A wide advertisement which will be shown on all devices. (700 x 100)

މެސީ އާއެކު ހަތަރު ފައިނަލްގައި އާޖެންޓީނާ ބަލިވެ ޗެމްޕިއަންކަން ޗިލީއަށް

ޗިލީއަށް ޖެހިޖެހިގެން ދެވަނަ ފަހަރަސް ކޮޕާ އެމެރިކާ ޗެމްޕިއްނަކަން ލިބި އުފާ ފާޅުކުރަނީ

ކޮޕާ އެމެރެިކާ ސެންޓެނާރިއޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ރޭފަތިހު އާޖެންޓީނާއާއި ޗިލީ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރު ޕެނަލްތީން 4-2ން ޗިލީ މުބާރާތް ކާމިޔާބުކޮށްފިއެވެ. މިއީ މެސީ އާއިއެކު އާޖެންޓީނާގެ ސީނިއަރ ޓީމު ބޮޑު މުބާރާތްތަކުގެ ފައިނަލްގައި ބަލިވި 4 ވަނަ ފަހަރެވެ

މުބާރާތުގައި %100 ރެކޮޑަކާއެކު ފައިނަލަށް އައި ގިނަ ބައެއްގެ ފޭވަރިޓުންގެ ގޮތުގައި އޮތް އާޖެންޓީނާ މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ޗިލީގެ ގޯލަށް ދީފައިވެއެވެ. އެގޮތުްނ އާޖެންޓީނާ އިން ޗިލީގެ ގޯލަށް 18 ހަމަލާ ދިން އިރު ޗިލާިއަށް ދެވިފައިވަނި 4 ހަމަލާއެވެ. ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއަތުން ބަލިވެފައި ވުމުން ޗިލީން ނިކުތީ މެޗުން ބަލި ނުވެ ޕެނަލްޓީއާއި ހަމަޔަށް ދާށެވެ. އެމީހުންނަށް އެކަން ކާމިޔާބުވިއެވެ.

މުޅި މެޗުގައިވެސް އެންމެ ހުސްފުރުސަތެއް ލިބުނު އާޖެންޓީނާގެ ފޯވަޑް ހިގުއިން ހުހަށްހުރެ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ދިޔައީ ބޭރަށެވެ. މިއީ ހިގުއިން ވޯލްކަޕް ފައިނަލުގަިއ ޖަރުމަނާއި ދެކޮލަށް ގޯލުޖަހަން ލިބުނު ހުސް ފުރުސަތު ބެކާރުވެގެން ދިޔަގޮތަށް، ގާތްގަޑަކަށް މެޗުގެ އެއްވަގުތެއްގައި ލިބުނު ފުރުސަތެކެވެ. ފައިނަލްގައި ގޯލުޖެހުމުގައި ނާކާމިޔާބާއި ކުރިމަތިވާ ހިގުއިން އަށް ލިބުނު ދެވަނ ފުރުސަތުގައި ވެސް ގޯލެއް ކާމިޔާބު ނުކުރެވުނެވެ. ނިމުނު އަހަރުގެ ކޮޕާ އެމެރިކާ ފައިނަލު މެޗުގެ ފަހު މިނިޓުގައި
ލަވޭޒީ އިދިކޮޅު ގޯލު ކުރިމައްޗަށް، ހުރސްކޮށްދިން ބޯޅާގައި ވެސް ހިގުއިންއަށް ފައި ޖައްސާނުލެވުމުން މެޗު އިތުރު ވަގުތަށް ދިޔައީއެވެ. އަދި އެނާ ޖެހި
ޕެނަލްޓީ ހުރަސް ދަނޑިމަތިން ފޮނުވާލާފައި ވުމުން އެފަހަރު ވެސް ބަލިވީއެވެ.

ފީފާގެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ މެޗުގައި ރަނގަޅަށް ކުޅުނު ނަމަވެސް އޭނާއަށް ފާރަލައިގެން ޗިލީގެ 4 ނޫނީ 5 ކުޅުންތެރިން އަަދުވެސް ތައްޔާރަށް ތިއްބެވެ. ކޮށްޓާފައި ދެމިގަންނަ ބޯޅަތައް ފައުލް ކޮށްގެން ނަމަވެސް ބޯޅަ ގެއްލުވާލައެވެ. ފަސްފަހަރު ފީފާގެ އެންމ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު އާޖެންޓީނާ ގެ ސީނިއަރ ތީމަށް ތަށްޓެއް ހޯދާދިނުމަށް މެސީ ކުރިމަތިލި 4 ފައިނަލް ވެސް ނިމިދިޔައީ ނާކާމިޔާބާއެކުއެވެ. 2004 ވަނަ އަހަރު ބްރެޒިލާއެކު ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ބަލިވި އިރު މިދިޔަ އަހަރު އަދި މިއަހަރު ފައިނަލްމެޗުގައި ޗިލީ އަތުން ޕެނަލްޓީގައި ބަލިވުމާއި 2014ގެ ވޯލްޑްކަޕް ފައިނަލުގައި ޖަރުމަން އަތުން ބަލިވުން ހިމެނެއެވެ.

މީގެ ދެދުވަސް ކުރިން އުމުރުން 29 އަހަރުވި މެސީ އާއެކުއާޖެންޓީނާއަށް ހޯދިފައި ވަނީ އޮލިމްޕިސް (23 އަހަރުން ދަށް) ފުޓުބޯޅައިގެ ޗެމްޕިއަން ކަމާއި ފީފާ ޔޫތު (20 އަހަރުން ދަށް) ޗެމްޕިއަން ކަމެވެ. ރޭގެ މެޗަށްފަހު އޭނާ ބުނީ މެޗުގައި އެންމެ ބޮޑަށް މޮޅެއް ބޭނުންވެފައި ހުރީ އޭނާ ކަމަށެވެ. އެކަމަކު އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ މެސީ ޖެހުމުން ދިޔައީ ގޯލުގެ މަތީ ކަނުން ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެސީއަކީ ދުނިޔޭގެ ފުޓުބޯޅައިގެ ބަތަލެއް ކަމުގައި ވިޔަސް އާޖެންޓީނާގެ މަރަޑޯނާ އާއި ބްރެޒިލްގް ޕެލޭ ފަދައިން އަމިއްލަ ގައުމުގައި އެފަދަ ދަރަޖައެއް ހޯދުމުގައި މެސީ ވަނީ ނާކާމިޔާބީ އާއީ ކުރިމަތިވެފައެވެ. ބާސެލޯނާގައި ގިނަ ގުނަ ކާމިޔާބީތަކެއް ހާސިލުކުރެވިފައި ވިޔަސް މެސީގެ އެންމެ ބޮޑު އެދުމަކަށް ވާނީ އާޖެންޓީނާ އަށް ކަމިޔާބީތަކެއް ހޯދާދިނުމެވެ. އެހެނީ ސްޕޭނުގެ ގައުމީޓީަމަށް ކުޅެން ލިބުނު ފުރުސަތު ދޫކޮށް އުފަން ގައުމު އާޖެންޓީނާ އޭނާ ޚިޔާރު ކުރާނީ އެގޮތުން ނެވެ. އުމުރުގެ ގޮތުން ބަލާއިރު ގައުމީ ގައުމީ ސީނިއަރ ޓީމަށް މާގިނަ ކާމިޔާބީތަކެއް
ދެން

ހޯދާ ދެވޭނެ ފުރުސަތުތަކެއް މެސީއަށް އިތުރަށް އޮތްކަމަކަށް ނުބެލެވެއެވެ. އެހެނީ ކުރިއަށް އޮތް 2018ގެ ވޯލްޑް ކަޕަށް ފަހު ބޮޑު މުބާރާތެއްގައި އާޖެންޓީނާ ޓީމަށް ކުޅެން މެސީއަށް ފުރުސަތު ލިބުމަކީވެސް ދުރުކަމަކަށް ވާތީވެއެވެ.

ރޭ ފަތިހާއި މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗުގައި ޗިލީގެ ވިދާލް ޖެހި ޕެންލަޓީ އާޖެންޓީނާގެ ކީޕަރު ރޮމޭރޯ ދިފާއު ކުރިއިރު އާޖެންޓީނާގެ ލޫކާސް ބިގްލިއާ ޖެހި ޕެނަލްޓީ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ދިފާޢުކުރިއެވެ. އާޖެންޓީނާގެ އަގުއޭރޯ އާއި މަޝަރާނޯ ޖެހި ދެޕެނަލްޓީ ކާމިޔާބުކުރިއެވެ. ޗިލީގެ ފުރަތަމަ ޕެނަލްޓީ ފިޔަވައި އެހެން ހުރިޙާ ޕެނަލްޓީއެއް ކާމިޔާބު ކުރުމުން އާޖެންޓީނާގެ ފަހު ޕެނަލްޓީ ނުޖަހައި މެޗު ނިންމާލީ ޗިލީއާއި ޕެނަލްޓީން އެއްވަރު ނުކުރެވޭނެތީއެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ދެކުޅުންތެރިންނަށް ވަނީ ރަތްކާޑު ދައްކާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !