5 ޑިސެމްބަރ 2019 ( ބުރާސްފަތި )

ސީސްޕޯރޓްސް ގުންބުއްރާސް ޗެލެންޖު 2019 ގެ ބައިއިވެރިއަކު ސާރފިންގައި ފުވައްމުލައް ސިޓީ ތުނޑި

ސީސްޕޯރޓްސް ގުންބުއްރާސް ޗެލެންޖު 2019 ޗެމްޕިއަންކަން ޝިމާލް އަދި އަމީން އަށް

އިއްޔެ އާއި ފުވައްމުލައް ސިޓީ ތުނޑީގައި ކުރިޔަށް ގެންދިޔަ ސީސްޕޯރޓްސް ގުންބުއްރާސް ޗެލެންޖު 2019 ބޮޑީބޯޑިން މުބާރާުގެ ޗެމްޕިއަންކަން ޝިމާލް ޝަމީމު ހޯދައިފިއެވެ. މި މުބާރާތުގެ ޝޯރޓް ބޯޑިންގ އިން ޗެމްޕިއަންކަން ހޯދީ އަމީން އެވެ.

ބޮޑީބޯޑިން އިން 2 ވަނަ ހޯދީ ރިޒުވާން (ރިލޭ) އެވެ. އަދި 3 ވަނަ ހޯދީ އިބްރާޙިމް ސުހައިލް ރަޝީދު (ޖަސްލް)އެވެ.

ޝޯރޓް ބޯޑިން އިން 2 ވަނަ ހޯދީ ހައްސާނު (އޭއާރ) އެވެ. އަދި 3 ވަނަ ހޯދީ ޝަރަފް ނަސީރެވެ.

މުބާރާތުގައި ކާމިޔާބު ހޯދި ބައެއް ބައިވެރިން؛ ޝޯރޓް ބޯޑިންގ އަމީން (ހުދު): ޝޯރޓް ބޯޯޑިން ޗެމްޕިއަން، ހައްސާން (ކަޅު) 2ވަނަ، އަދި ޝަރަފު ނަސީރު-ޝޮއްޕަރު (ފެހި) 3 ވަނަ.

ފުވައްމުލަކު ސާރފިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔަ ފުރަތަމަ ބޮޑީބޯޑިން  މުބާރާތުގައި 16 ބައިވެރިން ވާދަކުރިއެވެ. ބޮޑީބޯޑިން ގައި 12 ބައިވެރިންނާއި ޝޯރޓްް ބޯޑިން ގައި 4 ބައިވެރިންނެވެ.

މިމުބާރާތުގެ މަގުސަދަކީ ފުވައްމުލައް ސިޓީގައި ރާޅާ އެޅުމުގެ މިކުޅިވަރުގެ ހުނަރު ތަރައްގީކޮށް ގައުމީ ފެންވަރުގެ ރާޅާ އެޅުންތެރިން އުފެއްދުން ކަމަށް މިއަދުގެ އިވެންޓ ނިމްނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ފުވައްމުލަކު ސާރފިން އެސޯސިއޭޝަނުން ހާމަކުރިއެވެ.

ސީސްޕޯރޓްސް ގުންބުއްރާސް ޗެލެންޖު 2019 ގެ ބައިއިވެރިން ރާޅާއަޅާން ތައްޔާރުވަނީ

ފުވައްމުލަކު ސާރފިން އެސޯސިއޭޝަނުން ނާިބުރައީށް އުމަރު ވަނީ  މިމުބާރާތުެގ މެއިން ސްޕޮންސަރ ސީސްޕޯރޓްސް އާއި ކޯ ސްޕޮންސަރ އައިބޭ އަދި އެމްޓީސީސީ ގެ އިތުރުން މިމުބާރާތުގައި އެހީތެރިކަން ފޯރުވަިއދިން ފުވައްމުލައް ސިޓީ ކައުންސިލާއި މޯލްޑިވްސް ސާރފިން އެސޯސިއޭޝަނުގެ ޝުކުރު އަދާކޮށްފައެވެ.

ފުވައްމުލަކު ސާރފިން އެސޯސިއެޝަން އެކްސްކޯކިޔުންތެރިންގެ ޚިޔާލު