A wide advertisement which will be shown on all devices. (700 x 100)

ގިނަ ޕެނަލްޓީތަކަކަށް ފަހު ސެމީ ފައިނަލުގެ 3 ވަނަ ޖާގަ ޖަރުމަނަށް

މިރޭގެ މެޗުގައި ޖަރުމަނުގެ އޮޒިލް ކާމިޔާބުކޮށްދިން ގޯލު. ފޮޓޯ: ރޮއިޓަސް

މިރޭ ކުޅެވުނު ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާރޓަރ ފައިނަލް ތިންވަނަ މެޗު ޖަރުމަނާއި އިޓާލީ ބައްދަލުކުރި މެޗު 1-1ން އެއްވަރުވުމުން އިތުރަށް ކުޅުނު 15 މިނިޓްގެ ދެ ހާފުގަިއ ވެސް ނަތީޖާއަށް ބަދަލެއް ނައައުމުން މެޗުގެ ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިހާތަނަށް އެންމެ ގިނަ ޕެނަލްޓީ ޖެހި މިމެޗުގައި ކޮންމެ ޓީމަކުން 9 ޕެނަލްޓީ ޖަހާފައި ވެއެވެ. ޕެނަލްޓީގައި 6-5ން މޮޅުވެ ސެމިީ ފައިނަލުގެ ޖާގަ ހޯދީ ޖަރުމަނުންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ޖަރުމަނުގެ ކުޅުން ވަރުގަދަ ކަމަށް ފެނުނެވެ. ޖަރުމަނުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ކަމުގައި ވިޔަސް އިޓާލާއިން ޖަރުމަނުގެ ގޯލަށް ގިނަ ހަމަލާ ދިނެވެ.

ދެވަނަ ހާފުގައި އެންމެ ފުރަތަމަ ފުރުސަތެއް ލިބުނީ ޖަރުމަނުގެ ފޯވަޑް މުލާއަށެވެ. އޭނާ ފޮނުވާލި ބޯޅަ ކީޕަރު ބުފަންގެ ކަނާތްފަރާތުން ދިޔައީ ގޯލުގެ ކަނަށް ވަނަނާށެވެ. ނަމަވެސް އިޓަލީގެ ދިފާއީ ކުޅުންތެރިޔާ ފްލޮރެންޒި ފަހަތަށް ވެއްޓިގެން ކަހަލަ ގޮތަކަށް ފައިން ޖެއްސި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ދެވަނަ ހާފު ފެށިގެން ގާތްގާތުގައި އިޓާލީގެ 3 ކުޅުންތެރިންނަށް ރެފުރީ ރީނދޫ ކާޑު ދެއްކިއެވެ. މެޗުގައި ޖަރުމަނަށް ލީޑު ނަގައިދިނީ، އަރިމަތިން ނެގި ހުރަހެއްގައި ހަނި ދޭތެރެއަކުން އޮޒިލް އެވެ. މީއީ މިމުބާރާތުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. އެގޯލާއެކު ޖަރުމަނުގެ ކުޅުން އިރުކޮޅަކަށް ވަރުގަދަވެގެން ދިޔައެވެ. އަދި އެޓީމުގެ މަރިއޯ ގޯމެޒް ކުޑަ އޭރިއާތެރެއިން ހުހަށް ހުރެ ފުންނާބުން ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު ބުފަންގެ އަތުގައި ޖެހިފައި ގޯލު ހުރަސްދަނޑި މަތިން ބޭރުވީއެވެ. އެއިގެ ފަހުން އިޓަލީގެ ކުޅުން ވަރުގަދަވެގެން ދިޔައެވެ. އަދި ހަމަލަތާއް އިތުރުކޮށް ޖަރުމަނުގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ.

މެޗުގައި އިޓަލީން ދިން އެންމެ ވަރުގަދަ ހަމަލާ ދިފާޢުކުރުން އިޓަލީ ކުޅުންތެރިއަކާއެކު އޭރިއާތެރެއިން  ބޮލުން ޖަހަން ފުންމައިގަތް ޑިފެންޑަރު ބޯޓެންގް އަތުގައި ބޯޅަ ޖެހުމުން ރެފްރީ އިޓަލީއަށް ޕެނަލްޓީއެއް ދިނެވެ. އިޓަލީގެ ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ 1-1ށް ބަދަލުކޮށް ދިނީ ލިއޮނާޑޯ ބޮނޫޗީއެވެ.

އެންމެ ފަހު ކުޅެވުނު ދެ ޔޫރޯ ފައިނަލުގައި ސްޕެނާއި ދެކޮޅަށް ކުޅުނު ދެޓީމުގެ މެޗު އެއްވަރުވެގެން ނިމުމުން އިތުރަށް ކުޅުނު 15 މިނިޓުގެ ދެހާފު ވެސް ނިމުނީ އިތުރު ގޯލެއް ނުޖެހިއެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޖުމްލަ 8 ޕެނަލްޓީ ކޮންމެ ޓީމަކުން ޖެހި ކަމުގައި ވިޔަސް އިޓަލީއަށް ކާމިޔާބު ކުރެވުނީ 5 ޕެނަލްޓީއެވެ. އަދި ޖަރުމަނުން ކުރި ހޯދީ 6 ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.

ޖަރުމަނުގެ މުހިންމު 3 ކުޅުންތެރިން ކަމަށްވާ އޮޒިލް، މުލާރ، ޝްވައިނިސްޓެގާ ގެ ޕެނަލްޓީ ކާމިޔާބު ނުކުރެވުނެވެ. އިޓަލީގެ ވެސް މުހިންމު 3 ކުޅުންތެރިން ކަމަށްވާ ޕަލާ އާއި ބޮނޫޗީ އަދި ޕެނަލްޓީ ޖަހަން އެންމެ ފަހު މިނިޓުގައި ކޯޗު އެރުވި ޒާޒާގެ ޕެނަލްޓީ ވެސް ކާމިޔާބު ނުކުރެވުނެވެ.

ޕެނަލްޓީގައި ޖަރުމަނަކީ ވަރަށް ކާމިޔާބު ޓީމެކެވެ. އެންމެ ފަހުން ޕެނަލްޓީ ޖެހި 7 މެޗުގެ ތެރެއިން 6 މެޗުން އެމީހުން ވަނީ މޮޅުވެފައެވެ. ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. ނަމަވެސް އިޓަލީ އެންމެ ފަހުން ޕެނަލްޓީ ޖެހި 6 މެޗުން އެމީހުން މޮޅު ވެފައި ވަނީ އެންމެ މެޗަކުންނެވެ. މިރޭގެ ނަތީޖާވެސް އެނބުރިގެން ދިޔައީ މިތަފާސް ހިސާބާއި އެއްގޮތަށް ޖަރުމަން ކޮޅަށް ބުރަވެގެންނެވެ.

މި މޮޅާއެކު ސެމީފައިނަލުގައި ޖަރުމަނުން ވާދަކުރާނީ މާދަމާ ފްރާންސާއި އައިސްލޭންޑު ބައްދަލުކުރާ ކުއާރޓާރ ފައިނަލުގެ ފެހު މެޗުން މޮޅުވާ ޓީމަކާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !