5 ޑިސެމްބަރ 2019 ( ބުރާސްފަތި )

ފވމ ޒުވާނުންގެ މަރުކަޒު ވޮލީ ކޯޓު. ފޮޓޯ: ވީއޭމް

ބޮޑު ޗުއްޓީގައި ފުވައްމުލައް ސިޓީގައި މިކްސް ވޮލީ މުބާރާތެއް

ކުރިޔަށް އޮތް ޑިސެމްބަރު މަހު ކުރީ ކޮޅު ފުވައްމުލައް ސިޓީގައި މިކްސް ވޮލީ ޗެމްޕިއަންޝިޕް ގެ ނަމުގަިއ ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އެބައާދެއެވެ. ފުވައްމުލަކު އިޖުތިމާއީ މަރުކަޒުން އިސްނަގައިގެން ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ރާވާ މިމުބާރާތް ބޭއްވުމަށް ހަމަޖެހިަފއި ވަނީ އަންނަ ޑިސެމްބަރު މަހު 5 ވަނަ ދުވަހުއެވެ.

މިމުބާރާތުގައި ބައިވެރިވެނޭނީ ފުވައްމުލަކަށް ނިސްބަތްވާ ޓީމުތަކަށެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ފާރާތްތަކުން 9 ޑިސެމްބަރު ވާ އާދީއްތަ ދުވަހުގެ އޮފސް ބަންދުވުމުގެ ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފުވައްމުލައް ސިޓީ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. މުބާރާތުގެ ގަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމު ސިޓީ ކައުންސިލްގެ އިދާއާއި އާއި އެ ކައުންސިލް ފޭސްބުކް ޕޭޖުން ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.ކިޔުންތެރިންގެ ޚިޔާލު