައި މިހާތަނަށް ޖެހި އެންމެ މޮޅު ގޯލެވެ.

މެޗު އެއްވަރުވެގެން ނިމުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ގޯލެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މުޅި މެޗުގައި މޮޅަށް ކުޅުނު ސްވިޒަލޭންޑު ޕެނަލްޓީގައި ބަލިވީ 6- 5 ންނެވެ. ސްވިޒަރލޭންޑުގެ 2 ވަނަ ޕެނަލްޓީ ގޯލާ އަމާޒު ނުކުރެވުނު އިރު ޕޮލޭންޑުގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއެވެ.

ކުއާރޓާރ ފައިނަލުގައި ޕޮލޭންޑުން ކުޅެންޖެހޭނީ ޕޯޗުގަލް އާއި ދެކޮޅަށެވެ.

ވޭލްސް 1 – 0 އުތުރު އަޔަލޭންޑް

މުބާރާތުގައި އަލަށް ކުޅުން އުތުރު އަޔަލޭންޑާއި ވޭލްސްގެ މެޗު ނިމުނީ 1-0ން ވޭލްސް މޮޅުވެގެންނެވެ. މިއީ 1958 ގައި ސްވިޑުންގައި ބޭއްވުނު ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފަހުން ވޭލްސްއަށް ބޮޑު މުބާރާތެއްގައި ކުޅެ އަދި ކްއާރޓަރ ފައިނަލާއި ހަމަޔަށް އާދެވުނު މިއީ ފުރަތަމަ ފަހަރެވެ. 1958ގެ ވޯލްޑް ކަޕްގެ ކްއާރޓަރ ފައިނަލަށް ވޭލްސްއިން ދަތުރުކުރިއެވެ. މިމެޗުގަިއ ބަލިވިޔަސް މިހިސާބަށް އާދެވުމަކީ ވެސް އުތުރު އަޔަލޭންޑަށް ލިބުނު ފަޚުރެކެވެ. މީގެ 34 އަހަރު ކުރިން ސްޕޭނުގައި ބޭއްވުނު ވޯލްޑްކަޕް (1982) ގައި ސްޕޭންގެ މައްޗަށް ހޯދުނު މޮޅަށްފަހު މިއީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ފަހު ހާފުގައި ގެރެތު ބޭލްގެގެ ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އުތުރު އަޔަލޭންޑްގެ ކުޅުންތެރެއެއްގެ އަތުން ބައިކޮޅަށް ވަން ގޯލާއެކު މެޗުގެ ނަތީޖާ ނިމުމަކަށް އައެވެ. މުޅި މެޗުގައިވެސް ރިއާލް މެޑްރިޑްގެ ފޯވަޑް ބޭލް އަށް އުތުރު އަޔަލޭންޑުން ސަމާލުކަން ދީގެން ކުޅުނުކަން ފާހަނގަ ކުރެވުނެވެ.

ކުއާރޓާރ ފައިނަލުގައި ވޭލްސް އިން ކުޅެންޖެހޭނީ މިރޭ ހަންގޭރީ ބެލްޖިއަމް މެޗުން މޮޅުވާ ޓީމަކާއެވެ.

ޕޯޗުގަލް 1 – 0 ކްރޮއޭޝިއާ

ރޭ ދަންވަރު ކުޅެވުނު  ޔޫރޯ 2016ގެ ދެވަނަ ބުރުގެ މެޗުގައި ޕޯޗުގަލް އިން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދީ މެޗު ގެ ފުރިަހަމ ވަގުތު 0-0ން އެއްވަރުވެގެން ކުޅުނު އިތުރު ވަގުގތުގެ 15 މިނިޓްގެ 2 ހާފުގެ ތެރެއިން ފަހު ހާފުގެ 11 ވަނަ މިނިޓްގައެވެ. ރޭގެ މެޗުގެ ބޮޑުބައެއް ކުޅުނީ ކްރޮއޭޝިއާއިން މެޗު ކޮންޓްރޯލް ކޮށް ގިނަ ހަމަލާތަކެއް އިދިކޮޅު ގޯލަށް ދެމުންނެވެ. އެގޮތުން ކްރޮއޭޝިއާއިން ޕޯޗުގަލްގެ ގޯލަށް 17 ހަމަލާއެއް ދިން އިރު ޕޯޗުގަލް އަށް ދެވިފައި ވަނީ 5 ހަމަލާއެވެ.

މެޗުގެ 117 ވަނަ މިނިޓްގައި ކްރިސްޓިއާނާ ރޮނަލްޑޯ އިދިކޮޅު ގޯލަށް ފޮނުވާލި ހަމަލާނޫން އިތުރު ހަމަލާއެއް މުޅި މެޗުގައިވެސް އޭނާ ކްރޮއޭޝިއާގެ ގޯލަށް ފޮނުވާލާފައި ނުވެއެވެ. ޕޮޗްގީޒުގެ ދިފާޢުއަކަށް ފަހު އިދިކޮޅަށް ދިން ރައްދު ހަމަލާއެއްގައި ޕޯޗްގީޒުގެ އުއްމީދީ ޒުވާން ކުޅުންތެރިޔާ ރޮނޭޓޯ ސަންޗޭޒް މެދުތެރެއިން ބޮލަ ހިފައިގެން ކުރިޔަށް އަރާ އަރިމަތިން ނާނިއަށް ދިން ބޯޅަ އޭނާ ހުރަސްކޮށް ދިނީ އޭރިއާ ރޮނގުމަތީ ހުހަށް ހުރި ރޮނަލްޑޯ އަށެވެ. ރޮނަލްޑޯ ފޮނުވާލި ހަމަލާ ކްރޮއެޝިއާގެ ކީޕަރު ދިފާއުކުރި ނަމަވެސް އަތުގައި ޖެހިފައި ވެއްޓުނީ ޕޯޗްގީޒްގެ ބަދަލު ކުޅުންތެރިޔާ ކެރިސްމާ ކުރިމައްޗަށެވެ. އެނާ ބޮލުން ގޯލުގެ ކަނަށް ވައްދާލައި ކްރޮއެޝިއާއިން ކުރަމުން އައި އުއްމީދުތައް ފެނަށް ދުއްވާލިއެވެ.

މެޗުގައި ގޯލުޖަހަން ރަނގަޅު ފުރުސަތުތަކެއް ކްރޮއޭޝިއާގެ ކުޅުންތެރިންނަށް ލިބި ވަނީ ނާކަމިޔާބު ވެފައެވެ. އެގޮތުން މެޗު ފަހު ސިކުންތު ކޮޅުގައި ކްރޮއޭޝިއާގެ ވިދާ ފޮނުވާލި ހަމަލާވެސް ދިޔައީ އިންޗިއެއްހާ ތަނުން ގޯލުގެ މަތީ ކަނުން ބޭރަށެވެ.
ކުއާރޓާރ ފައިނަލުގައި ޕޮލޭންޑުން ކުޅެންޖެހޭނީ ޕޯޗުގަލް އާއި ދެކޮޅަށެވެ.

މިރޭ ކުޅެވޭ މެޗުތައް

ފްރާންސް Vs ރި. އަޔަލޭންޑް ހަވީރު 6:00 ގައި،

ޖާރުމަނު Vs ސްލޮވާކިއާ ރޭގަނޑު 9:00 ގައި،


ބެލްޖިއަމް Vs ހަންގޭރީ ދަންވަރު 12:00 ގައި.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !