A wide advertisement which will be shown on all devices. (700 x 100)

ވޭލްސް އަލަށް ކުޅުނު ޔޫރޯގެ ސެމީ ފައިނަލަށް

ވޭލްސް އަށް މެޗުން ލީޑު ނަގައިދިން ގޯލު ފޯވަޑް ރޮބްސަން ކާނޫ (ޖ.9) ބެލްޖިއމްގެ ގޯލަށް ވައްދާލަނީ. ފޮޓޯ: ގެޓީ އިމޭޖްސް

މިރޭ ކުޅެވުނު ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާރޓަރ ފައިނަލް ދެވަނަ މެޗު ގިނަ ބަޔަކު ލަފާކުރި ގޮތާއި ޚިލާފަށް 3-1 ން ބެލްޖިއަމް ބަލިކޮށް ސެމިީފައިނަލުގެ ޖާގަ ގެރެތު ބޭލްގެ ވޭލްސް އިން ހޯދައިފިއެވެ. މިއީ ވޭލްސްގެ ތާރީޚުގައި ވެސް އަލަށް މިމުބާރާތުގައި ކުޅެ، ސެމީފައިނަލާއި ހަމަޔަށް އާދެވި، ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވަރުގަދަ ބެލްޖިއަމުން ލީޑުނެގިއެވެ. މެޗުގެ 13 ވަނަ މިނިޓްގައި އެޓީމުގެ ރާޖާ ނައިންގޯލަން ވޭލްސްގެ ހާފުގެ މެދެެއްހާ ތަނުގައި ހުރެފައި ވަޒަނެއް ހެން ފޮނުވާލި ބޯޅަ ގޮސް ވަނީ ވޭލްގެ ގޯލުގެ މަތީ ކަނަށެވެ. އެއާއެކު ވޭލްގެ ކުޅުން ވަރުގަދަކޮށް ޓީމު ކުރިއަށް ޖެހިލައިގެން ކުޅެން ފެށިއެވެ. ނަތީޖާއަކަށްވީ ބެލްޖިއަމުގެ ފަހަތަށް ބާރުބޮޑުވެ، ލިބުނު ކޯނަރެއްގައި ވޭލްސްގެ ކައްޕިތާނު ބޮލުން ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަ ކުރުމެވެ.

ދެވަނަ ހަފުގައި ބަދަލު ކުޅުންތެރިޔާ ފެލެއިނީ އާއިއެކު ނިކުމެ ބެލްޖިއަމުން ވޭލްސްގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލުކަކޫ، ހަޒާޑް އަދި ފެލެއިނީ އަށްވެސް ލިބި ލަނޑެއް ކާމިޔާބު ނުކުރެވި ދިޔައީއެވެ. އެއިގެ އިދިކޮޅުން ކައުންޓަރ އެޓޭކުގައި ވޭލްސްގެ ފޯވަޑް ރޮބްސަން ކާނޫ ވަނީ ދެވަނަ ހާފުގެ ކުރީކޮޅު އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ހޯދާދީފައެވެ.

ބެލްޖިއަމުން މެޗުގެ ނަތީޖާ ހަމަކުރެވޭތޯ ޕްރެޝަރު ކުރަމުން ދިޔަނަމަވެސް، ރޮބްސަން ކާނޫގެ ބަދަލުގައި ކުޅެން ނިކުތް ސޭމް ވޯކްސް، މެޗު ނިމެން 5 މިނިޓަށް ވެފައިވަނިކޮށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާ 3-1 އަށް ބަދަލުކޮށް ޓީމުގެ އިތުބާރު ބޮޑުކުރިއެވެ.

މިނަތީޖާއާއެކު ކެޕްޓަން ބޭލްގެ ވޭލްސް ސެމީ ފައިނަލުގައި ކުޅޭނީ އޭނާއާއެކު ރިއަލްމެޑްރިޑަށް ކުޅޭ ކްރިސްޓިއާނާ ރޮނަލްޑޯގެ ޕޯޗުގަލް އާއި ދެކޮޅަށެވެ.

މާދަމާ ރޭ ބޯޑޯގައި ކުޅެވޭ ކުއާރޓަރ ފައިނަލު މެޗުގައި ބައްދަލު ކުރާނީ މިމުބާރާތުގައި 11 ފަހަރު ކުޅެ 3 ފަހަރު ޗެމްޕއިންކަން ހޯދާފައިވާ ޖަރުމަނާއި، މިމުބާރާތުަގއި 8 ފަހަރު ކުޅެ 1 ފަހަރު ޗެމްޕިއަންކަން ހޯދަފައިވާ އިޓަލީއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !